14 ނޮވެމްބަރ 2018 ( ބުދަ )

banner

ދޮންސިއްތީބުގެ ވާހަކަ 1

ފާރޫޤު އަޙުމަދު – ސަމާ

ދޮންސިއްތީބުއަކީ އިހުޒަމާނުގައި ފުވައްމުލަކުގައި އުޅުނު އަންހެނެކެވެ. އެއްދުވަސްވަރު ރަށުގައި ހުރި އެންމެ ރީތި އަންހެނާއެވެ. އަދި އޭނާއަކީ އެދުވަސްވަރު އަންހެނުން ކުރާ ހުރިހާ މަސައްކަތެއް ކުރަން އެނގޭ އަންހެނެކެވެ. އަތްތެރި މަސައްކަތް ކުރާ އަންހެނެކެވެ. އަމިއްލަ މަސައްކަތް ކޮށްގެން ކޮންމެވެސް ވަރަކަށް ފައިސާކޮޅެއް ހޯދައިގެން ދޮންސިއްތީބު ވިޔަފާރި ކުރަން ފެށިއެވެ. ގޯތިތެރޭ ދަނޑިފަނުން ކުޑަ ފިހާރައެއ ްވެސް އަޅައިގެންނެވެ. މިފިހާރައިން ގަންނަން ލިބެނީ، ކާޑުގެ ބާވަތްތަކާއި، ދުފާ ސާމާނާއި، ބިޑި ސުއްޓާ، ސިނގިރެޓެވެ.

ދުވަސްކޮޅަކުން ދޮންސިއްތީބ ުއަކީ ރަށުގައި ހުރި އެންމެ މުއްސަނދި މީހާއަށް ވެއްޖެއެވެ. އާދެ! ރަށުގައި ހުރި އެންމެ ރީތި މުއްސަނދި މީހާއެވެ. އެހެން ކަމުން ދޮންސިއްތީބު މީހަކާ އިންނަން ވުމުން ވެސް އޭނާ މުޅި ރަށުގެ ހުރިހާ ހިސާބެއް ބަލާފައި އޭނާއަށް އެންމެ ރީތި މީހަކާއި އިނދެފިއެވެ. އޭރު މުޅި ރަށުގެ ހުރިހާ ފިރިހެނުން ވެސް ތިބީ ދޮންސިއްތީބުއާއި އިންނަ ހިތުން އެކަމަށް އެދިއެދި އެވެ.

ކޮންމެއަކަސް ދޮންސިއްތީބު މީހަކާއިނދެ ދެމަފިރިން އުފާވެރި، ބާއްޖަވެރި ހަޔާތެއް ވޭތުކުރަން ފަށައިފިއެވެ. ދުވަސްކޮޅަކުން އެގެއަށް ފުރާދުއްވާ ތަކެތި ވެސް (ވަޑިން ގެނެސް) ތައްޔާރުކުރަން ފަށައިފިއެވެ. މިގޮތުން މާގިނަ ދުވަހެއްނުވެ މަހަށް ފުރާ 10 ވަރަކަށް ދޯންޏާއި، މާލެ ދަތުރުކުރާ އޮޑިއެއް އެގޭގައި އޮތެވެ. ރަށުގެ އެންމެން ވެސް ތިބީ ދޮންސިއްތީބު ގެއިން މަސައްކަތެއް ލިބުމަށް އެދިއެދި އެވެ. އަދި އެގޭގެ މަސައްކަތް ކުރާ މީހުން ދިޔައީ ދުވަހެއް ދުވަހަށް ގިނަވަމުންނެވެ. އެދުވަސްވަރު ރަށުގައި ދިރިއުޅުނީ ވަރަށް މަދު މީސްކޮޅެކެވެ.

ދޮންސިއްތީބުގެ ދެމަފިރިން ދިރިއުޅެމުން ދަނިކޮށް، މާގިނަ ދުވަހެއް ނުވެ އެއްދުވަހަކު ދެމަފިރިން ދެއްކި ވަހަކައެއްގެ ތެރޭ، ދެމީހުން ދެބަސްވެ ފިރިމީހާ ބުނި ބަހަކަށް ރުޅިއައިސްގެން ދޮންސިއްތީބު ފިރިމީހާ މަރާލައިފިއެވެ. އަދި ގޭގެ ބިއްދޮށުގައި ހުރި ބަނބުކެޔޮ ގަސްތަކެއްގެ ތެރެއަށް އެއްލާލައިފިއެވެ. ދެން އެފަހުން 10 ވަރަކަށް ދުވަސް ވީއިރުވެސް ކައިރީގައި އުޅޭ ގޭގެ މީހުން ދޮންސިއްތީބުގެ ފިރިމީހަ ނުފެންނާތީ، ބަލިވެ އުޅޭ ކަމަށް ހީކޮށް، މީހުން ޚަބަރު އެހީމާ… (ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު