17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފަސް އަހަރު ކުރިން ނު ބޭއްވުނު އޭކަން ގެ ޝޯ ބާއްވަނީ

މިއަހަރު ފެށިގެން އައީ ޓްއަރިޒަމް ކައުންޓް ޑައުން ޝޯ ނަމުގައި ޖެމެއިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝޯން ޕޯލް ގެނެސްގެން ބާއްވަން އުޅުނު ޝޯ ސަލާމަތީ ސަބަބުތަކަކާއި ގުޅިގެން ޝޯން ޕޯލް ގެ ބަދަލުގައި ގުޖުރާތުގެ ދެތަރިން ކަމަށްވާ ސަލީމާއި ސުލެއިމާނުގެ ޝޯއަކާއިއެކުއެވެ. ނަމަވެސް، އެރޭ ވަނީ އަންނަ ބުރާސްފަތި ދުވަހުރޭ ކުރިން މައްސަލަ ގޯސްވެ ކެންސަލް ކުރަން ޖެހުނު އޭކަން ގެނެސް ޝޯ ބާއްވާނެ ކަަމަށް އިއުލާން ކުރިއެވެ.
އެއީ މީގެ 5 އަހަރު ކުރިއެވެ. 2010 ވަނަ އަހަރު އެޕްރީލް މަހެވެ. އިވެންޓް އޮގައިޒް ކުރުމަށް މަޝްހޫރު ހައިރައިޒުން 10 ހާސް މީހުން ނަށް އަމާޒުކޮށްގެން 1000 ރުފިޔާ އަށް ޓިކެޓް ވިއްކައިގެން މާލޭގެ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި (ޓްރެކް ދަނޑު) އޭކަން ގެ ޝޯއެއް ބޭއްވުމަށް ނިންމާ އެކަން އިއުލާން ކުރިއެވެ. އެއާއިއެކު، ޝެއިޚުންނާއި ދީނަށް ލޯބި ކުރާ ގިނަ ބަޔަކު އެޝޯއާއި ދެކޮޅަށް ތެދުވިއެވެ. ސޯޝަލް މީޑިއާގައި އެ ޝޯއާއި ދެކޮޅަށް ގުރޫޕްތައް ވެސް ހެދިއެވެ. އޭރުގެ ސަރުކާރުންވެސް މިހާރުގެ ސަރުކާރެކޭ އެއްގޮތަށް އެޝޯއަށް ދިޔައީ ފާޅުގައި ތާއީދު ކުރަމުންނެވެ. އެގޮތުން، އޭރުގެ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު އޭއެފްޕީ އަށް ދެއްވި އިއްޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭކަން ރާއްޖެ އަންނާތީ އުފާކުރައްވާ ކަމަށާއި އެކަމަށް ތަރުހީބު ދެއްވާ ކަމަށެވެ.
މިހާރާއި ޚިލާފަށް، އޭރުގެ އިސްލާމިކް މިނިސްޓްރީ މިކަމާއި ދެކޮޅަށް ތެދުވިއެވެ. އެމިނިސްޓްރީން އެޕްރީލް 12 ވަނަ ދުވަހު ނޫސް ކޮންފަރެންސެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކަމަކީ ގައުމުގައި ހުޅުވިގެންދާނެ ނުބައި ދޮރެއް ކަމަށާއި އެ މިނިސްޓްރީން އެކަމަށް ތަރުހީބު ނުދޭނެ ކަމަށެވެ. “މިއީ މި ގައުމުގައި ހުޅުވިގެންދާ ނުބައި ދޮރެއް. މިކަމާ ބެހޭ ގޮތުން (ހުއްޓުވެން) ކުރެވެން ހުރި މަސައްކަތްތަކެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މިނިސްޓްރީން ގަބޫލުކުރާ ކަމެއް ނޫން މީ ރާއްޖޭގައި މިފަދަ ކަމަކަށް ފުރުސަތު ދިނުން،” ޝަހީމް ވިދާޅުވި އެވެ.
އެންމެ ފަހުން، އެޕްރީލް 21 ވަނަ ދުވަހު އެ ޝޯ އޮގަނަޒް ކުރާ ފަރާތުން ވަނީ އެ ޝޯ ސަލާމަތީ ސަބަބުތަކަށް ޓަކައި ފަސްކުރި ކަަމަށް މައުލޫމާތު ދީފައެވެ. އޭގެ ފަހުން އެ ޝޯއެއް ބާއްވާފައެއް ނުވެއެވެ.
ނަމަވެސް، މިފަހަރު ސީދާ ސަރުކާރުން އެފަދަ ޝޯއެއް ބާއްވަން ނިންމެވުމާއި އެކުވެސް އޭރު ޕްރެޝަރ ކުރި ފަރާތްތަކުގެ އަޑުތައް ނީވޭތީ ސުވާލު އުފައްދައެވެ. މިކަމާއި ސުވާލު އުފައްދައި ހަވީރުގެ ނޫހުގެ ހަމްދޫނު ފާހަގަ ކުރައްވަނީ “އޭކަން ރާއްޖެ އަންނަން ހަމަޖެހިފައިވާކަން، އާ އަހަރާ ދިމާކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި މިއުޒިކް ޝޯގައި، ވީޑިއޯއެއްގެ ޒަރީއާ އިން އޭނާ ވަނީ އިއުލާންކޮށްފައި، އެކަމަކު ކުރީގެ ޕްރެޝަރެއް މިހާރު ނެތް، އޭކަން ރާއްޖެ އަންނާތީ އެކަމާ ކަންބޮޑުވެެގެން ވާހަކަ ދެއްކި ދޫތައް ވެސް ބަންދުވެއްޖެއެވެ. އެކަމަކު ރާއްޖެ މި އަންނަނީ ހަމަ އޭރުގެ ވެސް އޭކަން އެވެ. ތަފާތެއް ނެތެވެ”. ރަގަޅު ވާހަކައެކެވެ. އޭރު އިސްލާމިކް މިނިސްޓްރީން ފާޅުގައި ފާޑު ކިޔާފައިވަނީ މިހާރުގެ އިސްލާމިކް މިނިސްޓަރެވެ. ޑރ. ޝަހީމު އޭރު އިސްލާމިކް މިނިސްޓްރީގެ ނަމުގައި އެ ޝޯ ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅިވެފައި މިފަހަރު އެމަސައްކަތް އެބަ ކުރައްވާތޯއެވެ.
ހަވީރު ނޫހުގެ ހަމްދޫނު ހާމަ ކުރައްވާ ގޮތުން ޝޯން ޕޯލް ރާއްޖެ ގެންނާތީ އެކަމާ ވެސް ދީނީ ބޭފުޅުންނާއި އަދި ޝަހީމް ވާހަކަ ދެއްކެވީ ވަރަށް “ލޮނުމަޑުކޮށް” ކަން އެތައް ބަޔަކު ފާހަގަކުރާ ކަމަށެވެ. ތެދެކެވެ. ޝަހީމު ކުރެއްވީ ސީދާ ބަހުން އެންމެ ޓްވީޓެކެވެ. އެއީ “އާއަހަރާއި ދިމާކޮށް ބޭރުން މީހުން ގެނެސްގެން ޝޯ ބޭއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. މަރުގެ އިންޒާރު ދިނުމަކީވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން”. އެއަށްފަހު ޝޯއާއި ދެކޮޅަށް ޝަހީމުގެ ޓްރިޓަރ އެކައުންޓުން ކުރެއްވި ޓްވީޓަކީ ބަޔަކު ހެކް ކޮށްގެން ކުރި ޓްވީޓެއް ކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނާއި ގައުމަށްޓަކައި ކަމަށް ބުނެ ކުރީގެ ސަރުކާރާއި ދެކޮޅަށް އެއްވުންތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ އަދާލަތު ޕާޓީއިން ވެސް މިކަމުގައި މަސައްކަތް ކުރަމުން ދަނީ ފިނި އުސޫލަކުން ނެވެ. ފާހިޝް މަންޒަރުތަކާއި ހަރަކާތްތައް އާއްމުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާނެއް ނެރެ ނިންމާލަނީއެވެ. މިހުރިހާ ކަމެއް މިހެން އޮތް އިރު ޓޫރިޒަމް މިނިސްޓަރ އަދި ޝޯ ބޭއްވުމަށް ދައުވަތު ފޮނުއްވި މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވަނީ ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާނެ ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު