20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ރައީސް ޔަމީން ފުވައްމުލަކުގައި ޖަލްސާއެއްގައި ބައިވެރިވަނީ ...

ރައީސް ޔާމީން ވެރިކަން ކުރައްވަނީ 7 ފެބުރުއަރީ އިން ދަރުސް ލިބިގަނެގެން ؟

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރަޓިކް އުސޫލްތަކުގެ މަތީން އިންތިހާބު ވި ރާއީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ވަރަށް ވެސް ހުތުރު ގޮތަކަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މުއައްސަސާތައް ބޮއްސުންލައިގެން، ދާވަރަށް ދޫކޮއްލައިގެން ހުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އޭރުގެ އިދިކޮޅުފަރާތް ތަކުން އެކަމުގެ ފައިދާ ނަގައި ސަލާމަތި ބާރުތަކުގެ އެހީތެރިކަމާއި އެކު 5 އަހަރުގެ ދައުރު ނުނިމެނީސް އެ ވެރިކަން ނިމުމަކަށް ގެނައުމެވެ..

އެދުވަހު ފޯރީގައި ދީނީ ވާޖިބެއް ކަމަށް ބުނެ ގައުމު ހަލަބޮލިކޮއްލައި ވެރިކަން ބަދަލުކުރި ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް އޭރު އަދިކޮޅު ފަރާތްތަކުން ދިޔައީ ގޮވެލިފައްޗެއްހެން ގޮވަމުންނެވެ.

އެހެންނަމަވެސް މިހާރު ކުރާނެ ކަމެއް ހަމަނެތެވެ! ރައީސް ޔަމީނުގެ ވެރިކަމެއް، ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަހާ ފަސޭހައަކުން ކިތަންމެ މަސައްކަތެއް ކުރިޔަސް ނިމިގެންދާނެ ކަމަކަށް ނުބެލެވެއެވެ.

ރައީސް ޔަމީނު ވަނީ 07 ފެބުރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައި ދިމާވި ކަންތަކުން ފިލާވަޅު ލިބިގަނެގެން، ސަލާމަތީ ބަރުތަކާއި މުއްސަސާތަކުގެ ހުރި ބޮއްސުންލާފައި ހުރި ކަންތަށް ރަނގަޅުކޮށް އެ މަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށައް އެތަންތަން ގެނެސްފައެވެ. އަދި ޤާނޫނޫ އަސާސީއިން ރައްޔިތުންނަށް ކަށަވަރުވާ ބައެއް ހައްޤުތަށްވެސް، ވެރިކަން ދެމެހެއްޓުމަށް އޮތް ނުރައްކަލަކަށް ވެދާނެކަމަށް ބެލެވޭތީވެ ވަނީ ހިފަހައްޓާފައިއެވެ. ނުވިތާކަށް މަޖްލީސްވެސް ހިސޯރު ކޮއްގެން، މަޖލީސް ރައީސްގެ ރިޔާސަތު، މެމްބަރުންނަށް އަތު ނުޖެހޭ ވަރުގެ ސްޓޭޖެއްގައި ބަހައްޓަންވެސް އެ އުޅުއްވަނީ މި ދެންނެވި ސަބަބުތަކާއި ހެދިކަމަށް ބެލެވެއެވެ.

21 ވަނަ ޤަރުނުގެ ގަޓު ހުރި ރައީސް އަކީ ޔަމީން އޭ ކިޔަނީ ދެވަނަ 7 ފެބްރުއަރީ އެއް ނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ރައީސް ފަސްނުޖެހޭނެތީވެ އެވެ. ވެރިކަން ބަދަލުކުރަން ބޭނުންނަމަ އިންތިހާބަކުން ބަދަލުކުރުމަކީ އެންމެ ރީތި ގޮތެވެ. ގައުމަށްވެސް އެންމެ ފައިދާ ހުރި ހަމަޖެހުން ބޮޑު ގޮތެވެ.

banner

ކިޔުންތެރިންގެ ޚިޔާލު