22 ސެޕްޓެމްބަރ 2017 (ހުކުރު)


ހިސާބު ގަޑި: މިސުވާލަށް ޖަވާބު ދެވޭނެ ބާ؟ (ރ)

މުހައްމަދު ޝިހާބް
 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މިފަހަރު ހިސާބުގަޑިގައި މިހުށަހަޅާލަނީ ކުރިން ހުށަހަޅައި އެއްވެސް ފަރާތަކަށް ރަނގަޅު ޖަވާބު ދެވިފައި ނުވާ ސުވާލެކެވެ. މިސުވާލާއި މެދު ފުންކޮށް ވިސްނާފައި ޖަވާބު ލިބޭތޯ މަސައްކަތް ކޮށްލާށެވެ. މިއީ ތިބާއަށް ޖަވާބު ނުލިބޭނެ ވަރުގެ ސުވާލެއް ނޫނެވެ.

މަރުކޭޓަށް ވަދެ ދެތިން އެއްޗެއްގެ އަގު ބަލައިލީމެވެ. ރުފިޔާއަކަށް (1 ރުފިޔާއަށް) 8 ހުތް ކުންނާރު، ރުފިޔާއަކަށް ކޮޕީފަތެއް (1 ރުފިޔާއަށް 1 ކޮޕީ ފަތް) އަދި 10 ރުފިޔާއަށް ކަށިކެޔޮ ވަކެއް(1 ވައް) ލިބެން ހުއްޓެވެ. މިއިން ކޮންމެ ބާވަތަކުން ވެސް ބޭނުންވާ ވަރަށް ނަގާފައި ކޮތަޅަކަށް ލައިފީމެވެ. އަގު ދެއްކުމަށް ކޮތަޅުގައި ހުރި ޖުމްލަ އަދަދަށް ބަލާލިއިރު އޮތީ 100 އެވެ. ހުރިހާ އެއްޗެއްގެ އަގަކަށް ވީ ވެސް 100 ރުފިޔާއެވެ. ވީމާ އަހަރެންނަށް ގަނެވުނީ ކޮންމެ ބާވަތަކުން ކިތަކެތި ހެއްޔެވެ؟

މިސުވާލުގެ ޖަވާބު ކޮމެންޓް ކޮލަމް މެދުވަރިކޮށް ފޮނުވާށެވެ.

ޖަވާބު އަންނަ ހަފުތާގައި މިކޮލަމްގައި ހިމަނާނަމެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!