A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ މަޖިލިސް ޕްރައިމަރީ: ހުސެއިން އާއި މުމްތާޒު ޕްރައިމަރީ ކާމިޔާބުކޮށްފި

އަންނަ އެޕްރީލްމަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ޙުސެއިން އާއި މުމްތާޒު ކާމިޔާބު ކޮށްފިއެވެ.

ވިއްސާރަ ދުވަހެއް ނަމަވެސް ވޯޓުލުން މެންދުރުފަހު 2.30 އިން ފެށިގެން ވޯޓުލުން ފިސާރި ފޯރީގައި ކުރިއަށް ދިޔައެވެ.

މި ޕްރައިމަރީ ކުރިއަށް ގޮސްފައިވަނީ ފުވައްމުލަކު މެދު ދާއިރާއާއި ދެކުނު ދާއިރާގައެވެ. ފުވައްމުލަކު އުތުރު ދާއިރާއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ އެދާއިރާގެ ޕްރައިމަރީއެއް ނުބާއްވައެވެ.

ފުވައްލަކު މެދު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ މެދު ދާއިރާގެ އެމްޑީޕީ ހަރުގޭގައެވެ. ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ދޫނޑިގަމު އެމްޑީޕީ ހަރުގޭގައެވެ.

މާލޭގައި ބަހައްޓާފައިވާ ދެ ވޯޓު ފޮށިވެސް ބަހައްޓާފައިވަނީ ހިރިޔާ ސްކޫލުގައެވެ.

އެމްޑީޕީ މެންބަރުން އެންމެ ގިނަ މެދު ދާއިރާއިން އެމްޑީޕީގެ ރަޖިސްޓްރީގައި ވަނީ 1461 މެންބަރުންނެވެ. އަދި ދެކުނު ދާއިރާގެ ރަޖިސްޓްރީވެފައިވަނީ 1152 މެމްބަރުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !