20 އޯގަސްޓް 2019 ( އަންގާރަ )

ޑިއަރ އެމްޕީއެވެ.

ޑިއަރ އެމްޕީއެވެ.

އަހަރެމެން ތިބާ އިމްތިޙާން ކުރީމެވެ.

އެއް ފަހަރު ތިޔަ ގޮނޑީގައި ތިބާ އިށީނުމުގެ ފުރުޞަތު ދެވިއްޖެއެވެ.

އޭރު ނުދެއްކުނު އެއްޗެއް ދެނެއް ނުދެއްކޭނެއެވެ.

ޑިއަރ އެމްޕީއެވެ. ފުރުޞަތު ދިނުމުން ދެއްކުނު ގާބިލުކަމެެއް ތިބާގެ ނެތެވެ.

ފޭލް ވީއެވެ.

…………………….

ޑިއަރ އެމްޕީއެވެ.

އަހަރެމެން ތިބާ އިމްތިޙާން ކުރީމެވެ.

ތިބާ ހޮވީ ތިން އަވަށުން ވޯޓު ދީގެންނެވެ.

އެހެން ނަމަވެސް ދައުރުގައި ތިބާގެ ލޮލުން ބެލީމާ ފެންނަނީ އެންމެ އަވަށެކެވެ.

ޑިއަރ އެމްޕީއެވެ. ހަމަހަމަ ކަމެއް ތިބާގެ ނެތެވެ.

ފޭލް ވީއެވެ.

…………………….

ޑިއަރ އެމްޕީއެވެ.

އޭރުވެސް ބަހުސުގައި ވިދާޅުވީމުއެވެ.

ރައްޔިތުންގެ މަޝްވަރާ ހޯއްދަވާނެ ކަމުގައި އަޑަށް ބާރު ލައްވައި ވިދާޅުވީމުއެވެ.

އެމްއެމްޕީއާރުސީ މައްސަލަ ބެލިޔަ ނުދީ މަޖިލީހުން ބޭރު ކުރެއްވީމު ނޫންހެއްޔެވެ!

ރަށްތައް ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތަށް ވޯޓު ދެއްވީމު ނޫންހެއްޔެވެ!

ޑިއަރ އެމްޕީއެވެ. މަޝްވަރާ ހޯއްދެވިންތޯއެވެ!

ފޭލް ވީއެވެ.

…………………….

ޑިއަރ އެމްޕީއެވެ.

މި ދިޔަ ފަސް އަހަރުގައިވެސް ރަށް ވަށައިގެން އައީ ގިރަމުންނެވެ.

މަގުތަކުން ދިޔައީ މައިބަދަތައް ލުއްސަމުންނެވެ.

ރައްޔިތުންގެ ޙާލެއް ރަށުގެ ޙާލަތެއް ބެއްލެވުމެއް ތިބާގެ ނެތެވެ.

ފޭލް ވީއެވެ.

ޑިއަރ އެމްޕީއެވެ.

މަނިކުފާނު ފޭލް ވީއެވެ. ހަމަ ފޭލްވީއެވެ.


ކިޔުންތެރިންގެ ޚިޔާލު