A wide advertisement which will be shown on all devices. (700 x 100)

ސިޓީ ހޮޓަލެއް އަޅަންވީ ތުނޑީ ސަރަހައްދު ނޫން ކޮންތަނެއްގއި ބާ؟

ފުވައްމުލަކު ތުނޑީ ސަރަހައްދު

ފުވައްމުލައް ސިޓީ ތުނޑީ ސަތަހައްދުން ރަށު ފަތުރުވެރިކަމަށް ބިން ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން އިއުލާން ކުރުމުގެ ކުރިން ރައްތިރުން އެދެމުން އައީ ރަށުގައި ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެ މަގެއް ހޯދައި ދިނުމަށެވެ.  ރަށުގައި ވަޒީފާގެ ފުރުސަތު ނެތުމުން ޒުވާނުން ވަޒީފާ އަދަާކުރަން ޖެހިފައި މިވަނީ މުޅިންހެން ވެސް ރަށުން ބޭރުގައި އާއިލާއާއި ވަކިން ދުރުގައި ކަމަށެވެ. މީގެ ސަބަބުން އާއލިާތަކަށާއި ރަށަށް ލިބޭ ގެއްލުންތައް ގިނަ ބަޔަކު ފާހަގަކޮށް ރަށުން ވަޒީފާގެ ފުރުސަތުތައް އުފެއްދޭނެ ގޮތުގެ މަގެއް ފެނޭތޯ އައީ ވާހަކަ ދައްކައްމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އެގޮތުން އެންމެ ގިނަ ބަޔަކަށް ފާހަގަ ކުރެވުނީ ފުވައްމުލައް ސިގައި އެންމެ ފަސޭހައިން ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނީ ފަތުރުވެރިކަން ފުވައްމުލަކަށް ގެނެވިގެން ކަމަށެވެ. އެގޮތުން ބަލާއިރު ފުވައްމުލައް ސިޓީގެ ސަރަހައްދުގައި އިތުރު ރަށެއް ނެތުމާއި ފަތުރުވެރިކަން ގެނެވެން އޮތީ ސިޓީ ހޮޓަލެއްގެ ސިފާގައި ކަމަށް ގަބޫލުކުރެވި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަތާ އެތަކެއް ދުވަސްތަކެއް ފާއިތުވެ ގޮސްފިއެވެ.

މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުއި (2000ގެ މެދެއްހާ ހިސާބު) ރަށުގެ ތުނޑީ ސަރަހައްދުން ބައެއްގައި ސިޓީ ހޮތަލެއް އަޅަން ކަނޑައެޅިއެވެ. އަދި އެސަރަހައްދު ވަކިކުރުމަށް ދަގަނޑު ދާޖަހައިގެން ފުޅަފެއް އެޅުމުގެ މަސައްކަތް ވެސް ކުރިއެވެ. ނަމަވެސް ދީނީ ފިކުރުގެ ބަޔަކު އެކަމާއި ދެކޮޅަށް އެފަހަރު ނުކުތީ ރާލާއި އޫރުމަސް ވިއްކައިގެން ކުރާ ވިޔަފާރިއަކަށް ފުވައްމުލަކުން ޖާގަ ނުދޭނެކަމަށް ބުނެއެވެ. އަދި ފަރަންޖީން އައިސް އޮރިޔާން ނިވާނުވާ ހާލު އުޅެން ފަށައި ރަށުގެ މުޖުތަމިއު ފަސާދަކޮށްފާނެތީ ކަމަށް ބުނަމުންނެވެ. ކޮންމެއަކަސް އެފަހަރު އެކަން ކުރަން ހަވާލުވި ފަރާތުން އެކަން ހުއްޓާލީ އެފަދަ މާހައުލެއްގައި ފަތުރުވެރިކަން  ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވޭނެ ކަމަށް ވިސްނިގެން ކަމަށް ވެއެވެ.

އެދުވަސްވަރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަމެއް ނުހިންގައެވެ. އޭގެ މާފަހުން ކ.މާފުށީގައި ފެށި ފަތުރުވެރިކަމުގެ ނަފާ މުޅިއެރަށުގެ ރައްޔިތުންނަށް ލިބެން ފަށައި، މިއަދު ރާއްޖޭގެ އެހެން ރަށަރަށުގައި މިވަނީ ފަތުރުވެރިކަން ފުޅާކުރަން ފަށާފައެވެ. ގެސްޓް ހައުސްތަކާއި  ބީޗުވިލާތަކަށް ފުރުސަތުދީގެންނެވެ. މޫދުންނާއި އަތިރިމަތި އަދިވިނަމަތިން ބައެއް ފަތުރުވެރިކަމަށް ދި އެކަމުގެ ނަފާވެރިކަން ހޯދާތަން ފަތުރުވެރިކަން އެރަށުގައި ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހެއެވެ. އާއްމު ފުއްދުތެރިކަން އިތުރުވެގެން ހިނގައްޖެއެވެ. ކަމުން ފިލާވަޅުވެސް ލިބިގަންނަން ޖެހެއެވެ.

ދެން އައީ އެމްޑީޕީގެ 2 އަހަރު ބައިގެ ވެރިަކމެކެވެ. އެފަހަރުވެސް ފުވައްމުލަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ސިޓީ ހޮޓާ އަޅަން ތުނޑީ ސަރހައްދުން ބަޔަކާއި ދަށިއަޑިން (އެއަރޕޯރޓް ބިއްދޮށް) ބިން ކަނޑައެޅިއެވެ. އަދި އެއީ މީހުން ނޫޅޭ ދެ ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ ރަށުގައި ތިބެގެން ރައްޔިތުންނަށް ވަޒީފާ ލިބޭނެ ގޮތެއް ހޯދައިދިނުމަށް އެދި ރަށުގެ އިސްފަރާތްތަކުން ތަކުރާރުކޮށް ގޮވަމުން ދިޔަ ގޮވުންތަކަސް ދިން އިޖާބައެއްގެ ގޮތުގައެވެ. ނަމަވެސް އެފަހަރުގެ އެނިންމުމަށް އަމަލީ ސިފައެއް ނުގެނެވި އުޅެނިކޮށް ވެރިކަން ބަދަލުކޮށްލީއެވެ.

އަދި އޭގެ ފަހުން އައި ވަހީދު ސަރުކާރާއި ޕީޕީއެމް ސަރުކާރުން އެ ދެ ސަރަހައްދު ވަކިކޮށްފައި އޮތް އޮތުން އުވާލަައި އެމަޝްރޫއުތައް ހުއްޓާލީކަމަށް ވެއެވެ. ފުވައްމުލަކުގައި ފަތުރުވެރިކަމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރިޔަށް ނުގެންދިޔައެވެ.

ނަމަވެސް ބައެއް މީހުން ވަނީ އަމިއްލަ ބިންތަކުގައި  ބޮޑެތި ހޭދަތައް ކޮށްގެން ގެސްޓް ހައުސް އަޅައި ހިންގަން ފަށާފައެވެ. އަދި އެޔާއި ގުޅިގެން މަދުން ނަމަވެސް އިތުރު ކުދި ވިޔަފާރިތައް ފަށާތަން ފެންނަން ފެށިއެވެ. އެގޮތުން ޑައިވިން ސްކޫލްތަކާއި ގެސްޓް ހައުސް އިތުރުވެ ރަށުގެ ޒުވާނުންގެ ބަޔަކަށް ކުރިން ނެތް އައު ވަޒީފާތަކެއް ލިބެން ފެށިއެވެ. ކުރިން ރަށުގެ ވިޔަފާރީގެ ތެރޭގައި ނުފެންނަ ޑޮލަރުތައް މަދުމަދުން ނަމަވެސް ފުވައްމުލަކުގެ މާހައުލުތެރޭގައި ދައުރުވާތަން ފެނިގެން ދިޔައެވެ.

ދެން މިފެށުނީ އެމްޑީޕީ އަލުން ވެރިކަމަށް އައިސް ސިޓީ ހޮޓަލާއި ގެސްޓް ހައުސް ވިޔަފާރިއަށް އަނެއްކާވެސް މަގުހުޅުވީލި ތަނެވެ. އެއާއެކު ފެނނިގެން މިދަނީ ފުވައްމުލައް ސިޓީގެ ސޯޝަލް މީޑިއާ ގްރޫޕްތައް ދެބަޔަކަށް ބެހި ތުނޑީ ސަރަހައްދުން ބައެއް ފަތުރުވެރިކަމަށް ދޫކުރަން ހުޅުވާލުމުން އެކަމާއި އެއްބަޔަކު ދެކޮޅަށް އަޑުއުފުލަން ފެށިތަނެވެ. އަނެއްބަޔަކު ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ރަށުގައި ވަޒީފާގެ ފުރުސަތުތަކަށް ފަހިވާނެ ގޮތަށް ފުރުސަތު ދިނުމަށެވެ. އެގޮތުން އެމީހުން ބޭނުން ވަނީ ތުޑި ސަރަހައްދުން ބައެއް ފަތުރުވެކަމަށް ޚާއްސަކޮށްގެން ނަމަވެސް ރަށުގައި ފަރުތުވެރިކަން ފުޅާކުރުމަށެވެ.

ތުނޑީ ސަރަހައްދުމް ފަތުރު ވެރިކަމަށް ބިން ދޫކުރުމާއި ދެކޮޅަށް އަޑު އުފުލާ މީހުން  ބުނަނީ އެއީ ފުވައްމުލަކުގެ ތިމާވެއްޓަށް ހުރި ގެއްލުމެއް ކަމަށެވެ. އަދި ރަށުން ބައެއް ރަށުގެ ރައްޔިތުންނަށް ބަންދުވުމަކަށް ނޭދޭކަމަށެވެ. ފުވައްމުލަކު ރައްޔިތުން  ޕިކްނިކް ދާން އޮތް ހަމައެކނި  ސަރަހައްދު ފަތުރުވެރިކަމަށް ދޫކުރުމާއި ދެކޮޅު ކަމަށެވެ. އަދި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ އެޅުމަށް އެހެން ސަރައްދުތައް އެބައޮތް ކަމަށެވެ. އަދި ތުނޑީ އެއީ ގާނޫނުގެ ދަށުން ހިމާޔަތް ކުރެވިަފއިވާ ސަރހައްދަކަށް ވުމާއެކު އެތަން  ފަތުރުވެރިކަމަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މިކަމަށް ތާއިދު ކުރާ ފަތާރްކުން ބުނަމުން ދަނީ ތުނޑީ ސަރހައްދުން ބައެއް ފަތުރު ވެރިކަމަށް ކަނޑައެޅިޔަސް ޕިކްނިކް ދިއުމަށާއި އާއްމު އެއްވުން ތަކަށް (މާހެފުން، ޕާޓީތަކަށް) ޖާގަ އޮންނާނެ ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުން ނުދޭން ވެގެން ގަހެއް ނުކަނޑާ، އިމާރާތެއް ނުކޮށް އިސާނާގެ ދިރިއުޅުން އާބާދު ކުރާނީ ކިހިނަކުން ހެއްޔެވެ؟ ތިމާވެއްޓާއި ރައްޓެހިބަޔަކަށްވުމަކީ ހަމައެކަނި ގަސް ނުކެނޑުމެއް ނޫނެވެ. އިންސާނުގެ ދިރިއުޅުމަށް ކުރިއެރުން ހޯދުމަށް ގަސް ކަނޑާފަދައިން ގަސް އިންދާ ހެއްދުމާއި ބެލެހެއްޓުން ވެސް ހިމެނިގެން  ކަމަށް ގަބޫލުކުރަން ޖެހެއެވެ. އަދި ވަޒީފާ އަދާކުރެވޭނެ ގޮތް ވުން ތޯ ނޫނީ މުނިފޫހި ފިލުވުންތޯ އިސްކުރެވޭނީ ކޮންކަމެއް ތޯ ވެސް ވިސްނާލަން ޖެހެއެވެ.

ފަތުރުވެރިން ބޭނުންވަނީ  ހަމަހިމޭން ބީޗުގައި އަރާމުކޮށްލައި ހޫނު މޫދެއްގައި ފަތާލާ ޑައިވިން ކޮށްލުން ފަދަ ކަންކަން ކަމަށްވާއިރު ފުވައްމުލަކުގެ ހުޅަނގު ދެކުނު ފަރާތަކީ އެކަމަށް ކަމުދާނެ ސަރހައްދެއް ނޫން ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަނީ  އެއީ ގެސްޓް ހައުސް އެޅުމަށާއި ސިޓީ ހޮޓަލަކަށް ފުވައްމުލަކުން އެންމެ ރަނގަޅު ސަރހައްދު ކަމަށެވެ.

މިހާރު މިކަމުގެ ބަހުސްގައި ކުރީގައި އެއްވިސްނުމެއްގައި ތިބި ބައެއް މީހުންވެސް ދެކޮޅުވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށް ޒާތީ ވާތަން ވެސް ފެންނަން ފަށައިފިއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަުން އަދި މިކަން ކުރާނެ ގޮތުގެ ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުވައމްުލަކުގެ ޒުވާނުން މިކަމާއި “ތަޅާފޮޅާ” ހިސާބަށް ދާން އަދި މާއަވަސް ކަމަށް ދެކެމެވެ.

ފާހަގަ ކުރެވޭ ކަމަކީ އެންމެންވެސް ރަށުން ވަޒީފާގެ ފުރުސަތުތައް އުފެދެން ބޭނުންވާ ކަމެވެ. ނަމަވެސް އެކަން ކުރާނެ މޮޅު ގޮތަކީ ކޮބައިކަމާއި މެދު ވެވޭ ބަހުސެއްގައި ތާށިވެ ފިތެނީ ބާވައެވެ؟

ވެވަށް ވެއްޓުނު ގެރި ނަގާނެ ގޮތަކާއި މެދުބަހުސުކޮށް ކޮށްތިއްބާ ގެރި މަރުވެގެން ދިޔަ ވާހަކައަކީ ރާއްޖޭގައި މިފަދަ ޙާލަތްތަކުގައި ބުނެއުޅެ ބަހެކެވެ.  އެކަމުން ފިލާވަލު ލިބެން އަދިވެސް ނުވަނީހެއްޔެވެ؟

ކުރި ދެފަހަރު ސިޓީ ހޮޓާ ނޭޅި ދިޔައީ ތަފާތު އެހެން ދެ ވިސްނުމަކުންނެވެ. މިފަހަރު މިވަނީ މުޅިން ގޮތެކެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ތިމާއަށް އެއްޗެއް ލިބޭނީ ތިމާއަތުން ކޮންމެވެށް އެއްޗެއް  ދޫކޮށްލައިގެން ކަމެވެ. ގެއެއްގެ ހިޔާވަހިކަން ހޯދުމަށް، ނުވަތަ މަގު ހެދުމަށް ގަސް ކަނޑަންވެސް ޖެހިދާނެކަމެވެ. ހުރިހާ މޮޅެއް ނުލިބޭނެކަމެވެ. ރަށުގަިއ ވަޒީފާގެ ފުރުސަތު ހުޅުވާލަންޏާ ސިޓީ ހޮޓަލަށް ޛާގަދޭށެވެ. އިންވެސްޓް ކުރަން އެދޭ ބަޔަކާއި އެކު ދެފަރާތުގެ ބޭނުންތަކަށް  ދޫދީގެން ނޫނީ މިފަދަ ކަންކަމުގައި މަންފާއެއް ނުހޯދޭނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޝިޢާ

    ޢަލީ އަދި މުޅިން ރަނގަޅެއްނޫން. މިވިސްނަނީ މިރަށުގެ މި ސިނާޢަތް މަދު ނުވަތަ އެންމެ މީހެއްގެ އަތްމައްޗަށް ދޫކޮށްލެވޭ ވާހަކައާއި މި ސިނާޢަތް ސެޗުރޭޓް ވެ އާދައިގެ ވިޔަފާރިވެރިންނަށް މިސިނާޢަތަށް ނިކުންނަށް މަގު ބަންދުކުރެވޭފަދަ ގޮތަކަށް ރޭވެމުންދާވާހަކަ. ޢަލީމެން އަމިއްލަ އެދުމާ ނުވިސްނާ ކަލެކްޓިވްލީ މުޅި އާބާދީއަށް ދުރުމުސްތަގްބަލަކަށް ފައިދާވާނެ ގޮތަކަށް ވިސްނުން މާ ރަނގަޅު ވާނެ. އޮވާ ޓޫރިޒަމުން ކުރާނެ ނޭދެވޭ އަސަރާއި މިރަށުގެ ގުދުރަތީ ވެށި އޭގެ ގޮތުގައި ބާއްވައިގެން ފަތުރުވެރިކަން ކުރު އެރުވެން އޮވެމެ އެ ވެށި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް އެތަން ހަލާކު ކުރުމަށް އެމީހުންނަށް ފުރުސަތު ލިބޭ ގޮތަށް ދެވެން އުޅޭ ވާހަކަ.

  • ހޯނުކަލޭގެ

    ތުނޑިން ބައެއް ފަތުރުވެރިކަމަށް ޚާއްސަކޮށް އަނެއްބައި ރަށުގެ އާއްމުންނަށް ހުޅުވާލުމުގައި ގޯހެއް ނެތް!
    ފުވައމްުލަކުން އެންމެ ވިކޭނެ އެއްކަމަކީ ތުނޑީގެ ރީތި ބީޗް، ޑައިވީން، ހަމަހިމެން މާހައުލެއް!
    އެއަރޕޯރޓް ބިއްދޮށުގައި ބީޗެއް ނެތް، ހަދަން ފަސޭހައެއް ނުވާނެ…
    ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ގެސްޓ ްހައުސް ކާމިޔާބެއް ނުވާނެ- އަހަރުގެ ގިނަ ދުވަހު ހުޅަނގުމޫސުމުގައި ގަދަވަޔާއި ވާރޭގެ އުނދަގުލާހެދި ބީޗް ބޭނުން އެކަށީގެންވާ މިންވަރަކަށް ނުކުރެވޭނެ.

  • ޝިޢާ

    ލިޔުންތެރިޔާ އަށް ފަތުރުވެރިން ދުނިޔޭގެ ތަންނަތަށް ދަތުރުކުރާ ސަބަބު ނޭގޭކަމުގެ ހެކި ލިޔުމުން އެބަފެނޭ. ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރާ މީހުން ސިޓީތަކަށް ދަތުރުކުރަނީ އެތަންތާގެ ސަގަފަތާއި މީހުންގެ ދިރިއުޅުންފަދަ ކަންކަން ދެކިލައި ތަޖުރިބާ ކޮށްލަން. އަދި ހަމަހިމޭން ސަރަޙައްދުތަކަށް ދަތުރުކުރަނީ އަރާމުކުރުންފަދަ ކަންކަމަށް. ތިބޭފުޅުންގެ ލިއުއްވުންތަކުން މިފަދަ މުޖުތަމަޢާއި ގުޅިފައި ހުންނަ ކަންކަމަށް ރިޢަޔަތް ކުރެވޭއިރު އެފަދަ ކޮންމެ ކަމަކުން އިޖުތިމާޢި ފޭރާމަށް އެކަމުން ކުރާނޭ އަސަރު ދެނެގަންނަން އެބަޖެހޭ. މިތަނަށް އަންނަ މީހުންނަށް ދައްކަންޖެހެނީ އަޅުގަނޑުމެންގެ ދިރިއުޅުމާއި ވައްޓަފާޅި. އަދި އެމީހުން ބޮޑަށް ބޭނުންވަނީވެސް އެކަން. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހާރު ކަންތައްތައް ހުރި ގޮތުން އެގޮތަށް ގެސްޓުން ގެނެސްގެން ބަދުނާމުވުން ނުވަތަ އަޅުގަނޑުމެން އަމިއްލަ ރަށުގައި ކޮށިތަކެއްގައި އަމިއްލައަށް ބަނދުވެފައި ތިބެންޖެހިދާނެ. މިނިވަންކަމަކީ ހާދަހައިވާ ފޮނިކަމެކޭ. މަދު ވިޔަފާރިވެރި ބައެއްގެ އަތްމައްޗަށް ތިގޮތަށް ރަށުގެ އެންމެ މުހިންމު ތަންކޮޅު ދޭން ވިސްނުމަކީ ކޮސްކަމުގެ އިންތިހާ. އަދި މިފަދަ ލިޔުންތަކަކީ އެފަދަ މީހުން އަޑީގައި ތިބެގެން ކުރުވާ ކެމްޕެއިން. އަދި އެފަދަ ކަމެއްގެ ސަބަބުން ރަށުގައި މިސިނާޢަތަށް ނިކުންނަން މަސައްކަތްކުރާ އާދައިގެ މީހުންނަށް މަގުބަންދުވެގެން ހިނގައިދާނެ. ކަމެއް ޙާސިލްކުރަން އަމިއްލަ ކަރު ބުރުކޮށްލައްވަފާނުތޯ؟ ވިސްނަވާލައްވާ! ގުރުބާންކުރަން ޖެހެނީ ގުރުބާން ކުރެވޭވަރު ކަންތައް.

    • އަލީ

      ރަށުގައި ތިބެގެން ވަޒީފާ އެއް އަދާކުރާނެ ފުރުސަތެއް ލިބޭ ގޮތް ވުމުން ތި ވިސްނަނީ މިރަށު ބަދަރު ހެދި އިރު ގޮވި ގޮތަށް، އެއަރ ޕޯރތް ހެދި އިރު ކީ ފަތިވަރު…. މަސްދޯނީގައި އިންޖީނު އެޅުމން މަސް ދުވެ ފިޅާނެ ކަމަށ ްބުނި ގޮތަށް…
      ތަރައްގީއާއި ކުރިމަތިލާނީ ޗެލެންޖަސް ތަކަށް ކުރިމަތި ލާން ކެރިގެން… އެހެން ނޫނީ ކާބަފައިންގެ ގޮތުގައި ރަށް ބާއްވާ! ދަނޑުފަގަށާއި މަހަށް ނިކުމޭ!

  • Me

    FUVAHMULAH thudeegaި guest house ެެ1elhumaަ ަaharuނ dhekolhu i