28 މެއި 2020 ( ބުރާސްފަތި )

banner

ލާދީނީ ވުމަކީ މިއީތޯއެވެ؟

2002 ވަނަ އަހަރުގެ ކުރީކޮޅެވެ. ޙަޔާތުގެ އަނދިރި އަޅުގަނޑުގެ މައްޗަށް ވެރިވެ ދެވުނު މިސްރާބަކުން އަޅުގަނޑު ގެންގޮސްލީ ކަނު އަނދިރި ގޮޅިއަކަށެވެ. ރޭދުވާ ވަކިނުވާ ތަނެއްގައިހަދާފައި ހުންނަ ގޮޅިބަރީން ގޮޅިއަކަށެވެ. އެ ތަނުން އަޅުގަނޑާ ބައްދަލުވި މީހެއްގެ ވާހަކަ ކިޔައިދޭން އެންމެ މުނާސަބު ޙާލަތެއް ކަމުގައި ދެކޭތީ ދަންނަވަމެވެ.

އޭރު އެ ބޭފުޅަކީ ވަގެއްގެ ގޮތުގައި ސިފަކުރެވިގެން ބަންދުކުރެވިފައި ހުރި ބޭފުޅެކެވެ. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅަކު ވީރާނާވެފައިވާ ކޮންމެވެސް ތަނަކުން ތާރީޚީ ކަރުދާސްކޮޅެއް ނެންގެވި މައްސަލައިގައި ފްރޭމް ކުރެވި ބަންދުވީއެވެ. ހަގީގީ މައްސަލަޔަކީ ސަރުކާރުގެ ވިޔާނުދާ ކަންކަމުގެ ވާހަކަ ލިޔެ ހެދުމެވެ.

އޭރު އަޅުގަނޑަށް އެއީ ކޮން ބޭފުޅެއް ކަމެއް ނޭނގެއެވެ. މުންޑެއް ތުރު ކުރައްވައިގެން ދެއަތް ފުރަަގަަހަށް ލަައްވަައިގެން ގޮޅި ކުރިމަތި މަޑު ފިޔަވަޅެއްގައި ހިންގަވާތީ ފެނުމުން ފުރަތަމަ އަޅުގަނޑު ހީކުރީ ކުޑަ ކުއްޖަކާ ބެހިގެން ގޮޅިއަށް ގެނެސްފައިވާ މީހެއް ކަމަށެވެ. އެއީ އޭރު ސިކުނޑިއަށް ނެގިފައިވާ ގޮތެވެ.

އިސްކޫލް ނިންމާފައި އަޅުގަނޑު ސަރުކާރުގެ ވަޒީފާ އަދާކުރީ ގިނަ ކުށްވެރިން ގޮވައިގެން އުޅެންޖެހޭ މާޙައުލެއްގައެވެ. ފެނިފައިވާ ކަންކަމަށް ބުރަވެ އަޅުގަނޑުގެ ސިކުނޑިއަށް އެ ކަން ނެގުނީ އެހެންނެވެ.

ގެންގޮސްފަައިވާ މައްސަލައިގެ ބާވަތުން އަޅުގަނޑަށް އެއްތަަނެއްގައި އިށީނދެ އިނުނަކީ އުނދަގޫ ކަމެކެވެ. ގައިގަައި އަޅާ ވޭނުން ގޮޅިން ނެރެދެއްވުމަށް އެދި ރުއީމެވެ.

ގޮޅީގައި އޮންނަތާ ދެވަނަޔަށް ވީ ދުވަހު ނޭވާ ލާން ދަތިވެގެން ކިޔަންފެށީމާ 20 މިނިޓަށް ގޮޅިންނެރެ ހުދު ކުލައިގެ ޕްލާސްޓިކް ގޮނޑިއެއް ދައްކާފައި ބޭންދިއެވެ.

ކުރިން ދިމާވި ބޭފުޅާ އަޅުގަނޑުގެ ގާތަށް ވަޑައިގަތީ އެ ހިނދުއެވެ. ވަޑައިގެން ތަފާތު ސުވާލުތައް ކުރައްވަން ފެއްޓެވިއެވެ. ކޮއްކޮ ގެނެސް ތިހިރީ ކޮންކަމަކާތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ފެންކަޅިވެފައި ހުރެ އެބޭފުޅާއަށް ބަލާލީމެވެ. އަނގައިން ބުނާން ދަތިވިއެވެ. 05 އަހަރުގެ ދަރިފުޅު މަތިން ހަދާންވިއެވެ.

އެތަނުން ޔުނިފޯމް އެޅި މީހަކު އަޅުގަނޑު އެތަނަށް ވެއްދި ސަބަބު އެ ބޭފުޅާޔަށް ސާފުކޮށްދިނެވެ. އެ ވަގުތު މިހާރުވެސް އެބޭފުޅާ އާދަވެކުރައްވާ ކަމެއް ކުރެއްވިއެވެ. ޝަހާދަތް އިނގި ތުންފަތްމަތީ ހުރަސްކުރައްވައި ވިދާޅުވި ވާހަކަފުޅުތައް މިހާރުވެސް އަޅުގަނޑު ކަންފަތުގައި ގުގުމަމުންދާ ކަހަލައެވެ. ކީކޭ ކަމަށްތޯއެވެ! ”ސުބުޙާނަﷲ އެވެ! ކޮއްކޮ ތިޔަހައިރީތި ކުއްޖަކު ދިރިއުޅުން އެކަމުގައި ދުއްވާލީހެއްޔެވެ؟ އެހެން ނަަހަދާށެވެ. ބާރުގަދަ އެއްޗެހި ބޭނުންކޮށްގެން ސިކުޑި ހަލާކުކޮށް ދިރިއުޅުން ނަގައިނުލާށެވެ. އެއީ އެއްގޮތަކަށްވެސް ކުރާންވާ ވަރުގެ ކަމެއްނޫނެވެ. މި ތަނުން ނިކުމެ ތިކަމާ ދުރުވާށެވެ.“

ވަނަވަަރު އަހައި އޮޅުން ފިލުއްވުމަށްފަހު އެންމެ ފަހަށް ވިދާޅުވީ ކީކޭ ކަމަށްތޯއެވެ؟ ކޮންމެ މީހަކަށްވެސް ޙަޔާތުގައި ކުށެއް ކުރެވިދާނޭ ކަމަށެވެ. އެކަންް ތަކުރާރު ނުކުރުމަށެވެ. ކުރެވުނު ކަމުން ތައުބާވެ ރަނގަޅު މަޔަކަށްވެ ޤައުމަށް ޚިދުމަތް ކުރުމަށެވެ.

ސުބުޙާނަﷲ އެވެ. މި ދަންނަވަނީ އެ ބުނާ ސެކިއުލަރ ނަޝީދުގެ ވާހަކައެވެ. މީގެ 17 އަހަރު ކުރިން އެ މަނިކުފާނު އަޅުގަނޑަށް ދެއްވި ނަޞޭޙަތެވެ. އަޅުގަނޑަށް ކޮންމެ ގޮތެއްވިޔަސް އެ މަނިކުފާނަކާ ކޮންކަމެއްތޯއެވެ! ހަގީގަތުގައި އެ މަނިކުފާނަކާ އަޅުގަނޑު ހަލާކުވެ ދިޔުމަކާ ކޮންކަމެއްތޯއެވެ!

އެހެން ނަމަވެސް، އެކަނު އަނދިރިކަމުގެ ތެރޭގައި އެ މަނިކުފާނު އަޅުގަނޑަށް އަލިކަމުގެ ބަސްފުޅުތަކެއް އިއްވެވިއެވެ. އެއީ ކެރުމާއި ހިތްވަރު ލިބިގެންދިޔަ، މުތަށް ވުރެން އަގުހުރި ބަސް ތަކަކަށް އަޅުގަނޑަށް ވިއެވެ.

އެ ނަޞޭހަތްޕުޅުގެ އަލީން އަލި ލިބިގެން ޙަޔާތް ބާއްޖަވެރި ކުރެވޭތޯ އަޅުގަނޑުގެ މިން ނެތް މަސައްކަތް ފެށީމެވެ. މިއަދު ތޯއެވެ! އަޅުގަނޑަކީ ހަމަގައިމުވެސް 02 ދަރިން ފަޚުރުވެރިވާ މަންމަޔަކީމެވެ. އާއިލާއެއް ފަަޚުރުވެރިވާ ދަނބި ދަރިޔަކީމެވެ. ފަހަރިއަކީމެވެ. އާއިލާޔާ ރަށް ފަޚުރުވެރިވާ ދަރިޔަކީމެވެ.


ކިޔުންތެރިންގެ ޚިޔާލު


  1. ޅަކޮއެ 7 އޭޕްރީލް 2019 13:04

    ކާކަށްކޮންއެއްޗެއް ސާބިތުކޮއްދޭންތޯ ތިސުޅުއްވަނީ އަންނި ނޭނގޭމީހަކަށް އެޑުހުރިކެތިވެސް ނޭނގޭނެ އޭނަޔަކީ މާ މާތްމީހެއްކަންދައްކަންއުޅޭނެކަމެއްނެއް ލާދީނީޔޭ މިކިޔަނީ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނުގެ ހުކުމްފުޅުތަކަށް މަލާމާތްކޮށް ރަސޫލާސއވަސައްލަމަޔަށް ހަޖޫޖަހާ މިހެންގޮސް ކިޔާނެކަމެއްނެއް މިހިރަ މިހިރަކަންތައްތަކާހެދި އޭނަޔަށް ލާދީނީޔޭކިޔެނީ އަޅުގަނޑުމެންބަލައެއް ނުގަންނާނަން އެގަންޖާއެއް އެންމެންކުރިމަތީ ފާޅުގަ ދެއްކިވާހަކަތައް ކަލޒެމޒެންނަށް އަޑުނީވުނޒިތީ ހައިރާންވަން.

  2. ޟިޔާދު 7 އޭޕްރީލް 2019 13:04

    ވަރަށް ރަނގަޅު ވާހަކައެއް