20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ފުވައްމުލަކު މީހުން ފޮޓޯ: ޖޯބޯ ރަޝީދު އެފްބީ

ރަށި ބަހަ

ޝާމިލާ އަހްމަދު

ބަހިގެ މުއްސަންތި ފުރިހަމަކަން އެހައި މަ އުހާސް ވޭ މިބަހަށަ

      ފަހިގެ ކޫދުންނަ ކޭދެރެގެން މިބަހަ ތެއް އަލް ހިގައު ކެރަމާ

މިރަށި ބަހިވޭ އެތެއް ބަހަކީ ދިވެހި މާލޭ ބަހި ނެތުމީ

      މިރަށިގެ ވެރި އަހުލުންނަ ލިބޭ ޝަރަފޮ ކަމުގައި އަފޫ ދަކިމާ

އަމާގެ ފަރާތި މާފާޔާ ފަރާތި ބައްޕާގެ މުންނާޔާ

      އަމާގެ ބޭބޭށަ ކޭނ މާބެއް މިބަހަ އާލާ ހިނގައު ކެރަމާ

ނަމިގެ ފަހަށަ އެލާ މުންނާ އަމާޔާ އަދި ބަފާކީ އަސް

     ނަމިގެ ތަފްސީލަކަހަ ބޭނުން ނިވެންނަ ހެދީ ހިގައު ކޭމާ

ބަހިގެ އެތެރަހަ އެހެން ބަހަ ލާ ނިކޯމައްސުނި ރިވެތި މިބަހަށަ

     ބަހިގެ އަސްލަހަ ބަދަލް ނިގިނާހޮ މިބަހަ ދިރިވަންނަ ފުލް ގަޅަމާ

ނިކަން މަހިތަހަ ރިވެތި މިބަހެން ހާދާފޭ އޮއް ޅެމައް ފެނުނާ

     ނިކަން އަމިއްލަވަންތެ އިހުސާސް ވެންނަ ހެދީ ހިނގައު ލޭމާ

ނޯޓް: މިޅެމަކީ ބައިނަލް އަގުވާމީ މައިފުނެ ބަހިގެ ދުވަހިގެ މުނާސަބަތި ޝާމިލާ އަހްމަދު ހެދީ ޅެމެއް. ޝާމިލާ އަހްމަދަކީ ފުވައްމުލަކި ބަހެން ގިނަ ޅެންތެކައް ހަދާ ފަރާތެއްކަން ފާހަނގަވޭ.

banner

ކިޔުންތެރިންގެ ޚިޔާލު