17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ސޯޝަލް މީޑީއާ ސްޓޭޓަސްގައިވާ ފުރުޓު މާނަ.

ސޯޝަލް މީޑިއާ ސްޓޭޓަސްގައި ޝެއަރ ކުރާ މޭވާ(ފްރުޓް) އިން ބުނަނީ ކީކޭބާ؟

ސޯޝަލް މީޑިއާ ސްޓޭޓަސްގައި ފުރުޓް ޝެއަރ ކުރަނީ ކޮން ބޭނުމެއްގައި ބާއޭ ބައެއް މީހުންގެ ހިތަށް އަރާފާނެއެވެ. ފަހަކަށް އައިސް އާއްމުވާން ފަށާފައިވާ މިކަމަކީ އޭގައި ފޮރުވިފައިވާ ސިއްރުތަކެއް ހިމެނިގެން ވާކަމެކެވެ. އެގޮތުން މިކަމާއި އެންމެ ގުޅުވާލެވެނީ ކުރީ ޒަމާނުގައި ދިވެހި ދެޖިންސުގެ ޒުވާނުން ބަދަލުކުރި މާ ތަކާއެވެ.

‘ޖެނެރޭޝަން ޒެޑް’ ނުވަތަ ސޯޝަލް މީޑިއާގެ ޒަމާނުގެ ބަދަލާއެކު ފެންނަން ފެށި މިއާދައިން މާނަކޮށް ދެނީ ތިމާގެ ލޯބީގެ ނުވަތަ އިޝްގީ ހަޔާތްކަމަށް ދިރާސާތަކުން އެނގުނެވެ.

ސްޓޭޓަސްގައި ދޮންކެޔޮ ހިމަނާލުމުން ބުނަން އުޅޭނީ ހުސްހަށިބައި ނޫން ކަމެވެ. ނުވަތަ މީހަކާއި އިނދެގެން (މެރިޑް) ކަން ހާމަކޮށްދިނުމެވެ. އާފަލެއް ޝެއަރކޮށްލަނީ ކައިވެނި ހަމަޖެހިފައިވާ (އެންގޭޖްޑް) ކަން އެންގުމަށެވެ. ޗެރީއެއް ޝެއަރކޮށްލަނީ ގުޅުމެއް ފަށައިފިކަން (އިން އަ ރިލޭޝަން ޝިޕް އެއްގައި ކަން) އެންގުމަށެވެ. ބްލޫބެރީ އަކުން އަންގައިދެނީ ހުސްހަށިބައި (ސިންގަލް) ކަމެވެ. އަލަނާސިއަކުން ދިރިއުޅުމުގައި މައްސަލަ ޖެހިފައިވާ ކަން ހާމަކުރެއެވެ.

މިފަދަ ގޮތަކަށް ތަފާތު މޭވާތަކުން ރަމްޒުކޮށްދެނީ ކުރީ ޒަމާނުގައި ދިވެހި ޒުވާން ޖޯޑުތަކުން މާ ބޭނުންކޮށްގެން ހާމަކޮށްދިން “ކޯޑު” މާނަތަކެއްގެ ގޮތުގައި ޝުއޫރު ފާޅުކުރުމުގެ އުސޫލުކަމުގައި ފެނެއެވެ.

މަތީގައި ބަޔާންކުރެވުނު ގޮތަށް ސޯޝަލް މީޑިއާގައި ފުރަތަމަ މިގޮތަށް ފުރުޓުން ‘ކޯޑު މެސެޖު’ ދޭން ފެށީ ފުރާވަރުގެ އަންހެން ގުރޫޕަކުން ޒުވާން ފިރިހެން ގްރޫޕަކަށް އޮޅުވާލައި މުއާސަލާތުކުރުމަށް “ސްނެޕްޗެޓް”ގައި ކަމަށް ހޯދުންތަކުން ހާމަވެއެވެ. މިކަން ޔަގީން ކުރެވުނީ ސޯޝަލް މީޑީއާ “ރެޑިޓް”ގެ ބައިވެރިއަކު ޝެއަރކުރި ސްނެޕްޗެޓްގެ ސްކްރީން ޝޮޓްތަކަކުންނެވެ. ‘ވޮޖީލޯ’ ސޯޝަލް މީޑިއާ އިން ހާމަކުރި ގޮތުގައި މިކަން ފެށިފައި ވަނީ މިދިޔަ އަހަރު (2016)ގެ ކްރިސްމަސް (ޑިސެމްބަރު 25) ދުވަހުގެ ފަހުން ނެވެ.

ފޭސްބުކް އަދި ޓްވިޓަރގައި ވެސް ބައެއް މީހުން ފުރުޓް ޝެއަރ ކުރާއިރު އެބުނަނީ ކީކޭކަން ދެނެގަތުމަކީ ޖެނެރޭޝަން ޒެޑްގެ ގިނަ މީހުން ދެކޭގޮތުގައި މުހިންމު ކަމެކެވެ. ވުމާއެކު މިލިޔުމުގައި ބައެއް ފުރުޓް މާނަ ކުރާގޮތް ހިމަނާލަމެވެ. ނަމަވެސް ބައެއް މީހުން މިކަމާ މަކަބޮޑަށް އަޅައެއް ނުލައެވެ.

ދޮންކެޔޮ – މީހަކާއި އިނދެގެން

އާފަލު – ކާވެނި ހަމަޖެހިފައި (އެންގެޖްޑް)

ޗެރީ – ގުޅުމެއްގައި (އިން އަ ރިލޭޝަންޝިޕް)

ބްލޫބެރީ – ހުސްހަށިބައި

މޭބިސްކަދުރު – ހަޔާތެއް ފަށަން ބައިވެރިއަކު ބޭނުން

ލުނބޯ – ބޭނުންވަނީ ހުސްހަށިބައިކޮށް ހުންނަން

ސްޓްރޯބެރީ – ރަނަގޅު މީހަކު ނުފެނިގެން

އަލަނާސި – ދިރިއުޅުމުގެ ހަޔާތުގައި މައްސަލަ ޖެހިފައި

އެވޮކާޑޯ – އަނބިމީހާ ނުވަތަ ފިރިމީހާ

banner

ކިޔުންތެރިންގެ ޚިޔާލު