A wide advertisement which will be shown on all devices. (700 x 100)

އިންތިގާލީ ކެންޑިޑޭޓު: މޯލްޑީވްސް ޔުނައިޑެޓް އޮޕްޒިޝަން ޗާޓުން ގެއްލިއްޖެ

ރިއާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު އިދިކޮޅު ފަރާތްތަކުން އެއްކެންޑިޑޭޓެއް ނެރުމަށް ދެކެވޭ ވާހަކަތައް މިވަނީ އިތުރުވެފައެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. އިދިކޮޅު ފަރާތްތަކުގެ އިން ލީޑަރުންނަށް މިވަނީ ރިއާސީ އިންތިޚާބުގައި ބައިވެރިނުވެވޭފަދަ ހުކުމްތަކެއް ކޮށްފައެވެ. ނޫނީ ގާނޫނު އަސާސީ ބަދަލުކުރެވިފައެވެ. އެހެންކަމުން އިދިކޮޅު ސިޔާސީ ލީޑަރުން މިގައުމުގެ ރައީސްކަމަށް ވަޑައިގަންނަވަން ބޭނުންފުޅުނަމަ އެންމެ ފުރަތަމަ މިޖެހެނީ އިންތިގާލީ މަރުހަލާއެއް ގެންނާށެވެ. މީގެ ކުރިންވެސް މިފަދަގޮތަކަށް މަސައްކަތް ކުރެވުނެވެ. 2016 ވަނަ އަހަރު ފަހުކޮޅު އިދިކޮޅު އިއްތިހާދެއް މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަންގެ ނަމުގައި އުފެއްދިއެވެ. އަދި ހިޔަނި ކެބިނެޓެއް އެކުލަވާލާ އެކޯލިޝަންގެ މަސައްކަތް ފެށިއެވެ. ނަމަވެސް، އެއްއަހަރު ވެގެން ދިޔަ އިރު މިކޯލިޝަނަށް ވީގޮތްމިވަނީ އާންމު ރައްޔިތުންނަށް ނޭގިފައެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާތަކުގައި އިދިކޮޅު ލީޑަރުން ބައިވެރިވެވަޑައިނުގެންނެވިނަމަވެސް އެފަރާތްތަކާއި މުޚާތަބުކުރައްވާއިރު މިކޯލިޝަންގެ ލީޑަރާއި މިނިސްޓަރުންގެ މަތިން ހަނދާންކުރާ ބަޔަކުނުވެއެވެ. މިކޯލިޝަން ރޫޅުނީ ބާވައެވެ. ނުވަތަ އާކޯލިޝަނެއް އުފެދުނީ ބާވައެވެ.

މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަން ގެ ރައީސް މުހައްމަދު ޖަމީލް އަހުމަދު މަސައްކަތް ކުރައްވާތަން ފެންނަނީ މުޅިންވެސް އަމިއްލައަށެވެ. އަމިއްލަފުޅަށް ސްޓަޓަސް އަޕްޑޭޓް ކުރައްވައިގެން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާއިރު ކޯލިޝަން ޖަލްސާތަކުން އެނަމެއް ނީވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕާޓީތަކުން ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ ސިޔާސީ ކަންކަމުގައި މާ ބޮޑަށް ނޫޅުއްވާ އެކަމަކު ހުރިހާ ޕާޓީތަކަށް ވެސް ގަބޫލު ކުރެވޭ ބޭފުޅަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ. މިއީ މާނަ ފުން ވާހަކަކޮޅެކެވެ. އެއީ މޯލްޑިވްސް އޮޕޮޒިޝަންގެ ރައީސް މުހައްމަދު ޖަމީލަށް އިންތިގާލީ ރައީސަކަށް ޖާގަނެތްކަމަށް ބުނާ ބުނުމެއް ކަމަށްވެދާނެއެވެ. ސަބަބަކީ އެމަނިކުފާނަކީ ސިޔާސީ ގޮތުން ހަރުކަށި ބަސް ބުނުމާއި ވަރަށް ސިޔާސަ ބޭފުޅަކަށްވާތީއެވެ. އެފަދަ ބޭފުޅަކަށް އިންތިގާލީ ހުންގާނު ދިއްކޮށްލައިފިނަމަ، ސިޔާސީ ގޮތުން ކުރިއަރައި އިދިކޮޅު އިސްލީޑަރުންނަށް ލިބިފައިވާ މަގާމު ގެއްލިދާނެތީ ކަމަށް ބެލެވެއެވެ.

ފުވައްމުލަކަށް ނިސްބަތްވާ މުހައްމަދު ޖަމީލު އަހުމަދަށް އެފުރުސަތު ނުލިބޭނެކަމަށް ބެލެވޭ ކަމަށްވަންޏާ ދެން އެފުރުސަތު ލިބިގެންދާނީ ކޮންބޭފުޅަކަށްތޯއެވެ. ސިޔާސީ ގޮތުން އާބޭފުޅަކަށްވެސް ވެދާނެއެވެ. ނުވަތަ ސިޔާސީ މައިދާން ދޫކުރައްވާ ވަޑައިގެންނެވި ބޭފުޅަކަށްވެސް ވެދާނެއެވެ.

(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !