19 ނޮވެމްބަރ 2018 ( ހޯމަ )

banner

ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް ގޮޑި މިފަހަރު ކާމިޔާބު ކުރާނީ ކޮންބައެއް؟

ފުވައްމުލަކު އުތުރު ދާއިރާއަކީ އަބަދުވެސް ޕީޕީއެމުން މެޖޯރިޓީ ނަގަމުން އަންނަ ދާއިރާއެކެވެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލު ތަކުގެ ތެރެއިން، އެމެޖޯރިޓީ ދުވަހަކަށްވުރެ ދުވަހެއް ހަނިވަމުންގޮސް، އެންމެ ފަހުން ބޭއްވި އިންތިޚާބުން ޕީޕީއެމް އަށް ކުރިލިބިފައިވަނީ 50 ވަރަކަށް ވޯޓުންނެވެ.

ދާއިރާގެ މިހާރުގެ ޙާލަތަކީ ކޮބާ؟

އުތުރު ދާއިރާގެ އެމްޕީ އަލީ ޝާހް ޕީޕީއެމުން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމުން، އެދާއިރާގައި އޮތް ޕީޕީއެމްގެ ހަނި މެޖޯރިޓީއާއި މެދު މިހާރުވަނީ، ގިނަބައެއްގެ ހިތުގައި ސުވާލު އުފެދިފައެވެ. ޝާހު އާއި، އަދި އިދިކޮޅު ފަރާތްތަކުން ވަރަށް ބާރުލާއި ބުނަމުން އަންނަނީ، ޕީޕީއެމްޖެ މެޖޯރިޓީ ދާއިރާއިން މިހާރު މުޅިން ގެއްލިއްޖެ ކަމަށެވެ. އަދި އެމެޖޯރިޓީ ޕީޕީއެމް އަށް ދެން ނެގޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށެވެ.

އެފަރާތްތަކުން މިކަން ޕުރޫފް ކޮށްދިނުމަށް ދައްކާ އެންމެ ބޮޑު ހުއްޖަތަކީ، އަލީ ޝާހް އަކީ، އެދާއިރާގައި ހިމެނޭ ޕީޕީއެމް އަށް އެންމެ ބޮޑު ތާއީދެއް އޮންނަ ދަޑިމަގު އަވަށުގެ ބޭފުޅަކަށް ވެފައި، ޝާހްގެ ޢާއިލާއާއި، އަދި ދަޑިމަގު އަވަށުގައި އޮންނަ ޝާހުއަށް ތައީދު ކުރާ “ޓީމެއް” ގެތެރެއިން ގިނަބަޔަކު ޝާހު ފަހަތުގައި ތިބޭނެތީއެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތަކުން، އެމީހުން ތިބީ ޝާހްގެ ފަހަތުގައި ކަމަށް ފާޅުގައި ބުނަމުންދާތީ، އެކަން އެގޮތަށް ވެގެން ދިއުމަކީ ވަރަށް އެކަޝީގެންވާ ކަމެކެވެ.

ބައި އިލެކްޝަން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ކޮންބަޔަކަށް؟

އިދިކޮޅު ފަރާތްތަކުން ޔަގީންކަމާއި އެކު ބުނަމުން ގެންދަނީ، ފުވައްމުލަކު އުތުރު ދާއިރާގެ ބައި އިލެކްޝަން މިފަހަރު ފަސޭހަ ކަމާއިއެކު އެމީހުން ކާމިޔާބު ކުރާނެކަމަށެވެ. ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓަކީ، އަލީ ޝާހު އެވެ. ޝާހް ފިޔަވައި، އިތުރު އެއްވެސް ނަމެއް މި އިލެކްޝަނުގައި އިދިކޮޅު ފަރާތްތަކުން ކުރިމަތި ލައިފާނެ ކަމަކަށް މިހާތަނަށް އަޑު އިވިފައެއް ނުވެއެވެ. އެހެން ކަމުން އިދިކޮޅޫ ކެންޑިޑޭޓަކީ، ޝާހް ކަމަށްވެފައި، ޕީޕީއެމް އަށް މިދާއިރާގައި މިހާރު އޮތް ހަނި މެޖޯރިޓީގެ ތެރެއިން ވޯޓްތަކަކާއި އެކު ޝާހް އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތި ލައިފިނަމަ، އެވިދާޅުވާ “ފަސޭހަ ކަމާއި” އެކު ގޮޑި ކާމިޔާބު ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އޮވެދާނެއެވެ.

އެއްބަޔަކު ގަބޫލު ކުރާގޮތުގައި، ސަރުކާރަށް ގޮޑި ކާމިޔާބު ކުރުމުގެ ފުރުސަތު އަދި ގެއްލިގެނެއް ނުދެއެވެ. މިކަން ބިނާވެގެން ދާނީ، ސަރުކާރުން ނެރޭ ކެންޑިޑޭޓަކަށާއި، އަދި މިކަމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތެއްގެ މައްޗަށެވެ. އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި، ޝާހް ނިކުމެއްޖެނަމަ، ޕީޕީއެމުން ވޯޓް ތަކެއް ގެއްލިގެންދާނެތީ، އެއީ ސަރުކާރުގެ ކެންޑިޑޭޓަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް ގަބޫލުކުރެއެވެ. އެހެންކަމުން، މިސަބަބަށްޓަކައި، ސަރުކަރުން ނެރޭ ކެންޑިޑޭޓަކީ، އެދާއިރާގައި ހިމެނޭ 3 އަވަށަށްވެސް “ވިއްކަން” ފަސޭހަ، އަދި އިދިކޮޅުންވެސް ވޯޓް ތަކެއް ނެގިދާނެ ކެންޑިޑޭޓަކަށް ވުން ކޮންމެހެން ވާންޖެހޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަރުކާރަށް މިގޮޑި ކާމިޔާބު ވުމާއި، ނުވުން ބިނާވެފައި އޮތީ، ސަރުކަރުން ނެރޭ ކެންޑިޑޭޓެއްގެ “ކޮލިޓީ” ގެ މައްޗަށް ކަމަށް ގިނަބަޔަކު ގަބޫލުކުރާ ސަބަބަކީ، މިއީކަމަށް ވެދާނެއެވެ. މީގެ އިތުރުން މިދާއިރާގައި ތިއްބެވި ސަރުކާރަށާއި، ޕީޕީއެމް އަށް ތާއީދު ކުރައްވާ ބޭފުޅުން މިއިންތިޚާބު ސަރުކާރަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރައްވާ މަސައްކަތްތަކެއްގެ އިޚުލާސްތެރިކަމުގެ މައްޗަށްކަމަށްވެސް ވަރަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ޕީޕީއެމް އިން އަދި އަދި ކެންޑިޑޓެއް އެންޑޯޒް ނުކުރިނަމަވެސް، މިކަމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން ދާކަން ނުވަތަ ޕީޕީއެމް ގެ ބައެެއްސަޕޯޓަރުން މިއިންތިޚާބަށް ނެރެން ބެއިނުންވާ ބައެއް ފަރާތްތަކުގެ ނަންތައް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދެއެވެ. ޕީޕީއެމްއާއި، ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން މިހާރު ތިއްބެވީ، ޕީޕީއެމް އިން އެންޑޯޒް ކުރާ ކެންޑިޑޭޓެއްގެ އިންތިޒާރުގައެވެ.   

banner

ކިޔުންތެރިންގެ ޚިޔާލު