A wide advertisement which will be shown on all devices. (700 x 100)

ދައުވާ ލިބޭ މީހާ ދޫވެ ހަމަލާ ލިބޭ މީހަކަށްވެފައި

އެރ

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ދިވެހި ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައިވަނީ “ބޮޑު މާރާމާރީއެއްގައި” ދައުވާ ލިބޭ ފަރާތްތަކެއް ދޫވެފައިވާ ޚަބަރެވެ. އެ ވަޅި ހެރުމުގެ މާރާމާރީ އާއި ގުޅިގެން ދޫވެފައިވާ ފަރާތްތަކުގެ ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ. އޭގެ ދެހަފްތާ ފަހުން މީގެ ދެތިން ދުވަސް ކުރިން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ ތިން މީހެއްގެ ގަޔަށް ވަޅި ހަރާ އެކަކުގެ ހާލު ސީރިއަށްވެ އައިސީޔޫގައި ވެންޓިލޭޓަރުގައި އޮތްވާހަކައެވެ. ވަޅި ހެރުމުގެ ސަބަބުން އަނިޔާވެފައިވާ ތިން މީހުންނަކީ މީގެ ދެހަފްތާކުރިން ނޫސްތަކުގައި ދައުވާ ލިބޭ ބަޔަކު ދޫވެފައި ތިބި ކަމަށް ބުނެފައިވާ މީހުންނެވެ. މިކަމާއި މެދު ވިސްނާލުމަށް ކިއުންތެރިންނަށް ދޫކޮށްލާފައި ތަފްސީލަށް ޖެހިލާނަމެވެ.

މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ މާފަންނު އެލްސިއޯން ބޭކަރީ ކައިރިން ޒުވާނަކަށް ވަޅިން ހަމަލާދިން މައްސަލަ އާއި ގުޅިގެން ހަތް މީހަކަށް ދައުވާ އުފުލިއެވެ. 

އެ މައްސަލާގައި ދެ ދައުވާއެއް ވަނީ އުފުލާފައެވެ. ޒުވާނެއްގެ ގަޔަށް ވަޅިހެރި ކަމަށް ތުހުމަތު ކުރާ މީހުންގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ. އެދައުވާ އުފުލާފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ 

  • ހަމްދާން ހަސަން، ތ. ތިމަރަފުށި، މާފޮޅޭގެ
  • އަބޫބަކުރު ފާރިއު ނ. މިލަދޫ، ކާނޭޝަންމާގެ
  • މުނާޒް އަހުމަދު، ސ. ހިތަދޫ، ނާސިރައްދޫގެ
  • މޫސާ އިބްރާހިމް، ވ. ބްލޫނިޔާގެ

މީގެ އިތުރުން އިތުރު 3 މީހެއްގެ މައްޗަށް ވަޅިހެރުމުގައި ބައިވެރިވިކަމުގެ ދައުވާވެސް އުފުލިއެވެ. ނަމަވެސް، މިދިޔަ އޮކްޓޫބަރ 29 ވަނަދުވަހު މެންދުރުފަހުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލަން އަމުރުވަނީ ކޮށްފައެވެ. މިއަމުރު ނެރުނީ ގާޒީ އިބްރާހިމް އަލީއެވެ. ގާޒީ އިބްރާހިމް އަލީގެ މިއަމުރާއިއެކު އެމީހުންވަނީ ދޫވެފައެވެ. 

އޭގެ ދެހަފްތާ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 5:50 އެހައިކަންހާއިރު  ތިން މީހަކަށް ވަޅިން ދިން ހަމަލާދީފިއެވެ. މިހަމަލާ އާއި ގުޅިގެން މ.ސިނީއަސުރުމާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

 މިފަހަރު އަނިޔާ ލިބިފައިވަނީ

1- ނ. މިލަދޫ، ކާނޭޝަންމާގޭ، އަބޫބަކުރު ފާރިއު

2- ތ. ތިމަރަފުށި، މާފޮޅޭގޭ، ހަމްދާން ހަސަން 

3- ރަފާއު

މިތިން މީހުންގެ ތެރެއިން ކުރިން ބަޔާންކުރި ދެމީހުންނަކީ މިދިޔަ ޖުލައި މަހު ހިންގި މާރާމާރީއާއި ގުޅިގެން ދައުވާ ލިބޭ ދެމީހުންނެވެ. އެހެންކަމުން، މިފަހަރު ހައްޔަރު ކުރެވުނު ހަތް މީހުން ދޫވެ އެމީހުންނަށް އިތުރު ހަމަލާއެއް ނާރާނެބާވައެވެ. އަދި ނޫސްތަކުގައި މިގޮތަށް ދައުވާ ލިބޭ މީހުން އާންމު ކުރުމުން އެމީހުންނަށް ހަމަލާއެއް އަތުނުވެދާނެ ކަމަކަށް ނުބެލެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !