29 އެޕްރީލް 2017 (ހޮނިހިރު)


ސިޔާސީ ގޮތުން ހައްދު ފަހަނައަޅައި ދިޔަ ދިވެހިން މިއަދު ސައިޒުވެފައި...

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މި ގައުމުގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު އަރުތަކުގައި މި ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ވަނީ މަޖްބޫރުން ނަމަވެސް ގެނެސްފައެވެ.

އެ މަނިކުފާނުގެ ވެރިކަމުގެ ދިގު 30 އަހަރުގައި ވެރިކަމުގައި، ބޮޑު ބައެއްގައި ރައްޔިތުން އުޅެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތި ބޭސް ފަރުވާއަށް ސަލާންޖެހަން ޖެހިފައިވާ އަޅުވެތިކަމެއްގެ ތެރޭގައި ނުވަތަ އަނިޔާވެރިކަމެއްގެ ތެރޭގައި އެވެ. މިވަހަކަތަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދައްކަމުން ދިޔަ ވާހަކަތަކެވެ.

އެހެނަމަވެސް އެ މަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގެ ފަހު އަތަށް އެޅިއިރު ރައްޔިތުންގެ ކެކުޅުންތަކާއި އުދާސްތަށް އުތުރި އަރައިގެން ގޮސް އެތެރެއިންނާއި ބޭރުން އެމަނިކުފަނަށް ފިތްތުންތަށް ކުރިމަތިކުރިއެވެ. ނަތިޖާއަކަށް ވެގެންދިޔައީ މި ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަން މަޖްބޫރުވެގެން ދިޔުމެވެ. މި މަޖްބޫރުތަކާއި އެކު އިސްލާހީ އެޖްންޑާއެއް އެކުލަވާލައި، އޭރު އަމަލުކުރަމުން ގެންދިޔަ ނޫ ޤާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފެށިއެވެ.

1952 ވަނަ އަހަރަށް ފަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔަސީ ޕާޓީތަށް ހިންގުމުގެ ހުއްދަށް 2005 ވަނަ އަހަރު ދެއްވިއެވެ. އަދި ފުރަތަމަ ސިޔަސީ ޕާޓީ އެއްގެ ގޮތުގައި 26 ޖޫން 2005 ގައި އިދިޚޮޅު ޕާޓި އެއްގެ ގޮތުގައި ރާއްޖޭ ފުރަތަމަ ސިޔާސީ ޕާޓީ " މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީ ވެގެން ދިޔައެވެ. އެޔާ އެކު އިތުރު ސިޔާސީ ޕާތީތަށް ވޫޖޫދަށް އަންނަން ފޭށިއެވެ. ހިޔާލު ފާޅުކުރުމާއި، އެއްވެސް ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި، އެއްވެ އުޅުމުގެ ބާރު ލިބިގެންވާ ޤާނޫނު އަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބުނެވެ. ރައްޔިތުން އެ ހައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން، ޑރ.ވަޙީދު ހަސަން މަނިކުގެ ވެރިކަމާއި ހަމަޔަށް ބޭނުންކުރަމުން ގެންދިޔައެވެ.


މިއަދު އެ ހައްޤުތަކުން ރައްޔިތުންވަނީ މަހްރޫމްވެފައި

އެހެން ނަމަވެސް މި ރާއްޖެއަށް ގެނައި ސިޔަސީ އިސްލާހީ ބަދަލުތަކުން މިއަދު އެ ރައްޔިތުން މިވަނީ މަހްރޫމް ވެފައެވެ.ސުލްހަވެރި ކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތެވެ.އެއްވާއިރަށް ފުލުހުން ނުކުމެ ބާރުގެ ބޭނުންކުރުމަށްފަހު އެކަން ހުއްޓުވައެވެ.ނުހައްގުން އެތައްބަޔަކު ޗާޓުން ބޭރުން ޖަލަލަށް ލަމުން ގެންދަނީއެވެ. ނުވިތާކަށް ސަރުކާރު ހިތްނޭދޭ ގޮތަކަށް ހުކުރު ހުތުބާ ލިޔެވިއްޖެނަނަމަވެސް އެ ލިޔުނު މިހާވެސް،ކުއްވެރިވަނީއެވެ. ދިނީ އިލްމުވެރިންވެސް " ޝުކުރިއްޔާ ރައިސް ޔާމީން " ނުކިޔާނަމަ އެ މީހުންނަށް ދަރުސް ދަނުމުގެ ހުއްދައެއް ވެސް ނޯންނަ ކަހަލައެވެ.

ނުވިތާކަށް ގަދަޔަށް ކުޅެގެން މޮޅާވަން ބޭނުންވާ މެސީގެ މި ޓީމް، އިންތިހާބުތަކަށް ބިރު ގަންނަނީ ކީއްވެގެންބާ ؟ ކައިރި މުސްތަޤްބަލެއްގައި ވެސް އިންތިހާބެއް އޮވެދާނެ ކަމާއި މެދު ސުވާލު އުފެދެއެވެ. މި އެތަށް ދިވެހިންނެއް މިއަދު އުފައްދަމުން އަންނަ ސުވާލެކެވެ.

އިރެއްގައި ސިޔާސީ ގޮތުން ހައްދު ފަހަނައަޅައި ދިޔަ ދިވެހިން މިއަދު މިވަނީ އެ ހައްޤުތަކުން މަހްރޫމްވެ ސައިޒްވެފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

  • User Icon

    ވާއިޒް

    ހައްޤުތައް މަހްރޫމްކޮށް ސައިޒްކުރަންވީ! މިއީ އިސްލާމީ ގައުމެއް! މިތާގައި ހުޅަނގުގެ ލާދީނީ ލިބަރަލް ޑިމޮކްރަސީއެއް ބޭނުމެއް ނޫން! މިތާގައި ބޭނުންވަނީ އިސްލާމީ ވެރިކަމެއް! ވެރިމީހާގެ ފަހަތުގައި އެންމެން ތިބެންޖެހޭނީ! ތިކަހަލަ ހައްގުތައް ލިބުމަށްވުރެ ހައްގުތައް ނުލިބުނަސް ވަރިހަމަ. ޔަހޫދީންނާއި ނަސާރާއިންގެ އަވާގައި ޖެހިގެން މުޅި އިސްލާމީ އުއްމަތް ފުނޑެނީ... މިކުޑަ މުޖުތަމަޢުވެސް ފުނޑާލަން މަސައްކަތްކުރަނީ... އޭގެ މޭސްތިރިއަކަށް އެބައިމީހުން އައްޔަން ކޮށްފައިވަނީ ކެނެރީގެ މުގާބޭ..؟ ކެނެރީގެ މުގާބޭ މުޅި ޢުމުރަށް ޖަލުގައި ބަންދުކޮށްގެން ނަމަވެސް މި މުޖުތަޢު ސަލާމަތް ކުރަން އެބަޖެހޭ؟ ރައީސް ޔާމީންގެ މަސައްކަތަށް އައްސަރި ބަހާ ސާބަސް ދެމެވެ.
  • User Icon

    ޠަނު

    ދެން ކާމިނީގޭ ޔާމީނު ވެރިކަމުގައި މިހާރު އިސްލާމްދީން ހިމާޔަތްކުރަނީތޯ. ﷲ ގެ ދެވަނަދަރިން ކަމަށް ބުނުމާއި ބެންކޮކަށްގޮސް ހިލޭއަންހެނުން ނުތިބޭނެ ވާހަކައާއި މިހިރީ އިސްލާމްދީން ހިމާޔަތްކުރަން ގައުމުގެ ރައީސް ދައްކާ ވާހަކަ