28 މެއި 2020 ( ބުރާސްފަތި )

banner

ދައުލަތުގެ ދެޔުނިވަރސިޓީ އެއްކޮށްލުމުން ފައިދާ ބޮޑުވާނެ

މިރާއްޖެއަށް މިހާރަށް އެންމެރަނގަޅީ ދައުލަތުގެ އެއް ޔުނިވަސީޓީ!

ދިވެހި ދައުލަތުގެ ދެ ޔުނިވަރސިޓީ ކަމުގައިވާ ‘ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ” އާއި “ދިވެހރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ” އެއްކޮލުމަށް މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި ފާޅުކުރެވުނު ޚިޔާލުތަކާއި މެދު އާއްމުންގެ މެދުގައި ޚިޔާލުތައް ހުރީ ވަރަށް ބޮޑަށް ދެކަފިވެފައި ކަމަށް ބެލެވެއެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން ގެ ދަށަށް އޭރު މަތީ ތައުލީމު ދިނުމަށް ސަރުކާރުން ހިންގަމުން އައި ތަންތަން އެއްކޮށްލުމުން ފެންވަރު ހިފެހެއްޓުމާއި ޚަރަދުގެ ގޮތުން އެތައް ގުނައެއް ފަސޭހަވެގެން ދިޔައެވެ. އެއިގެ ފަހުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އުފެއްދުމުގެ ތެރޭގައި އޭރު މަތީ ތައުލީމު ދެމުން ދިޔަ މައުހަދާއި ކޮލެޖު އެއްކޮށްލައި މައުހަދުގެ ދީނީ ބައިތައް ވަކިން ޚާއްސަ ކުރެވިފައިވާ ފެކަލްޓީއެއްގައި ކުރިޔަށް ގެންދިއުމަށް ފެށުނެވެ. އެގޮތުން އެދެ އިދާރާގެ ކުދިން އެއްކޮށް ކިޔަވަމުން ދަނިކޮށް މަސްރަޙު ސިޔާސީވެ ކަންކަން ބަދަލުކުރީ އެވެ.

އެއިގެ ސަބަބުން އެތައް ދަރިވަރުންނެއްގެ ކިޔެވުމަށް އަސަރުކުރި ފަދައިން މުޅި މައުހަދުގެ ކިޔެވުން ވެސް ހަމަޔަކަށް އަޅުވަން ލިބުނު ފުރުސަތުތައް ގެއްލުނީއެވެ.

އިސްލާމިކް ޔުނިވަރސިޓީއެއް އުފެދުނީ ސިޔާސީ ގޮތުން “ދީނީ ކާޑު” ކުޅެން ކަމަށް ބުނެފާޑުކިޔުންތައް އަމާޒުވިއެވެ. އިސްލާމިކް ޔުނިވަރސިޓީ ވަކިން އުފެއްދުނު ކަމުގައި ވިޔަސް ގައުމީ ޔުނިވަރިސޓީގައި ވެސް ދީނީ ތައުލީމު ކިޔަވައިދެއެވެ. ދެ ޔުނިވަރސިޓިގައި އެއް ކޯސްތަކެއް ހިންގައެއްވެ.

އިސްލާމިކު ޔުނިވަރސިޓީ އާއި ގައުމީ ޔުނިވަރސިޓީ އެއްކޮށްގެން ކުރިޔަށް ދިއުމުން ލިބޭނެ ފައިދާތައް ބޮޑުކަމަށް ދެކެމެވެ. އެހެނީ ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށާއި ރިސޯސްތައް އެއްކޮށް ބޭނުންކުރެވި ދައުލަތުގެ ބަޖެޓުން މަތީ ތައުލީމަށް ޚާއްސަވާ ބައިން އެންމެންގެ ބޭނުންތައް ފުއްދޭނޭމަގު ފަހިވުމުން ވެސް ފައިދާ ބޮޑުުވާނެތީއެވެ. ހޯދަން ޖެހޭ އަގު ބޮޑު ސޮފްޓްވެއަރ ތަކާއި މެޝިންތަކަށް ފައިސާ ލިބުމާއި ކިޔަވައިދިނުމާއި ބެލެހެއްޓުމާއި، ފެންވަރު ބަލާ ވަޒަންކުރާ މިޒަމާނުގެ ސޮފްޓްވެއަރ (މިސާލު؛ ޔުނިވަރިސޓީ ސްޓޫޑެންޓް މެނޭޖްމެންޓް ސޮފްޓްވެއަރ، ކިޔަވައި ދިނުމަށް ބޭނުންކުރާ ސޮފްޓްވެއަރ، އޮންލައިން ލައިބްރަރީ، ޕްލެޖިއަރިޒަމް ބެލުމަށް -ޓާރނިޓިއިން ފަދަ ޕްރޮގްރާމްތައް) އެކަތި ގަނެގެން ބޭނުން ކުރެވުމެވެ. އަދި މިފަދަ ސިސްޓަމްތައް ބަލަހައްޓަން ކޮންމެ ޔުނިވަރސިޓީއެއްގައި ވަކި ބަޔަކު ތިބުމުގެ ބަދަލުގައި އެއްބަޔަކު މިކަންކަން ބެެހެއްޓުން، އެފަދަ ކަންކަމުގައި އެތައް ގުނައެއް ފަސޭހަވެ ހިންގުން ހަރުދަނާ ވެގެން ދެއެވެ.

މިހާރު ވެސް އައިޔޫއެމްގެ ބަޖެޓަށް ވުރެ އެމްއެންޔޫގެ ބަޖެޓް ބޮޑެވެ. އަދި ކުދިން ވެސް ގިނައެވެ. ރައްޔިތުންގެ އިތުބާރު ވެސް އެމްއެންޔުއަށް ބޮޑެވެ. ވުމާއެކު ދެތަން އެކުވުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާ ހުރިކަމެކެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި ތިބި ކުދިންނާއި އައިޔޫއެމްގައި ތިބި ކުދިންނަށް އެއް ރިސޯސްތަކެއް ބޭނުނުކުރެވި، ލައިބްރަރީ އާއި އޮންލައިން ސިސްޓަމްތަކުގެ ފަސޭހަ އެންމެންނަށް ލިބި މުޅި ސިސްޓަމުގެ އިތުބާރު އިތުރަށް ފުރިހަމަ ވެެގެން ދާނެއެވެ. އަދި މިކަމުގެ ފައިދާ މުޅި ގައުމަށް ވެސް ކުރާނެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ޔުނިވަރސިޓީއެއްގެ ކުދިންގެ އާބާދީ އާއި މި ދެ ޔުނިވަރސިޓީ އެއްކޮށް ލުމުން ވެސް ކައިރިވެސް ނުވެއެވެ. މާމަދެވެ. ކުދިން މަދުވުމާއެކު ރިސޯސް މަދުވެ ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ދަތިތަކާއި ދިމާވެއެވެ.

ދެ ޔުނިވަރސިޓީ އެއްކުރުން އެއީ ސިޔާސީ އަދި ދީނީ ކަމަކަށް ނަހަދައި އެއީ އިޖުތިމާއީ ގޮތުން ގައުމަށް އެންމެ ލާބަހުރި ގޮތް ކަމުގައި ދެކެމެވެ.

ދެ ޔުނިވަރސިޓީ އެއްކޮށްގެން ކިޔަވައިދޭ އިރު ހުރިހާ ދަރިވަރުންނަށް ވެސް ކޮންމެހެން އެނގެން ޖެހޭ ދީނީ މައުލޫމާތާއި ގައުމިއްޔަތުގެ މައުލޫމާތުތައް ދެވޭގޮތަށް ޔުނިވަރިސިޓީ ބައްޓަން ކުރެވުމުން މިކަމުގައި ޝަކުވާއަށް ޖާގަ ކުޑަ ވެގެން ދާނެއެވެ. އިޖުތިމާއީ ގޮތުން މެދުމިނުގައި، އެއްމިންގަނޑެއް މުޖުތަމިއުގައި ދެމެހެއްޓުމަށް ފަސޭހަވެގެން ދާނެއެވެ.

އިސްލާމިކް ޔުނިވަރސިޓީއާއި ގައުމީ ޔުނިވަރސިޓީ އެއް ޔުނިވަރސިޓީއަކަށް ހެދުމަކީ އިސްލާމީ ޔުނިވަރސިޓީ އުވާލުމެއް ނޫނެވެ. އެއީ އެ ޔުނިވަރސިޓީއާއި ގައުމީ ޔުނިވަރސިޓީ ގައުމުގެ އަމާޒަށް މިސްރާބު ސީދާކުރުމެވެ.

ރާއްޖޭގެ ކުދި އާބާދީތައް އެކުލެވެ ރަށްރަށުގައި މި ދެ ޔުނިވަރސިޓީެގ ކޯސްތައް ހިންގަން އުޅެގެން ލިބުނު ތަޖުރިބާއަކީ އެއްތަނެއް ވެސް މިގޮތަށް ރަނގަޅަށް ނުހިންގޭނެ ކަމުގެ ހެއްކެކެވެ. އެކަށީގެންވާ އަދަދަށް ކުދިން ނުލިބޭތީއެވެ.

އެއިގެ ފުރިހަމަ އެއް މިސާލަކީ ފުވައްމުލައް ސިޓީއެވެ. ރާއްޖޭގެ ރަށްތަކުގެ ނިސްބަތުން 3 ވަނަ އަށް އެންމެ ގިނަ މީހުން ދިރިއުޅޭ ސިޓީގައި މި ދެ ޔުނިވަރސިޓީގެ ދެ ސެންޓަރު ގާއިމުކުރެވިގެން ވީ ތަޖުރިބާ ވިސްނަވާށެވެ. އެމްއެންޔޫގެ ކޯސްތައް 2012 ވަނަ އަހަރުގައި ފުވައްމުލަކުގައި ފެށިއެވެ. ކްލާސްތައްކަށް އެކަށީގެންވާ ވަރަށް ދަރިވަރުން ނުލިބޭތީ ހުއްޓެމުން ގޮސް އަދި ކިރިޔާ ކިރިޔާ ކޮޅަށް ހުރީ އެވެ. މިހާރު ކިޔަވާ ބެޗުތައް ނިމުމުން އެކަން ވެސް ހުއްޓުމާއި ގާތެވެ. ދެން ހުރީ އައިޔޫއެމްގެ ސެންޓަރެވެ. އެތަން ހުޅުވައިގެން އަދި އެއްވެސް ކޯހެއް ފެށޭވަރަށް ކުދިން ނުލިބެއެވެ.

ދުނިޔޭގެ ގައުމުތަކުގައި ޔުނިވަރސިޓީއަކަށް ބަލާ އާބާދީއަކީ 5 ލައްކަ އާއި 1 މިލިޔަން މީހުން ކަމަށް ވެއެވެ. މުޅި ރާއްޖޭގައި އަދި އޮތީ 4 ލައްކަ މީހުންގެ އާބާދީއެކެވެެ. ކަންތައްތައް މިހެން ހުރިއިރު މިހާރުގެ ހާލަތަށް ރާއްޖެގައި ދެ ޔުނިވަރސިޓީ ހިންގަން ވިސްނުމަކީ މޮޔަ ކަމެކެވެ. ގެއްލުމެކެވެ. އިޖުތިމާއިގޮތުންނާއި މާލިގޮތުންނެވެ.


ކިޔުންތެރިންގެ ޚިޔާލު


  1. އައިޝްޑީ 30 ޖޫޏް 2019 12:06

    ޔުނިވަރސިޓީ ހިންގުމުގެ ވާހަކަ އަކީ ވަރަށް ދިރާސާ ކޮއްގެން އަދި ކަމާގުލޭ ތައުލީމާ ތަޖްރިބާ އާ އެކު ދެއްކޭނެ ވާހަކަ އެއް ދެއްތޯ. ހަމަ އެކަނި ހިގާޚަރަދު ނުވަ ކިއަވާ ކުދިންގެ އަދަދަށް ބަލައިގެން ދެއްކޭވަރަށް ވުރެ ބޮޑު ވާހަކަ އެއްދެއްތޯ. އައިސްލެންޑަކީ ރާއްޖެ ވަރު ކުޑަ ގައުމެއް. އެތާގައި ކިތައް ޔުނިވަރސިޓީ ހުރޭތޯ. ރާއްޖޭގެ އެކިއެކި މުައްސަސާތަކުގެ ދަށުގައި އެހިންގާބޭނުމެއްނެތް އިންސްޓިޓިއުޓްތަކާ އެކެޑެމީތައް އުވާލުން މާމުހިއްމުނޯންތޯ. އޭރުން ވަސީލަތްތައް ސަލާމަތް ވާނެ ނޯންތޯ. އަދި އެތަންތަނުން ކުރަންއުޅޭކަންތައްތައް ޔުނިވެރސިޓީ އިން ކުރާގޮތައް ހަމަޖެްސީމާ މަރަގަޅަށް ކުރެވޭނެނޯންތޯ. މިހެންދެންނެވިއަސް ޕޮލިސް އާ މިލިޓަރީ ޓްރެއިނިން ރަގަޅުވާނީ ހަމަ އެމުައްސަސާ ތަކުގެ ދަށުން ހިންގުން ކަމަށް ގަބޫލުކުރެވޭ