30 މާރޗް 2017 (ބުރާސްފަތި)


ބޮޑެތި ބަގުރޫޓްތަކުގެ ތެރެއިން: ޖެނެރަލް މޮޓޯސް

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

2009 ވަނަ އަހަރު ޖޫން 1 ވަނަ ދުވަހު ދުނިޔޭގެ އެންމެ ބޮޑު އެއް ކާރުއުފައްދާ ކުންފުނި ކަމަށްވާ ޖެނެރަލް މޮޓޯސް(ޖީއެމް) އިން ނިއުޔޯކުގެ ދެކުނުގެ އަވަށެއް ކަމަށްވާ މަންހަޓަން ގެ ފެޑެރަލް ބޭންކްރަޕްސީ ކޯޓަށް ޔޫއެސް ކޯޑްގެ 11 ވަނަ ޗެޕްޓަރުގެ ރީއޯގަނައިޒޭޝަން (އަލުން އަތުރާލުން) އަށް ހުށަހެޅިއެވެ. އެހުށަހެޅުމުގައިވާ ގޮތުން ޖީއެމްގެ 82.29 ބިލިއަން ޑޮލަރުގެ އެސެޓް (ހަރުމުދާ) ހުރި ނަމަވެސް 172.82 ބިލިއަން ޑޮލަރުގެ ދަރަނި ރެކޯޑް ކުރެވިފައިވެއެވެ. 

އޭގެ އެއްމަހާއި ދިހަ ދުވަސް ފަހުން 2009 ވަނަ އަހަރު ޖުލައި މަހު 10 ވަނަ ދުވަހު ހިގަމުން ދިޔަ ޖީއެމް އޮޕަރޭޝަން އެމެރިކާގެ ބަގުރޫޓާއި ގުޅޭ އުސޫލު (ބޭންކްރަޕްސީ ކޯޑް) ގެ 363 ވަނަ މާއްދާގެ ދަށުން އެމެރިކާގެ ބައިތުލްމާލުގެ އެހީތެރިކަމާއިއެކު 33 ބިލިއަން ޑޮލަރުގެ އެހީއަކާއި އެކު އާ ޝަހުސަކުން ޖީއެމްގެ ހިގަމުން ދިޔަ އޮޕްރޭޝަނާއި ޓްރޭޑް މާކުތަކާއި އެހެނިހެން ފިކުރީ މުދާތަކާއި ހަވާލުވިއެވެ. އަދި ކުރީގެ ޖީއެމް އުވި އާ ޖީއެމް އުފަންވެ ކުރީގެ ޖީއެމްގެ މުދަލާއި، ފިކުރީ މުދަލާއި ހަވާލުވެފައި ވަނީ ޖީއެމްގެ އޮޕަރޭޝަން ހުއްޓުމަކަށް ނުގެނެސް ކަމަށް ވިޔަސް އޮޕަރޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. 

އެބަދަލުތަކުގެ ތެރޭގައި ކުރިން ޖީއެމް އިން ގެންގުޅުނު 12 ބްރޭޑް 8 ބްރޭންޑަށް މަދުވުމާއި އެމެރިކާގައި ހަރަކާތްތެރިވި 5900 ޑީލަރުން 5000 ޑީލަރުންނަށް މަދުވުމާއި އެމެރިކާގައި އޮޕަރޭޓްކުރި 47 ޕްލާންޓް، 34 ޕްލާންޓަށް މަދުކުރުމާއި، ދަރަނި 94.7 ބިލިއަން ޑޮލަރުން 17 ބިލިއަން ޑޮލަރަށް މަދުކުރުމާއި އެމެރިކާގައި ހަރަކާތްތެރިވި 91 ހާސް މުވައްޒަފުން 68 ހާސް 500 މުވައްޒަފުންނަށް މަދުކުރުން ހިމެނެއެވެ.

މިބަދަލާއި އެކު ހިއްސާދާރުންނަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. އާ ޖީއެމްގެ އެންމެބޮޑު ހިއްސާދާރަކީ އެމެރިކާގެ ބައިތުލްމާލެވެ. މީގެ އިތުރުން ކެނެޑާގެ ޑެވެލޮޕްމަންޓް އިންވެސްޓްމަންޓް ކޯޕަރޭޝަނާއި، ކުރީގެ ޖީއެމްގެ ބޮންޑު ހޯލްޑަރުންވެސް ހިމެނެއެވެ.

2009 ވަނަ އަހަރު ޖީއެމް ބަގުރޫޓްވުން ހިމެނިގެން ދިޔައީ އޭރު އެމެރިކާގެ ތަރީޚްގައި ވެސް ހިގި އެފަދަ 4 ވަނައަށް އެންމެ ގެއްލުންބޮޑު ބަގުރޫޓްވުމުގެ ގޮތުގައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!