A wide advertisement which will be shown on all devices. (700 x 100)

އިޖްތިމާއީ ވިއުގަ ތަކުގެ ތެރޭގައި ހައްދުން ނެއްޓިފައި

އިޖްތިމާއީ ވިއުގަ ތަކުގެ ތެރޭގައި އަޅުގަނޑުމެން ޒުވާނުން ވަނީ ހައްދުން ނެއްޓިފައި އެވެ.

ރޭގައި ރަޙްމަތްތެރިޔަކާއި އެކު ކޮފީ އަކަށް އެރިޔަސް އަހަރެމެން ޖެހެގެން ހުރި ރަޙްމަތެރިޔާ އާއި މުމާމަލާތު ކުރަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަށް މެދުވެރިކޮށޭ ބުނި ކަމުގައިވިޔަސް ދޮގަކަށް ނުވާނެއެވެ. ރޭގަ ވަރަތް ގާތް ރަޙްމަތެރިޔަކާއި އެކު ކޮފީ އަކަށް ކުޑަކޮށް ވާހަކަ ދައްކާލުމަށް ދިޔައީމެވެ.

މި ދެންނެވި ރަޙްމަތްތެރިޔާ އާއި، އަހަރެން ވާހަކަ ދައްކާ ވަރު ބަލިވީ އިރުވެސް، ދެއްކި ވާހަކައަށް އެއްވެސް ރެސްޕޯންޑެއް ނުލިބުނެވެ. އެނާ ހުރީ ސޯޝަލް މީޑިއާގެ ވަސީލަތެއް ކަމުގައިވާ “ސެނެޕް ޗެޓް” ގެ ތެރެއަށް ވަދެ ތާށި ވެފައެވެ. އަހަރެން ރުޅިގަދަ ވެގެން ފޯނު އަތުލީމައި، ސިފަވެގެން ދިޔައީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުރި މީހަކު، އޭތި ނުލިބުނީމައި ސިކު ވާގޮތަށް، ސިކުވިތަނެވެ. އެވަރަށްވެސް އޭނާ ހުރީ ސޯޝަލް މީޑިއާއަށް ދެވި ހިފާފައެވެ. މި ވަސީލަތްތަށް ބޭނުންކުރުމުގައި ވިޔަސް ހައްދެ ހަމައެއް އޮންނަން ވާނެ، ކަމަކަށް ގޮސް ހުސްވީމައި އޭގެން ކުރާ ފައިދާ އަށް ވުރެ ބޮޑަށް ކުރާނީ ނޭދެވޭ އަސަރެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !