A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިތާނާ ސްޓޯރ ކަސްޓަމަރ އެޕްރިސިއޭޝަން ނައިޓް ބާއްވައިފި

 ފުވައްމުލަކު ސިތާނާ ސްޓޯރ ކަސްޓަމަރ އެޕްރިސިއޭޝަން ނައިޓް ރޭ ހާފިޒު އަހުމަދު ސްކޫލްގައި ބާއްވައިފިއެވެ.

ކަސްޓަމަރ އެޕްރިސިއޭޝަން ނައިޓްއަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ކަސްޓަމަރުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ މަޤްސަދުގައި 2014 ވަނަ އަހަރު ބާއްވަމުން އަންނަ ނައިޓެއްކަމަށް ސިތާނާ ސްޓޯރ އިން މައުލޫމާތު ދެއްވައެވެ.

2015 ވަނަ އަހަރު ސިތާނާ ސްޓޯރ ފްރެންޑްސް ކާޑް ބޭނުން ކުރައްވައިގެން އެންމެ ގިނަ ވިޔަފާރި ކުރެއްވި ބޭފުޅަކަށް ހޮވިފައިވަނީ ޚަދީޖާ މުޙައްމަދު، ޏ. ޕެރެޑައިސް އެވެ. ޚަދީޖާ މުޙައްމަދަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ސެމްސަމް ގެލެކްސީ އެސް 6 ފޯނެކެވެ

ސިތާނާ ސްޓޯރ ފްރެންޑްސް ކާޑް ބޭނުންކުރައވައިގެން، ވޭތުވެދިޔަ އަހަރު ޖުމްލަ، އަށް ލައްކަ އައްޑިހަ ހާހަށް ވުރެ ގިނަ ރުފިޔާ، ޑިސްކައުންޓްގެ ގޮތުގައި، ކާޑް ހޯލްޑަރުންނަށް ލިބިވަޑައިގެންފައިވަކަމަށް އެ ފިހާރައިން މައުލޫމަތު ދެއްވައެވެ.

2015 ވަނައަހަރު،ފްރެންޑްސް ކާރޑް ބޭނުން ކުރައްވައިގެން، ވިޔަފާރިކުރެއްވި ބޭފުޅުންގެ ތެރެއިން 89 ބޭފުޅަކަށް މި ޙަފްލާއިގައި އިނާމް ލިބިވަޑައިގަންފައި ވެއެވެ. ފާއިތުވެ ދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގައިވެސް، ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު ގިނަ ކަންތަކެއް ކުރުމަށް ވަނީ ރޭވިފާއިވާ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !