22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

މިދިޔަ ފިތުރު އީދު ބަންދުގައި އައްޑޫ ސީޓީ އިން ފުވައްމުލަކަށް ދާން، ގިނަ އަދަދެއްގެ ބަޔަކު، ފޭދޫ ބަނދަރުގައި- ފޮޓޯ އިބްރާހިމް އަބްދުﷲ (ލޯންގޭ)

ރޯދަމަހުގެ ކުރިން ފަށަން ބުނި ދެކުނު ޕްރޮވިންސްގެ ދަތަރުފަތުރުގެ ނިޒާމް ކޮބާ؟

ފުވައްމުލަކާއި އައްޑޫ ސިޓީގެ ރައްޔިތުންގެ މިއަދުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، މެދުކެނޑިފައިވާ ފުވައްމުލަކާއި އައްޑޫސިޓީގެ ދަތުރުފަތުރުގެ ނިޒާމްގެ ނުފެށި ދިގުލައިގެން ދިޔުމުގެ ޝަކުވާއެވެ.

މިއަހަރު ޖޫންމަހުގެ ތެރޭގައި ސަރުކާރުން ވަނީ ފުވައްމުލަކާއި އައްޑޫ ސިޓީގެ، ދަތުރުފަތުރުގެ ހިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފައެވެ. އަދި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޖުނައިދު ވިދާޅުވީ މިދިޔަ ރޯދަ މަހުގެ ކުރިން ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް ފުވައްމުލަކާއި އައްޑޫ ސީޓީގައި ފަށާނެކަމަށެވެ.

މި ހަބަރު ވެގެންދިޔައީ ފުވައްމުލަކާއި އައްޑޫސިޓީގެ ރައްޔިތުންނަށް އުފާވެރިކަން ގެނިސްދިން ހަބަރަކަށް ނަމަވެސް ހިތާމަ އަކީ ރޯދަމަސް ނިމި، މިއަދާއި ހަމަޔަށްވެސް ފުވައްމުލަކާއި އައްޑޫ ސިޓީގެ ދަތުރު ފަތުރުގެ ނިޒާމް ފެށިފައިނުވުމެވެ. ސުވާލަކީ ކީއްވެގެން ތޯއެވެ؟. އެމްޕީއެލް ގެ ޗެއާރމަން ވިދާޅުވަނީ ފުވައްމުލަކާއި އައްޑޫ ސިޓީގައި، މިކަމަކީ އާ ކަމެއް ނޫން ކަމަށާއި، މިކަމަކީ ކުރިން ވެސް ކޮށްފައި އޮތް ކަމަކަށްވާތީވެ، މިކަމަކީ އެމްޕީއެލްއަށް އުނދަގޫ ކަމަކަށް ވެގެން ނުދާނެކަމަށެވެ. ވީއިރު ދަތުރުފަތުރުގެ ހިދުމަތް މިއަދާއި ހަމަޔަށް ނުފެށިވާ، އެއްވެސް ސަބަބެއް އޮތްކަމަކަށް ގަބޫލްކުރަން ދަތިއެވެ.

ދެކުނު ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމް ހުއްޓިފައިވުމުގެ ސަބަބުން ފުވައްމުލަކާއި އައްޑޫގެ އެތަބަޔަކަށް ވަނީ އުދަގޫތަކާއި ކުރިމަތިލާންޖެހިފައިއެވެ .

މިގޮތުން އައްޑު ސިޓީގައި ވަޒީފާ އަދާކުރަމުންދާ ފުވައްމުލަކު ޒުވާނަކު މިކަލް ނޫހާއި ވާހަކަ ދައްކަމުން ބުނިގޮތުގައި، ޗުއްޓީއަށް އަށް ރަށަށް އައުމަށްފަހު އެބުރި އައްޑޫސީޓީއައް ދެވޭނެ ގޮތެއް ނެތްކަމަށެވެ. “މިހުރީ ޗުއްޓީ ނިންމާލާފައި އެބުރި ވަޒިފާއަށް، އައްޑޫ ސީޓީއަށް ދާނެ ގޮތެއް ނެތިފައި، މިދެން ކިހާބޮޑު އުދަގުލެއް” އެނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސީޓީގައި އެތަކެއް ފުވައްމުލަކު ރައްޔިތުން، ޗުއްޓީއަށް ދާން ބޭނުންވެ، ދެވޭނެ، ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ސަބަބުން ނުދެވި އެބަތިއްބެވެ. ފްލައިމީގެ ދަތުރުތަށް ހުއްޓާލުމާއި އެކުއެކީހެން، އައްޑޫސީޓީއައި ފުވައްމުލަކާއި ދެމެދު ދަތުރުފަތުރު ކުރުން ގާތްގަނޑަކަށް ވަނީ ހުއްޓިފައެވެ.

ފުވައްމުލަކު ޒުވާނަކު ބުނިގޮތުއި، ފުވައްމުލަކާއި އައްޑޫސިޓީއައި ދެމެދު، މިހާރު ދަތުރުފަތުރު ކުރެވެނީ ޕޮލިސް ލޯންޗުގެ، ދަތުރެއް އޮންނަށް ދުވަހެއްގައި އެކަނި ކަމަށެވެ. އަދި އެލޯންޗުންވެސް ޖާގައެއް ލިބެނީ ވަރަށް ހާލުންކަމަށެވެ. މީގެ އިތުރުން އެނާ ބުނިގޮތުގައި މިއަދުވެސް އައްޑޫއިން ރަށަށް ބަޔަކު އައީ، މަސްވެރިކަމަށް ބޭނުންކުރާ ކުޑަ ޑިންގީއެއްގައި ކަމަށެވެ. އަދި އެއީ ސަލާމަތީގޮތުން ރަތްކާތެރިގޮތެއް ނޫންކަަމަށެވެ.

އެހެންކަމުން މިކަމާއި މެދު އެމްޕީއެލް އާއި ސަރުކާރުންވެސް ފުންކޮށް ވިސްނާލަން އެބަޖެހެއެވެ! ދުވާލެއްގެ މައްޗަށް އެތަށް ރުފިޔާ އެއްގެ އަމްދަނީ އެއް ލިބެމުންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ފުވައްމުލަކާއި އައްޑު އައީ ދެމެދު ދަތުރުފަތުރުގެ ނިޒާމްގެ ހިދުމަތް ފެށުމަށްޓަކައި ސްޕީޑް ލޯންޗެއް ހޯދުމަކީ މާކަ ބޮޑުކަމެކޭ ނުދެއްނެވޭނެއެވެ.

ސަރުކާރުން ކުޅިވަރުގެ އެކި ހަރަކާތްތަކަށް ރައްޔިތުންގެ ފައިސާއިން މިލިއަނުން ހަރަދުކޮއް ހަވާއަރުވާއިރު ހަވާ ފަޓާސް ބަރިހެން، ދަތުރުފަތުރުގެ ނިޒާމް ގާއިމްކޮށް، ރަށު ބަންދުން ފުވައްމުލަކާއި އައްޑޫ ސިޓީގެ ރައްޔިތުން ސަލަމާތް ކޮއްދިނުމަކީ މިއަދު އެ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު