26 މާރޗް 2017 (އާދީއްތަ)


ސްކޫލް ދަބަހުގައި ހުންނަން ޖެހެނީ ކިހާ ބަރުދަނެއް؟ 2

ސްކޫލު ފޮތްދަބަހުގައި ހުންނަން ޖެހނީ އެކުއްޖެއްގެ ބަރުދަނުގެ %15. 32ކގ ގެ ކުއްޖެއްގެ ފޮތްދަބަހުގައި ހުންނަން ޖެހެނީ 4.8ކގ.

ސްކޫލު ފޮތްދަބަހުގައި ހުންނަން ޖެހނީ އެކުއްޖެއްގެ ބަރުދަނުގެ %15. 32ކގ ގެ ކުއްޖެއްގެ ފޮތްދަބަހުގައި ހުންނަން ޖެހެނީ 4.8ކގ.

(ކުރީ ހަފުތާގެ ބަޔާއި ގުޅޭ)

ސްކޫލް ދަރިވަރުންގެ ފޮތް ދަބަސް ބަރު ވުމަކީ ގިނަ ބެލެނިވެރިންނައި ސިއްޙާ މާހިރުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވަނީ ވެފައެވެ. މިކަމަށް އޮތް އެއްހައްލަކީ އުފުލަންޖެހޭ ފޮތްތައް ބަރުވެފައި ގިނަނަމަ އެއްބައި ފޮތްތައް ދަބަހާއި ވަކިން އަތުން އުފުލުމެވެ. މިގޮތަށް އުފުލާއިރު ބުކް ބޭންޑް ކަހަލަ އެއްޗެއް ބޭނުން ކުރުމުން އުފުލަން ފަސޭހަ ވާނެއެވެ.

ދަބަހުގެ ބަރުދަން އެމީހެއްގެ ބަރުދަނާއި ގުޅޭ ގޮތަށް ބެހެއްޓުން

ދަބަހުގެ ބަރުދަން (ފޮތާއިއެކު) ހުންނަން ޖެހޭނީ އެކުއްޖެއްގެ ބަރުދަނުގެ %15 އެވެ. މިސާލަކަށް 32 ކިލޯ ގްރާމް ބަރުދަނުގެ ކުއްޖެއް ނަމަ 4.8 = 0.15*32 އެވެ. 4.8 ކިލޯ، ނުވަތަ ގާތްގަޑަކަށް 5 ކިލޯއެވެ.

އައު ކަރިކަިއުލަމުގެ ފޮތްތަކުގެ ބުރަދަން ދަރިވަރުންގެ އުމުރާއި އެކަށީގެންވޭ ހެއްޔެވެ؟ އެގޮތުން މިސާލެއްގެ ގޮތުގައި މިބަލާލަނީ މިއަހަރު ގްރޭޑް 7 އަށް އަލަށް ލިބުނު ފޮތްތބަޔަށެވެ. އައު ފޮތްބައިގެ ބަރުދަނަށް ބަލާއިރު އެއް ކުއްޖެއްގެ ހުރިހާ ޓެކްސްޓް ފޮތެއްގެ ބަރުދަނުގައި 4.9 ކިލޯ ގްރާމް ހުރެއެވެ. އަދި ހުރިހާ މޮނިޓަރ ފޮތެއްގައި 4.3 ކިލޯ ގްރާމް ހުރެއެވެ. ދަބަހަހާއި ސްޓޭޝަނަރީ އެއްކޮށް 1.5 ކިލޯ ހުރެއެވެ. ވީމާ ޖުމްލަ 10.7 ކިލޯގެ ބަރުދަން ހުރެއެވެ. ނަމަވެސް ކޮންމެ ދުވަހަކު މިހުރިހާ ފޮތްތަކެއް އުފުލާކަށް ނުޖެހެއެވެ.

އާއްމުގޮތެއްގައި ގްރޭޑް 7 ގެ ދަރވަރުންނަށް ދުވާލަކު 8 ޕީރިއަޑްގެ ކިޔެވުން އޮވެއެވެ. ކޮންމެ ދުވަހަކު 8 ޕީރިއަޑް އަދި އެއިގެ ތެރެއިން އެއް ޕީރިއަޑަކީ ޑަބަލް ޕީރިއަޑް ކަމަށް ބަލާނަމަ، 7 ފޮތް ބައި ގެންދަން ޖެހޭނެ ކަމަށް ބަލަމާ ހިނގާށެވެ. އެއިރުން 7 މާއްދާގެ 8 ޓެކްސްޓް ފޮތުގައި (އިނގިރޭސި 2 ފޮތް)، 3.1 ކިލޯގްރާމް، 7 މޮނީޓަރ ފޮތުގައި (300ނ.ގެ 6 ފޮތް، 120ނ. ގެ 1 ފޮތް)  2.3 ކިލޯގްރާމް އަދި ސްޓޭޝަނަރީ އާއި ދަބަހުގައި 1.5 ކިލޯގްރާމް ހުރުމުން، ކޮންމެ ދުވަހަކު ޖުމްލަ 6.9 ކިލޯގްރާމް ސްކޫލަށް އުފުލަން ޖެހޭނެ ކަމަށް ބެލިދާނެއެވެ. މިއި 46 ކިލޯގްރާމްގެ ބަރުދަން ހުންނަ ކުއްޖަކަށް އެކަށީގެންވާ މިންވާ މިންވަރުގެ ބުރަދަނެކެވެ. 

ނަމަވެސް ރާއްޖޭގެ ގްރޭޑް 7 ގެ ގިނަ ކުދިންގެ ބަރުދަން ހުންނަނީ 30-35 ކިލޯގްރާމް ވަރުގައި ކަމަށް ވެއެވެ. ވީމާ ގްރޭޑް 7 ގެ ދަރިވަރުން އެވްރެޖްކޮށް ދުވާލަކު ސްކޫލަށް ގެންދަން ޖެހޭ ފޮތްތައް ނިސްބަތުން މާބަރު ކަމަށް ބެލިދާނެއެވެ. މިކަމަށ ްއޮތް ހައްލަކީ ހުރިހާ ފޮތްތައް ދަބަހުން އުފުލުމުގެ ބަދަލުގައި އެއްބައި ދަބަހާއި ވަކިން އަތުން ބުކް ބޭންޑެއް އަޅައިގެން އުފުލުމެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!