25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

އޭކަން ޝޯ ކުރިއަށް ގެންދިއުމަށް ހިންގާ ކެމްޕޭނަށް ބޭނުންކުރާ ޝިއާރެއް ކުޑަކުއްޖަކު ހިފައިގެން. ފޮޓޯ:ފޭސްބުކް

މަންޒަރު ބަދަލުވެއްޖެއެވެ. މިހާރު ފެންނަނީ ޝޯއާއި އެއްކޮޅަށް ކުރާ ކެމްޕެއިނެވެ.

ޓްއަރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގެ ދެވަނަ ޝޯއަށް އޭކަން މިއަދު މާލެ އަންނަ ކަމަށް ބައެއް މީޑިއާތަކުގައި ހާމަކޮށްފައިވާ އިރު، އެޝޯ ކުރިއަށް ގެންދިއުމަށާއި އެޝޯގައި ބައިވެރިވުމަށް ވަރުގަދަ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ކުރިއަށް އެބަދެއެވެ.

މިޝޯ ކުރިއަށް ދާ އިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން އެންމެ ބޮޑަށް ފާޑު ކިޔަނީ ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓަރަށެވެ. މިހާރު އެވާހަކަށް ނީވެނީ ކީއްވެގެންތޯ ބައެއް މީޑިއާ ތަކުން ސުވާލު އުފައްދާ އިރު އަނެއް ބަޔަކު އޭރާއި މިހާރުގެ ހުރި ތަފާތު ތަކަށް އަލި އަޅުއްވާލައްވައެވެ. ތެދެކެވެ. މަންޒަރު ބަދަލުވެއްޖެއެވެ. މީގެ ފަސްއަހަރު ކުރިން ކެމްޕެއިން ކުރީ އޭކަން ގެނައުމާއި ދެކޮޅަށެވެ. މިއަދު ކެމްޕެއިން ކުރަނީ އޭކަން ގެންނާށެވެ. އެއީ މިއަދު ސޯޝަލް މީޑިއާއަށް ބަލާލިއަސް އެގި ފާޅުވާ ހަގީގަތެކެވެ. މިބުނަނީ ޝޯއާއި ދެކޮޅަށް އެއްވެސް އަޑެއް ނީވޭ ވާހަކައެއް ނޫނެވެ. އަޑު ގަދަކޮޅެއްގެ ވާހަކައެވެ.

މިޝޯއާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ކުރާވެސް ކަމަކީ އެއްބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރުމެވެ. އާންމުންގެ ތެރެއިން ބަޔަކު ދީނީ ތައުލީމު ހާސިލުކުރައްވާ ފައިވާ ފަރާތްތަކަށް އިގިލި ދިއްކުރާ އިރު، ދީނީ ލިއުން ގެނެސްދޭ ފަރާތްތަކުން އިގިލި ދިއްކުރަނީ ސިޔާސީ ފަރާތްތަކަށެވެ. ފެންނަން އޮތް ހަގީގަތަކީ މިޝޯއާއި ދެކޮޅު ބަޔަކުވެސް އުޅޭކަމެވެ. ނަމަވެސް، އެކަމާއި ދެކޮޅަށް ތެދުވާ ހިތްވަރެއް ނެތެވެ. ކުށްވެރި ކޮށްލަކޮށްލާ ތިބެނީއެވެ. އަނެކާގެ “ބޮލަށް ކަނޑާލާ” އުސޫލު ގެންގުޅެވެނީ އެވެ. ނޫނީ ބިރުގަންނަނީ އެވެ. ނޫނީ އޭރު ދެކޮޅަށް އިސްކޮށް ހަރަކާތްތެރި ފަރާތްތަކުގެ އަޑު ކަނޑުވާލެވިފައިވަނީއެވެ. ނޫނީ އެމީހުން ރާއްޖޭގައި ނެތީއެވެ. މިއީ ހައްތަހާވެސް މީހުން ދައްކާ ވާހަކަތަކެވެ.

މީގެ ފަސް އަހަރު ކުރިން 1000 ރުފިޔާ އަށް ޓިކެޓް ވިއްކައިގެން ބާއްވަން އުޅުނު އޭކަންގެ ޝޯ އެފަހަރު ބޭއްވިފައި ނުވަނީ އެޝޯއާއި ދެކޮޅަށް އިސްލާމިކް މިނިސްޓްރީ އާއި އާންމުންގެ ގިނަ ބަޔަކު ދެކޮޅު ހެދުމުންނެވެ. ނަމަވެސް، މިފަހަރު މިފެންނަނީ އެއާއި މުޅިން ތަފާތު މަންޒަރެކެވެ. މިފަހަރު ކެމްޕެއިން ކުރިއަށް ދަނީ ޝޯގައި ބައިވެރިވުމަށެވެ. ޝޯކުރިއަށް ގެންދިއުމަށެވެ.

ފެންނަ މަންޒަރުު ތަކަށް ބަލާއިރު މަންޒަރު ބަދަލުވެއްޖެއެވެ. ކުރިން ޝޯ ބާއްވަން އުޅުނީ އާންމުގެ ތެރެއިން ބަޔެކެވެ. ސަރުކާރުން ތާއީދު ކުރިއަސް އެކަމުގައި ސީދާ ސަރުކާރެއް ނުވަނދެއެވެ. ނަމަވެސް، މިފަހަރު އާންމު ބަޔަކު ޝޯ އޯގަނައިޒު ކުރިއަސް އެއީ ސަރުކާރުގެ އިވެންޓެކެވެ. ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް ބާއްވާ އިވެންޓެކެވެ. ވީމާ ސަރުކާރުގެ މިނިސްޓަރަކަށް ސީދާ ދެކޮޅަށް މީޑިއާ ކުރިމައްޗަށް ނިމުމެވިދާނެ ހެއްޔެވެ. ސަރުކާރުގެ އެތެރެއިން ކުރާ މައްސަކަތް ބޭރަށް އެގޭކަށް ނުޖެހެއެވެ. ސަބަބަކީ ސަރުކާރުގެ އެތެރޭގައި އުޅޭ މައްސަލަތައް އާންމުން އެގޭނަމަ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލުމުގެ އިތުރަށް ގައުމުގެ ސްޓްބިލިޓީ އަށް އަސަރު ކުރާނެތީއެވެ. އިސްތިއުފާ ދިނުމުގެ ފުރުސަތު އެބައޮތެވެ. އެއީ ކަނޑައެޅިގެން ގޯސް ކަމެއް ކަމަށް އެގޭނަމަ، އެކަމުން ތިމާ އެކަމުން ބަރީއަނުވެވޭ ހާލަތްތަކުގައި އިސްތިއުފާ ދޭން ޖެހެއެވެ. އެއީ މިއަދު އިސްލާމިކް މިނިސްޓަރުގެ ހާލަތު ކަމަށް މީހުން ބުނެއެވެ. ތެދެކެވެ. ބޭރުން މީހުން ގެނެސް ބާއްވާ ޝޯ ބަލައި ނުގަނެވޭނެ ކަމަށް ޓްވީޓް ކުރެއްވިއެވެ. ނަމަވެސް، އާންމުން ބުނާ ފަދައިން، އިސްތިއުފާ ދެވިދާނެއެވެ. ނަމަވެސް، އަދި ޝޯ ނުބޭއްވެއެވެ. ވީމާ ސުވާލަކީ އިސްތިއުފާ ދިނުމަށް އަވަސްތޯ ނުވަތަ ލަސްތޯއެވެ.

ޒުވާނުން މިޝޯ ކުރިއަށް ގެންދިއުމަށް ކެމްޕެއިން ކުރާ އިރު ދީނީ ލިއުންތަށް ގެނެސްދޭ ދިވެހި މީޑިއާގެ ތެރެއިން ޝޯއާއި ދެކޮޅަށް ލިއުމެއް ގެނެސްދީފައިވަނީ ދިއިސްލާމުންނެވެ. 2010 ވަނަ އަހަރު އެޕްރީލް މަހު 8 ވަނަ ދުވަހު ކެންސަލްވި އޭކަންގެ ޝޯ އާއި ދިމާކޮށް އާންމުކުރި ލިއުން އަލުން މިއަދު ޕޯސްކޮށްފައިވާ އިރު އެލިއުމުގައި ފާހަގަ ކޮށްފައިވަނީ އޭކަން އަކީ އެމެރިކާގައި ތަފާތު ޖަރީމާތައް ހިންގައިގެން ޖަލަށްލެވިފައިވާ އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ޝޯއެއްގެ ތެރެއިން ކޮށްފައިވާ މީހެއްކަމަށެވެ. އަދި އޭނާގެ ލަވަތަކުގައި ފާހިޝް ކަންތައްތަކަށް ގޮވާލާ އިސްލާމްދީނަށް މަލާމާތްކޮށްފައިވާ ކަމަށާއި އޭނާގެ ކިތަންމެ ގައުމަކުން އޭނާގެ ޝޯތައް މަނާ ކުރުމަށް ވިސްނަމުންދާ ކަމަށެވެ. 2010 ވަނަ އަހަރު އޭކަން ގެ ޝޯ މާލޭގައި ބާއްވަން ރާވާފައިވަނީ ސްރީލަންކާ އަށް ވިސާ ނުލިބުމުގެ ސަބަބުން ސްރީލަންކާގައި ބޭއްވުމަށް ރޭވި ޝޯ ކެންސަލްވެގެން ކަމަށް އޭރުގެ ބައެއް މީޑިއާ ތަކުން ހާމަ ކުރިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު