22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ފުވައްމުލައް އެއާޕޯޓަހަ މޯލްޑިވިއަން އެ ފްލައިޓެއް ޖައްސާފެ- ފައިލް ފޮޓޯ

އަފުންގެ ގައުމީ އެއާލައިނެން އަފުންނާ ދޭތެރެ މިހަދަނީ ކިހިނަކެ؟

އަފުންގެ ގައުމީ އެއާލައިނެން އަފުންނާ ދޭތެރެ މިހަދަނީ ކިހިނަކެ؟ 

ދައްކަންނަ މިވޭންނައީ ވަރަހަ ފަހެން މީހަކު އާ އިން މަގޭ ރައްޓެސަކުށަ ދިމާވީ ކަމެކި ވާހަކަ, 

އަފުންގެ ރައްޓެއްސަކު ރާވާގެން ހީށީ މާލޭ ފެމެލީކޯޓެން ހެދުނެ ކައިވެނި ކޯގެން, ހަމަ އެދުވަހި ހަވީރެ ރަށަހަ އެންނަ މޯލްޑިވިއަންއެން  ޝެޑިއުލް ކޯފޭ އޮއު ފްލައިޓް އެން ރަށަހަ ގޮހޮ އޭގެ އެނެއް ދުވަހި ރަށި ރެސްޓޯރެންޓެކި ކައިވެނި ޕާޓީ ބާންނަ, 

އެއު ރޭވީ ގޮތަހަ ކައިވެނި ކެރީ ދުވަހި ހަވީރެ މޯލްޑިވިއަން އެން ޝެޑިއުލް ކޯފޭ އޮއް ފުލައިޓެން ޓިކެޓު ނަގާފޭ, އޭގެ ޖެހީގެން އާދުވަހަށަ ޕާޓީ ބާންނަ ރަށި ރެސްޓޯރެންޓަކުން އޯތީ ބުކިންހަދާފޭ.

ހަވީރެ ރަށަހަ އެންނަ ޝެޑިއުލް ކޯފޭ އޮއް ފުލައިޓު ހެދުނަހަ ބަދަލްކެރީ ހިސާބެން އެއުގެ ކައިވެނި އާއި ގުޅީގެން ރޭވީ ހުށިހައި ރޭވުންތެކެއް ފެނަހަ އަފުން, ދިވެއްސުންގެ ގައުމީ އެއާލައިން “މޯލްޑިވިއަން ” ގެ ސަބަބެން ވެގެން އެބަގެ. 

ނިވީތާކަހަ މިކަމިގެ ޒިންމާއެކިސް ނިނެގީއަ, ބެނީހައިއަސް އެއްތަކީ ކުރިހާ އޮއް ހަފްތާށާސް ފްލައިޓަކުން ޖާގާ ލިބެންނަ ނެތައެ,

މީ ދެމަފީރަކުންނަ ދިމާވީ ކަމެއްގެ ވާހަކަ,ސުވަލަކީ އަފުންގެ އެތެރެން ކިތެއް މީހުންނަތައެ, މިކަހަލަ ލަނޑޮ މޯލްޑިވިއަން އެން ދެރެފޭވެނީ؟

banner

ކިޔުންތެރިންގެ ޚިޔާލު