17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު މަޖިލިސް ޖަލްސާއެއްގައި، ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކޮލަމް ސުމެއް: ޕީޕީއެމްގެ މެމްބަރުން ގެންދިއުން ކޮރަޕްޝަން ޕީޕީއެމަށް މެމްބަރުން ގެންދިއުން އޯކޭ

ލޯކަލް ކައުންސިލްގެ ކެމްޕޭނު އޭގެ އެންމެބާރު މިނުގައި ކުރިއަށްދާއިރު ސިޔާސީ މައިދާނަށް އައިސްފައިވާ ހަލަބޮލިކަން ވަކި ކުޑައެއްނޫނެވެ. މާމިގިލީ ދާއިރާގެ މެމްބަރު މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ކޮރަޕްޝަނުގެ ތުހުމަތުގައި ޖަލަށްލާފައިވާއިރު، ޖޭޕީގެ މެމްބަރު ފައިސަލް ނަސީމް ވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އިއްޔެ ސުވާލުކޮށްފައެވެ. އެސުވާލުތަކާއި ގުޅިގެން ފައިސަލް ވަނީ އިތުރު ސުވާލުތަކެއްވެސް އުފައްދާފައެވެ. ޖުމްހޫރީ ޕާޓީއަށް ވަކި އަދަދަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަމަކުރަން މަސައްކަތް ކުރާ ކަމަށް ތުޙުމަތު ކުރާއިރު، ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކަށް ގެންގޮސްފައިވާ މެންބަރުން އެގޮތަސް އަމަލުކުރެއްވީ ކީއްވެތޯ އާއީ ކޮން ނުފޫޒެއްގެ ދަށުންތޯ އެ މެންބަރުންނާ ސުވާލު ނުކުރަނީ ކީއްވެތޯ ބުނެ ފައިސަލް ވަނީ ސުވާލު އުފައްދާފައެވެ.

ކުރަންޖެހޭ ސުވާލެކެވެ. ޖޭޕީ ތަމްސީލުކުރާ ގިނަ މަޖިލިސް މެމްބަރުންތަކެއް ޕީޕީއެމްއިން ގެންދިއުގައި ނުފޫޒު ބޭނުންކުރުމާއި ކަރަޕްޝަން ހިމެނޭކަމަށް އާންމުރައްޔިތުން ޝައްކުކުރި ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއް ބަލާފައެއްނުވެއެވެ. މީގެ އިތުރުން، ރިޝްވަތުގެ ފައިސާތައް ހިފައިގެން މަޖިލީހުގެ މެމްބަރުންގެ ގާތަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަމިއްލަ ދުލުން، މަޖިލީސް ޖަލްސާއެއްގައްޔާއި ޓީވީ ޕްރޮގްރާތަކުގައި ވިދާޅުވި ނަމަވެސް ހިފާ ހައްޔަރުކޮށް ޖަލަކަށް ނުގެންދެއެވެ. މުހައްމަދު އިސްމާއީލުގެ ވާހަކަތައް ނިސްބަތްވަނީ ރާއްޖޭގައި ހިގި އެންމެ ބޮޑު ކަރަޕްޝަންގެ އަމަލުކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއަށެވެ. އެހެންކަމުން، މިއީ ނުރައްކާތެރިކަމެއް ކަމަށް ދެކޭބަޔަކުވެސް މަދެއްނޫނެވެ. 

މިހާރުނޫހުގެ އަހުމަދު އަބުދުﷲ ސައީދު ލިއުއްވާ ގޮތުގައި މުހައްމަދު އިސްމާއީލްގެ އެ ވާހަކަ އިން ޖިނާއީ ތިން ކުށެއް ސާބިތު ކުރެވޭނެ އެވެ. އެއީ ކޮރަޕްޝަންގެ ފައިސާ ބޭނުންކުރުމާއި، ބަޔަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށެވެ. ނަމަވެސް، އެމައްސަލަވެސް ވަރަށް އާދައިގެ ގޮތަކަށް އެންޓިކަރަޕްޝަނުން ވަނީ ނިންމަވާފައެވެ. އެވާހަކަތައް އާންމުންނަށް އޯކޭ ނުވިނަމަވެސް މާބޮޑުކަމެއް ނުހިމެނޭ ކަމަށް ނިންމަވާ ދައުލަތުގެ މުއައްސަސާތަކުން ކުރިއަކަށް ނުގެންދަވައެވެ.

މީގެ އިތުރުން، އިދިކޮޅު ގިނަ ބަޔަކު ޕީޕީއެމްއަށް ސޮއިކޮށް އެފޯމުތައް މެޑަމްއާއި ހަވާލުކުރަމުން ގެންދާތަން ފެނެއެވެ. އޭގެތެރޭގައި، ކައުންސިލްތަކުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެޖޯރިޓީ ޕީޕީއެމް ކޮޅަށް އަބުރާ ޚަބަރު ޓީވީތަކުން އިވެމުންދެއެވެ. އެކަން އޯކޭއެވެ. އެކަމާއިމެދު ސުވާލު އުފައްދާ މުއައްސަސާއެއް ނުވެއެވެ. 

ފައިސަލް ނަސީމް ސުވާލު އުފެއްދެވި ބީދައިން ޕީޕީއެމް މަޖިލިސް މެމްބަރުން އެހެން ޕާޓީތަކަށް ދިއުމުގައި ކަރަޕްޝަން ހިމެނޭ ކަމަށް ޝައްކުރުމުގެ ފުރުސަތު އޮތްނަމަވެސް އެހެން ޕާޓީތަކުގެ މެމްބަރުން ޕީޕީއެމަށް ބަދަލުވުމުގައި އެފަދަ ފުރުސަތެއް އޮތްކަމާއިމެދު ޝައްކުނުކުރެވިދާނެބާވައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު