A wide advertisement which will be shown on all devices. (700 x 100)

އެކްސިޑެންޓްތަކުގައި ގިނަގިނައިން މާލެ ފޮނުވާލަން ޖެހުމަކީ ކަންބޮޑުވާކަމެއް – އަހުމަދު ސައީދު

ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕަސް އުރީދޫ މޯލްޑިވްސްގެ ހަދިޔާ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހަވާލުކޮށްދެއްވަނީ

ފުވައްމުލައް ސިޓީގައި ގިނައިން އެކްސިޑެންޓްތައް ހިނގައި އިތުރު ފަރުވާއަށް ބަލިމީހުންނާއި އެކު ޑޮކްޓަރުންނާައި ނަަރުހުން މާލެ ފޮނުވާލަން ޖެހުމަކީ ކަންބޮޑުވާކަމެއް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދ ސައީދު ހާމަކުރައްވައިފިއެވެ.

މިއަދު ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކު އިތުރު ފަރުވާއަށް ކޮވިޑްގެ “ހޮޓް ޒޯން” (މާލެ)ގައި ހުރި އައިޖީއެމްއެޗްއަށް ފޮނުވަންޖެހުމަކީ ނުރައްކަލެއްގެ ގޮތުގައި އަހުމަދު ސައީދު ސިފަކުރިއެވެ. މީގެ އިތުރުން އެކްސިޑެންޓްގައި އަނިޔާވެފައިވާ މީހުންނާއެކު ހޮސްޕިޓަލުން ފޮނުވާ ޑޮކްޓަރުންނާއި ނަރުހުން ގިނަ ދުވަސްތަކަށް ޚިދުމަތަށް ނުނެރެވި ކަރަންޓީނުގައި ބައިތިއްބަންޖެހޭ ޖެހުމަކީ ހޮސްޕިޓަލުގެ ޚިދުމަތަށް ވެސް ބުރޫ އަރާނެކަމެއް ކަމަށެވެ.

ފުވައްމުލައް ސިޓީގައި ހިނގާ އެކްސިޑެންޓްތަކުގެ ރޭޓަށް ބަލާއިރު ގިނަ އެކްސިޑެންޓް ތަކެއްވެ ކޮންމެ ހަފުތާއަކު ޑޮކްޓަރުންނާއި ނަރުހުން މާލެ ފޮނުވަންޖެހި، ކަރަންޓީނުގައި ޞިއްޙީއެހީތެރިން އެތައް ދުވަހެއް ހޭދަ ކުރަންޖެހުމުން ހޮސްޕިޓަލުގެ ޚިދުމަތް ދިނުމުގައި ދަތިތަކާއި ދިމާވދާނެކަމުގެެ ކަންބޮޑުވުން ހާމަކުރައްވައެވެ. މަގުމަތީގައި ދުއްވާއުޅޭ ފަރާތްތަކުން މިފަދަ ކަންކަމާއި މެދު ސީރިއަސްކޮށް ވިސްނާ ވަޑައިގަތުމަށް އޭނާ އިލްތިމާސް ކުރެއެވެ.

ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި އެކްސިޑެންވެ އަނިޔާ ލިބޭ ފަރާތަށް އެކަންޏެއް ނޫނެވެ. ގިނަ އެކްސިޑެންޓްތަކެއް ވާތީ އަނިޔާވާ މީހުންނާއެކު މާލެ ފޮނުވާ ޑޮކްޓަރުންނާއި ނަރުހުންވެސް ގިނަވެ، ކަރަންޓީނުގައި އެ މީހުން ގިނަ ދުވަސްތަކަކަށް ލާން ޖެހުމަކީ ރަށުގެ ރައްޔިތުންނަށް ވެސް ލިބޭ ގެއްލުމަކަށް އާޚިރުގައި ވެގެންދާނެއެވެ.

މަގުމަތީގައި ދުއްވާއުޅޭ ފަރާތްތަކުން ހެޔޮގޮތް ވިސްނައި މިފަދަ ނުރައްކާތެރި ކަންކަމުން ދުރުވެ ތިިބުމަށް އޭނާ އާއްމުންގެ ފަރާތުން އެދިފައި ވެއެވެ. މިފަދަ ކަންކަމަކީ ހުރިހާ އެންމެންގެ ރައްކަލަށްޓައި އެކޮންމެ މީހަަކުވެސް ކުރުން މުހިންމު ކަންކަމެވެ.

“ފިތުރު އީދު ދުވަހުގެ މެންދުރު ވަގުތާ ގާތްވަމުން ދަނިކޮށް ފުވައްމުލަކު ތާރަ މަގަށް އަރައިލުމުން، އާދަޔާޚިލާފު ބާރު ސްޕީޑްގައި ސައިކަލުތައް މަގުގެ ދެކޮޅަށް ދުއްވާފައިދާތީ ފެނުމުން ބިރުން ސިއްސައިގެން ދިޔައެވެ. ގާތްގަނޑަކަށް އެ މަގުގައި ހޭދަވި 20 ވަރަކަށް މިނިޓް ވެގެން ދިޔައީ ބިރުވެރި ވަގުތުކޮޅަކަށެވެ.” އަހުމަދު ސައީދު ހާމަކުރައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !