A wide advertisement which will be shown on all devices. (700 x 100)

މަސީހް: ފުވައްމުލަކުގެ ފަޚުރު

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު.

އަބްދުﷲ މަސީހް މުހައްމަދަކީ ރައްޔިތުން މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ އެއް މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު ތަމްސީލްކުރާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސަރުކާރާއި ގިނަ އަދަދެއްގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދާފައިވާ ބޭފުޅެކެވެ. މިހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ތަޖުރިބާކާރު އެއްމެމްބަރަކީ މަސީހް އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މަސީހް ހޮވާފައި ވަނީ މިސަބަބަށްޓަކައި ކަމަށް ބެލިދާނެއެވެ. މިއީ މުޅި ފުވައްމުލަށް ވެސް އެކަމަށްޓަކައި ފަޚްރުވެރިވާ ކަމެކެވެ. ފަޚްރުނުވާންވީ ސަބަބެއް ނެތެވެ. ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރަކީ ފުވައްމުލަކުގެ ދަރިއަކަށްވާތީއެވެ. މީގެ ކުރިން ނާއިބް ރައީސެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދަކީވެސް ފުވައްމުލަކު ރައްޔިތުން ފަޚްރުވެރިވި ފުވައްމުލަކަށް އުފަން ދަރިއެކެވެ. އަދި މިހާރު އެއީ އިދިކޮޅު އިއްތިހާދުގެ ލީޑަރެވެ. މިހެންކަމުން މިކަމަށްވެސް ފުވައްމުލަކު ރައްޔިތުން ފަޚްރުވެރިވުން ހައްގެވެ.  

މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފެނުނު ރައީސުންގެ ތެރެއިން އެންމެ ޖެހިލުންކުޑަ އަދި ސަރުކާރުގެ މަސައްކަތްތަކަށް އަވަސްކޮށް ރައްޔިތުންނަށް އޭގެ މަންފާ ކުރާ ގޮތަށް އަމަލުކުރެއްވި އެންމެ ހިއްވަރު ގަދަ ރައީސަކީ މަސީހް ކަމަށް ބުނެވިދާނެއެވެ. މަސީހް މަޖިލީސް ކޮންޓްރޯލް ކުރައްވާ ހިކްމަތްތެރިގޮތާއި އަދި މަޖިލީހަށް ހުށަހެޅޭ ބިލްތައް އަވަސްކޮށް ނިންމެވުމަށް ކުރައްވާ މަސައްކަތްތަކުން އިދިކޮޅު ފަރާތްތަކުން ޖެހިލުންވުމުގެ ނަތީޖާއަކީ އެމަނިކުފާނު ރައީސްކަމުގެ މަގާމުން ބޭރުކުރުމަށް އިދިކޮޅު ފަރާތްތަކުން ބޭނުންވުމެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެކަހެރިކުރުމަށް އިދިކޮޅު ފަރާތްތަކުންނާއި ޕީޕީއެމްގެ ރައީސް ފައްޓަވާފައިވާ މަސައްކަތްތަކަށް ފުވައްމުލަކު ރައްޔިތުން ނިހާޔަތަށް ދެކޮޅުވެރިވުން ދަނީ ތަފާތު ގޮތްގޮތަށް ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުންވެސް ހިމެނެއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ “މިއީ ފުވައްމުލަކު ރައްޔިތުންނާއި ދެކޮޅަށް ނަގާ ވޯޓެއް ކަމާއި، ފަސޭހަ ކަމާއި އެކު ވޯޓް ނާކާމިޔާބު ކޮށްލާނެ” ކަމަށެވެ. މިހެންކަމުން ޑރ. ޖަމީލް ބޭރުކޮށްލި ގޮތަށް މަސީހް ބޭރު ނުކުރެވޭނެ ކަމަށް ފުވައްމުލަކު ގިނަ ބަޔަކު ދެކެއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !