A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: ސިޓީއަކަށްވުމުން ކުރި ފޮނި އުއްމީދު ވިއްސިވިހާލި ވަނީ

ސިޓީއަކަށް ވުމުން އެއްބަޔަކު އުފާކުރަމުންދާ އިރު 100 އަށްވުރެ ގިނަ އާއިލާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ސަބަބަކީ ފުވައްމުލައް އަތޮޅަކުން ސިޓީ އަކަށް ބަދަލުވުމާއި ގުޅިގެން ގިނަ ވަޒީފާ ތަކެއް ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާތީ އެވެ. 

ފުވައްމުލަކުގައި އަށް ރަށު ކައުންސިލް ހިންގަމުންދާ އިރު 75 މުވައްޒަފުނަށް ވުރެ ގިނަ ސިވިލް ސާވަންޓުން މަސައްކަތް ކުރަމުންދެ އެވެ. މީގެ އިތުރުން 30 ކައުންސިލަރުން ވެސް ފުވައްމުލަކު ގައި އެބަ ތިއްބެވި އެވެ. ނަމަވެސް، ސިޓީ އަކަށް ބަދަލުވުމާއި އެކު 75 ސިވިލް ސާވަންޓްގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ އަށްވާނެ ގޮތެއް އަދި ނޭގެއެވެ. މީގެ އިތުރުން 30 ކައުންސިލަރުން 3 ކައުންސިލަރަނުންނަށް ބަދަލުވާނެ އެވެ. އެހެންކަމުން ސަތޭކައެއްހާ ވަޒީފާ މަދުވެދާނެ ކަމުގެ ބިރު މިހާރު ވެސް އެބައޮތެވެ. 

ސިވިލް ސާވެންޓުން ނަށް އަދިވެސް ވަކި ގޮތަކަށް އަންގާފައި ނުވާއިރު އަވަށު ކައުންސިލް ތަކުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފު ނަށް ވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތްކަމަށް އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓް ކުރެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ސިޓީ އަކަށް ބަދަލު ވުމުން ކުރި ހުރިހާ އުފަލާއި ފޮނި އުއްމީދު ތައް ވިއްސި ވިހާލިވާފަދަ ޚަބަރެކެވެ.

ސިޓީ އަކަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަވެސް މަދުވަނީ ރަށުގައި ހުރި ގިނަ ވަޒީފާގެ ފުރުސަތު ތަކަކަށްވުމުން ހިތާމަ ކުރާނެ ބަޔަކު މަދެއް ނުވާނެއެވެ.

ވަޒީފާތައް މަދުވުމުގެ އިތުރުން ކައުންސިލަރުންނަށް ލިބެމުން ދިޔަ އާމްދަނީ ދަށްވުމަކީވެސް ހިތާމަ ކުރަން ޖެހޭ ކަމެކެވެ، ކުރިން 20 ހާހަށްވުރެ މަތިން އާމްދަނީގެ ގޮތުގައި އަތޮޅު ކައުންސިލްގެ ރައީސަށް ލިބުނުއިރު އަލަށް އައްޔަން ކުރެވޭ މޭޔަރަށް ލިބޭނީ ޖުމްލަ 18 ހާހަށްވުރެ ދަށް އާމްދަނީއެކެވެ.

މިހުރިހާ ކަމަކަށް ހިތާކުރެވުނު ނަމަވެސް އަދިވެސް ކުރެވޭ ކުޑަ ކުޑަ އުއްމީދެއް އެބައޮތެވެ. ތައުލީމީ ނިޒާމާއި ރަށުގެ ތަރައްގީ އަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓް ތައް އިތުވެދާނެ ކަމުގެ އުއްމީދެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !