18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ކުރިން ކަރަޕްޝަނާއި ފަސާދައިގައި އެވަރެއް ނެތް މިހާރު ނާއިބު ރައީސް ކަމަށް އެވަރެއް ނެތް

ގޯޅިގޯޅި ކަންމަތިންނާއި ސައިހޮޓާތަކުން މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކަ އަކީ އާ ނާއިބު ރައީސް ގެ ވާހަކައެވެ. އެއްބަޔަކު އެވަރެއް ނެތް ކަމަށް ބުނެ ކެމްޕެއިން ކުރަންމުންދާ އިރު އަނެއް ބަޔަކު ވަނީ ގައުމުގެ ހާލަތާއި މެދު މާޔޫސްވެފައެވެ. ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުންނެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން އަޑަށް އެންމެ ބާރުލާފައި ދައްކަމުން ދިޔައީ މިސަރުކާރާއި ގޭންގްތަކާއި ގުޅުން އޮންނަ ވާހަކައެވެ. ކަރަޕްޝަން އިތުރުވަމުންދާ ވާހަކައެވެ. މަސްތުވާތަކެތީގެ އެންމެ ބޮޑެތި ޑީލް ތަކުގެ އަޑީގައި މަސައްކަތް ކުރާ ވާހަކައެވެ. މިހެންގޮސް ކޮޅުން ނުލާހާ ގިނަ ތުހުމަތުތައް ކުރަމުން ދިޔައެވެ. މިހުރިހާ ތުހުމަތެއް ރައްދުވަނީ އޭރުގެ ޓުވަރިޒަމް މިނިސްޓަރ، މިހާރުގެ ނާއިބު ރައީސަށެވެ. އާންމުނަށް ގަބޫލުކޮށްދިނުމަށް ހެކިތައްވެސް ދައްކަމުން ދިޔައެވެ. ނަމަވެސް، ކުއްލިއަކަށް ދެން ފެނިގެން މިދިޔައީ އޭރު ކަރަޕްޝަނާއި ފަސާދައިގެ ދެވަނައެއްނެތް ކަމަށް އާންމުންނަށް ވިސްނާއިދިނުމަށް ފަހު ނާއިބު ރައީސަކަށް ފެންނަކަމަށް ވޯޓުދިނުމަށްފަހު ގައުމު ރަގަޅު މިސްރާބަށް ދާނެކަމަށް އުއްމީދު ކުރާ ކަންހާމަ ކުރިތަނެވެ.

ކަރަޕްޝަނާއި ފަސާދައިގެ އަމަލުތައް ކަމަށް ބުނެވުނު ބައެއް ކަންތައްތައް

ކަރަޕްޝަނާއި މަސްތުވާތަކެތީގެ ބޮޑެތި ޖަރީމާތައް ހިންގާ ކަމަށް މަޝްހޫރު އަރުމޭނިއަށް ނިސްބަތްވާ އަރުތޫރު ބްރަދާސްގެ ދެބެންނާއި ޚާއްސަ ގުޅުމެއް މިހާރުގެ ނާއިބު ރައީސް އޮންނަކަމަށް މީގެ ދެއަހަރެއްހާ ދުވަސް ކުރިން ވަނީ ވާހަކަ ދެކެވި ގިނަ ބައެއް ފާޑުކިޔާފައެވެ. އެގޮތުން، އެދެބެން ރާއްޖޭގައި އިންވެސްޓްކުރަން ތިބުމުގެ ވިސާ ދޫކޮށްފައިވަނީ އޭރުގެ ޓްއަރިޒަމް މިނިސްޓަރ މިހާރުގެ ނާއިބު ރައީސްގެ އިމިގްރޭޝަނަށް ފޮނުވި ސިޓީއަކާއި ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯރޓް ކުރިއެވެ. އަދި މިސިޓީވެސް ވަނީ މީޑިއާއަށް ތިލަވެފައެވެ. މީގެ އިތުރުން، 2013 ވަނަ އަހަރު ޖެނުއަރީ މަހު ހުޅުމާލޭގައި ބޭއްވި މޮޓޯ ރޭސިން ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އޭރުގެ ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމާ އެކު އަރުތޫރު ބްރަދާސްގެ ދެބެން ބައިވެފައިވެއެވެ. އެފަހަރުވެސް އެދެމީހުންނާއި އަދީބާއި ނާޒިމާއި އެކު ނަގާފައިވާ ފޮޓޯތައްވެސް ވަނީ އާންމުވެފައެވެ. ނަމަވެސް، މިމައްސަލަ މީޑިއާއަށް ތިލަވެ ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވާން ފެށުމުން އަރުތޫރު ބްރަދާސް އަށް ދީފައިވާ ހުއްދަ ބާތިލް ކުރަން ސަރުކާރުން ނިންމިއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު މާޗް މަހުތެރޭ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 24 ކިލޯގެ މަސްތުވާތަކެއްޗާއި އަދީބާއި ގުޅުން ހުރި ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ދިޔައީ ފާޑު ކިޔަމުންނެވެ. އެމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު ދިވެހިންވެސް މިހާރުވަނީ ދޫކުރެވިފައިކަމަށް މީޑިއާތަކުން އާންމުކޮށްފައިވެއެވެ.

(ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު