20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ހިސާބު ގަޑި 6 : ފޮށީގެ ލޭބަލް ރަނގަޅު ކުރާނީ ކިހިނެތް؟

މުހައްމަދު ޝިހާބް
ލޭބަލް ރަނގަޅު ކޮށްދީ!

ލޭބަލް ރަނގަޅު ކޮށްދީ!

މިހަފުތާގެ ހިސާބު ސުވާލު އަމާޒު ކުރެވިފައި މިވަނީ އާއްމު ވިސްނުމުން ވެސް ޖަވާބު ހޯދާލެވޭފަދަ ސުވާލަކަށެވެ. އެކަމަކު މިސުވާލުގެ ޖަވާބު ހިސާބު ޖެހުމުގެ އުސޫލަކުން ވެސް ހޯދާލެވޭނެއެވެ.

ސުވާލު: ރައްޓެސަކު ތިން ފޮށިގަނޑު، 3 ރިޒޯޓަކަށް ފޮނުވުމަށް ތިބާއާއި ހަވާލުކޮށްފިއެވެ. އޭގައި ލޭބަލް ކުރެވިފައި ވަނީ، އަލަ، އަނބު އަދި އަލަ އާއި އަނބު އެވެ. މަތީގައި ވާ ކުރެހުމުގައި ވާ ގޮތަށެވެ. އެކަމަކު އެކުރިވެރިޔާ ބުނީ އެ ލޭބަލް ތައް ޖެހިފައި ހުރީ ގޯސްކޮށް ކަމަށެވެ.

ކޮންމެ ސަޕްލައި ދޯންޏަކާއި ރަނގަޅު ފޮށިގަނޑު ހަވާލު ކުރުމަށްޓަކައި ތިބާއަށް ޖެހުނީ އެ ފޮށިގަނޑުތަކުގައި ހުރިއެއްޗެއް ބަލާފައި، ނަން ރަނގަޅު ކުރާށެވެ. އެކަމަކު، ފޮށިގަނޑު ކަނޑާފައި އަލުން ބަންދު ކުރުމަށް އެވަގުތު ސާމާނު ލިބެން ހުރި ގޮތުން ތިބާއަށް ކަނޑާފައި ބެލެން އޮތީ އެންމެ ފޮށިގެނޑެކެވެ.

ވީމާ މިހާލަތުގައި ލޭބަލްތައް ރަނގަޅު ކުރުމަށްޓަކައި ތިބާ ކަނޑާނީ އެ 3 ފޮށިގނަޑުން ކޮން ފޮށިގަނޑެއް ހެއްޔެވެ؟ އަދި ލޭބަލްތައް ރަނގަޅު ކުރާނީ ކޮންގޮތަކަށް ހެއްޔެވެ. އަދި މިކަން ރަނގަޅު ކުރުމަށް ބޭނުން ކުރެވޭނެ ހިސާބުގެ އުސޫލަކީ ކޮބައި ހެއްޔެވެ؟

ކުރީ ހަފުތާގެ ރަނގަޅު ޖަވާބު:

ކުރީ ހަފުތާގެ ވަރަށް ގިނަ ފަރާތްތަކުން ރަނގަޅު ޖަވާބު ފޮނުވާފައި ވެއެވެ. އެކަމަކުވެސް ރަނގަޅު ނޫން ޖަވާބުތައް ވެސްހުއްޓެވެ. ބައެއް ފަރާތްތަކުން ޖަވާބު ރަނގަޅު ވާންވީ ސަބުވެސް ސާފުކޮށްދީފައި ވެއެވެ.

އެއީ: ކާރު ޕާކެއްގައި ނަމްބަރު ބިންމަތީގައި ޖަހާފައި ހުންނަނީ ކާރުގައި އިންނަ ދުއްވާ މީހާއަށް ފަސޭހައިން އެގޭނޭ ގޮތަށް ކަމުން، ކުރީ ހަފުތާގެ ސުވާލުގައި ވާ ނަމްބަރުތައް ހުރީ އިދިކޮޅަށް ފެންނަ ގޮތަށެވެ. އެނަމްބަރު ތައް ކާރުވަންނަ ކޮޅުން، އަނބުރާފައި ބަލާލުމުން ވަރަށް ފަސޭހަކަމާއެކު ޕެޓާރން އެނގި ޖަވާބު ލިބޭނެއެވެ.

ރަނގަޅު ޖަވާބަކީ 87 އެވެ. އެއީ އެ ނަމްބަރުތައް ހުރީ 86، ___، 88، 89، 90، 91 މިތަރުތީބުންނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

 • User Icon

  މުހައްމާ

  މީގައި ހަމަ ނުޖެހޭ ތަންކޮޅަކީ ލޭބަލް ނުބައި ކަން ގެރެންޓީ ކޮށް އެނގޭ ކަން، އެހެން އެނގޭނީ ގަސްދުގައި ނުބައި އެއްޗެއް ޖަހައިގެންތާ، އެހެން ނޫނީ ފަހަރެއްގައި ނުބއިވެސް ވެދާނެ، ފަހަރެއްގައި ރަނގަޅުވެސް ވެދާނެ. މީތި ހައްލުވަނީ އެކަމަކު ހުރިހާ އެއްޗެއް އެހެރީ ގޯސްކޮށް ކަމަށް ބެލުމުން، އެހެން ނޫންގޮތަކަށް ހައްލެއް ނެތް
  • User Icon

   އަލީ

   އެހެން ވެދާނެ! ބައެއްފަހަރު ގިނައެއްޗެހީގަިއ ލޭބަލް ޖަހާިއރު އެކަތި ނުބައި ކޮށް ޖެހުމުގެ ސަބަބުން ދެން ހުރިއެއްޗެހީގައި ވެސް ލޭބަލް އެކުރެވުނީ ގޯސްކޮށް ކަން އެނގިގެން ދޭ! ރަނގަޅު! ހައްލުކުރެވޭނީ ހުރިހާ އެއްޗެހީގައި ވެސް ލޭބަލް ކުރެވިފައި ވަނީ ގޯސްކޮށްކަން އެނގިގެން.