A wide advertisement which will be shown on all devices. (700 x 100)

ވޯޓް ވިއްކާލާފައި، ގައުމު ވިއްކާލައިފި ކަމަށް ބުނުމުގެ އެއްވެސް ހުއްޖަތެއްނެތް !!

މިއަދު ރާއްޖޭގެ ރައްޔިތުން އެންމެ ގަދަޔަ ދައްކަމުން އަންނަ އެއްވާހަކަ އަކީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން، ޤާނޫނޫއަސާސީ މޮޑޭ ފުއްގަނޑަކަށް ހެދުމަށްފަހު ޤައުމު ވިއްކާލިވަހަކައެވެ.

ނަމަވެސް މަޖްލީހުގެ އިއްޒަތެރި މެމެބްރުނާއި ދިމާލަށް، މިކަމާއި ގުޅުވައިގެން އެއްވެސް އެއްޗެއް ކިޔުމުގެ އެއްވެސް ހުއްޖަތެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިކަމުގައި ގޯސްވަނީ މަޖްލީސް މެމްބަރުނެއް ނޫނެވެ، އެ މެމްބަރުން އިންތިހާބު ކުރި ރައްޔިތުންނެވެ.

މިއީ، ވަގުތީ އުފަލައްޓަކައި 500 ރުފިޔާގެ ދަހިވެތި ކަމުގައި ލިބިގެންވާ ވޯޓު ދިނުމުގެ ހައްޤު ވިޔަފާރީގެ އުސޫލުން، ވިއްކާލުމުގެ ހިތި ނަތީޖާއެވެ. އެހެންކަމުން މިއަދު ވޯޓް ދިނުމަށްފަހު މެމްބަރުންނާއި ތިބޭފުޅުންނާއި އެއްވެސް ގުޅުމެއް ނޯނާނެއެވެ.އަދި އޮންނާކަށް ނުވެސް ޖެހެއެވެ! އެއީ ތިބޭފުޅުންނާއި އެ މެމްބަރުންނާއި މެދު ކުރެވުނު ވިޔަފާރީގެ މުއާމަލާތު މިހާރު ނިމިފައިވާތީއެވެ. އެހެންކަމުން އިންތިހާބު ވުމަށް ފަހު އެ މެމްބަރުންނާއި ދިމާލަށް ޑީލްހެދިޔޭ، ގައުމު ވިއްކާލީއޭ! ކޮބާހޭ މޮޑަރން ސިޓީ ؟، އޭ ކިޔާފައި ގޮވެލިފައްޗެއް ގޮވުމުގެ އެއްވެސް ހައްގެ ވޯޓް ވިއްކި އެއްވެސް ރައްޔިތަކަށް ނޯނާނެއެވެ.

ނިސްބަތްވާ ދައިރާގެ މެމްބަރު ކައިރިއަށް އެހީއަކަށް ދިޔުމުން ، ތިމަންނަ ކޮންމެހެން ނުޖެހެޔޭ ކަލޭމެންނަށް އެހީވާކަށް، ކަލޭމެން އަތުން ތިމަންނަމެން ވޯޓް ގަތީއޭ ؟ ބުނާ މެމްބަރުންވެސް އިއްޒަތެރި މެމްބަރުންގެ ތެރޭގައި މަދުން ނަމަވެސް އެބަ ތިއްބެވެ. އެއީވެސް ދޮގު ވާހަކައެއް ނޫނެވެ! ވޯޓް ވިއްކާފައި، އިތުރަށް އެ މެމްބަރުން ކައިރިއަށް ދާކަށް ނުޖެހޭނެއެވެ. އެއީ ނިމިފައިވާ މުއާމަލާތެކެވެ. ވާންޖެހޭ އެހީއެއް ވިއްކާލި ވޯޓާއި އެކު ވަނީ ވެދެއްވާފައެވެ.

ދިވެރާއްޖޭގައި ކަރަޕްޝަން ކަންބޮޑުވާ ދަރަޖައަށް އާންމު ވަމުންދާއިރު އެކަމުގެ އަސަރު އެންމެ ގަދަޔަށް ކޮއްފައިވާ ތަނަކީ، ރައްޔިތުންގެ ހައްޤުގައި ބަސް ބުނުމަށް އެކުލަވާލައިފައިވާ، ރައްޔިތުންގެ މަޖްލީސްކަމާއި މެދު، ދެބަސްވާނެ މީހަކު ހުންނާނެހެނެއް ހިޔެއްނުވެއެވެ. ރައްޔުންތުންގެ އަތުން 500 ރުފިޔާއަށް މެމްބަރުން ވޯޓް ގަތުމަށް ފަހު، އެ މެމްބަރުން ހޮވުނީމަ، އެ މެމްބަރުން މަޖްލީހުގައި ނަގާ ވޯޓްތަށް، ވިއްކަނީ 500 ރުފިޔާއަކަށް ނޫނެވެ، 5 މިލިއަނަށް ނުވަތަށް، އެޔަށްވުރެވެސް ބޮޑުއަގަކަށެވެ. މީ ފެންނަން ހުރި ކަރަޕްޝަން ގެ ބޮޑެތި އަމަލުތަކެވެ.

ދެންވެސް ގައުމަށް ހެޔޮއެދި، ގައުމު ވިއްކާލަން ބޭނުން ނުވާނަމަ، މަޖްލީހުން ކަރަޕްޝަން ނައްތާލަން އެބަޖެހެއެވެ . މިކަމުގެ ފުރިހަމަ ބާރާއި އޙްތިޔާރު އޮތީ ޑިމޮކްރަސީއެއްގެ އެންމެ ބާރުގަދަ ފަރާތް ކަމުގައިވާ އަޅުގަނޑުމެން ރައްޔިތުންގެ އަތްމަތީގައި އެވެ . ވަގުތީ ފައިދާއަކަށް، މަދު ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައި ޖެހި، ވޯޓް ވިއްކާނުލައި، ދެންވެސް ޤައުމީ މަސްލަހަތު އިސްކޮއް ކުރިޔަށް ހުރި އިންތިހާބު ތަކުގައި ވޯޓް ދިނުން މުހިންމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !