A wide advertisement which will be shown on all devices. (700 x 100)

ރިސޯޓް މުވައްޒަފުންނާއި މެދު ވަނީ އިޙްމާލުވެފަ!

ރިސޯޓް މުވަޒަފުންނަށް ވަނީ ހުސްވައުދުތަކެއް - ފޮޓޯ : ޓްރިޕް އެޑަވައިޒަރ

ޖަޒީރާ ރަށްތަކެއް ގެ މައްޗަށް އެކުލެވިފައިވާ މި ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ހިއްސާ ކުރާ ދާއިރާ އަކީ ފަރުވާތެރިކަމުގެ ދައިރާއެވެ.ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ގާތްގަޑަކަށް %85 މީހުންނަކީ ރިސޯޓްތަކުގައި މަސައްކަތް ކުރ މީހުންނޭ ބުނިކަމުގައި ވިޔަސް ދޮގަކައް ނުވާނެއެވެ.

1972 ވަނަ އަހަރު ރައިސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ފަތުވެރިވެރިކަން ރާއްޖެއަށް ތައާރަފު ވެ މިއަދު ފުތުވެރިކަމުގެ ދާއިރާ ފުޅާވެފައިވާއިރު، އެ ދާއިރާގެ މަސައްކަތް ކުރައްވާ މުވައްޒަފުންނާއި މެދު މުއައްސަސާތަކުން ވަނީ އިހުމާލުވެފައިއެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަކީ އެހެނިހެން ވަޒިފާތަކާއި ބަލާފައި ގޮންޖެހުންތަކާއި އެކު މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ.އެމީހުން ދެކޭގޮތުގައި ރީސްޓްތަކަކީ ކުޑަ ވަރެއްގެ ޖަލެއް ކަހަލަ ތަނެކެވެ. ރިސޯޓް މުވައްޒަފުން މިހެން މިދައްނަވަނީ ސަބަބުތަކެއްވެސް ނެތެއެއް ނޫނެވެ.! ޢާއިލާއާއި ގާތްތިމާގެ މީހުންނާއި ދުރުގައި ވަކިން އެކަހެރިކޮށް އޮންނަ ރަށެއްގައި ވަޒީފާ އަދާކުރަން ޖެހޭތީވެއެވެ .

ރިސޯޓްގައި ވަޒިފާ އަދާކުރާ މުވައްޒަފުން އޮފްޑޭ އަށް ނުވަތަށް ޗުއްޓީއަށް ރަށައް ދާއިރު އޮންނަނީ ކަންތައް ބޮސުންލާފައި އެވެ. އަނބިދަރިންނާއި ދުރުގައި ހުންނަން ޖެހުމުން، އަނބިމީހާ ހުންނަނީ ކޮންމެވެސް އެހެން ފިރިހެނަކާއި ހިތާއިވެގެންނެނެވެ. އައިލާއާއި ދުރުގައި މަސައްކަތް ކުރުމަށް ފަހު ހިތްހަމަ ޖައްސާލައި އައިލާއާއި އެކު ވަގުތު ހޭދަކޮއްލުމަށްޓަކައި ރަށައް ދިޔުމުންވެސް ދިމާވަނީ އިތުރު ހިތްދަތިކަމާއި މާޔޫސް ކަމެވެ. މިއީ ދައްކާ ތޯތޯ ވަހަކައެއް ނޫނެވެ. މިއީ ރިސޯޓްތަކުގައި ވިޒީފާ އަދާކުރާ ބައެއް މުވައްޒަފުން ތަހައްމަލް ކުރާ ހިތްދަތި އިޖްތިމާއީ މައްސަލަތަކެވެ.

ރިސްޓޯތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހިތްދަތި ދިރުއުޅުމުން އެހެން ދިރިއުޅުމަކަށް އެ މުވައްޒަފުން ގެނެސްދިނުމަށް އަޅުގަނޑުމެންގެ ސިޔާސީ ވެރިން ތާފާތު އުއްމީދުން ފުރިގެންވާ ވައުދުތަކެއް ތަކުރާރުކޮއް ވަމުންދެއެވެ.

ނަމަވެސް ހިތާމައަކީ މި ވައުދުތަށް އިންތިހާބީ މޫސުމުގައި ރިސޯޓު މުވައްޒަފުންގެ ވޯޓު ހޯދުމުގެ ކެހެވެރި ބޭނުމުގައި ދައްކާ އެއްވެސް އިހްލާސްތެރި ކަމެއް ނެތް ހުސްވައުދުތަކަކަށް ވާތީވެއެވެ. އިޙްލާސްތެރިކަމެއް ހުރި ނަމަ، ރިސޯޓާއި ކައިރިން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮއްދޭނެއެވެ. އިހްލާސްތެރިކަމެއް ހުރިނަމަ އަލަތު ކައިވެންޏާއި އެކު ކޮންމެ ދެމަފިރިއަކަށް ފްލެޓެއް ލިބޭނެއެވެ . އިޙްލާސްތެރި ކަމެއް ހުރި ނަމަ، ޒުވާނުންގެ ރައީސްގެ ގޮތުގައި މަޝްހޫރުވެފައިވާ މިއަދުގެ ރައީސް ޔަމީން ވަޢުދު ވިގޮތަށް ރިސޯޓް މުވައްޒަފުންނަށް، ރިސޯޓް ހިއްސާ ދޭނެއެވެ. އިޙްލާސްތެރިކަމެއް ހުރިނަމަ ޤަނޫނު ހަދާ މަޖްލީހުން ހަދާ ޤަނޫނު ތަކުން ރިސޯޓް މުވައްޒަފުންނަށް ލިބެންޖެހޭ ހައްގުތަށް ތަފާތުނުކުރާނެއެވެ .

ޗުއްޓީއާއި އެހެނިހެން އިނައްޔަތަށްވެސް ރިސޯޓްތަކުގައި މުވައްޒަފުންނަށް ހަމަހަމަކަމާއި އެކު ލިބިދެވެންޖެހޭނެއެވެ. ސަރުކާރު ނުވަތަ ސިވިލްސާރވިސްގެ މުވައްޒަފުންނަށް ވުރެ ރިސޯޓްމުވައްޒަފުން މި ގައުމަށް ކުރަމުންދާ ހިދުމަތާއި ވައްދާ ބޭރުފައިސާ ހަގީގަތުގައި މާ ބޮޑެވެ. ގިނަފަހަރައް، އެމީހުންނަށް ޤާނޫނު ލާޒިމް ކުރާ ހައްޤުތަކާއި އިނާޔަތްތައްވެސް، ރިސޯޓްތަކުގެ ވެރިން ނުދީ އެމީހުން އަޅުވެތިކޮއްގެ އެތައް ދުވަހެއް ވަންދެން އުޅޭއިރުވެސް، މިކަންތަށްވެސް ބެލޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމަށް އިހްލާސްތެރިކަމެއް ނެތް މުވައްސަސާތަކުން ވަނީ ނުކުޅެދިފައިއެވެ .

ބޯމަތިވަމުން މިއަންނަނީ ބަރަކާތްތެރި ރަމަޟާންމަހެވެ. އެހެންނަމަވެސް އަދިވެސް ބައެއް ރިސޯޓްތަކުގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ރޯދަ އިނާޔަތްތަށް ނުލިބެއެވެ. އަދި ބައެއް ރިސޯޓްތަކުން ރޯދަމަހުގެ އިނަޔާތްތަށް ރޯދަމަސް ނިމުނުތާ އެތައް މަހެއް ފަހުންވެސް ވަނީ ދީފައިއެވެ. ވަޒިފާއާއި ބެހޭ ޤާނޫނު ބުނާގޮތުން ރޯދަމަހުގެ އިނާޔަތަކީ ރޯދަމަސް ފެށުމުގެ ކުރިން ދޭންޖެހޭ އެއްޗެކެވެ. ނުވިތަކަށް ކޮންމެ މަހެއްގެ 10 ގެ ކުރީން މުސާރަ ދޭންޖެހޭކަމަށް ޤާނޫނު ލާޒިމްކުރާ އިރު ބައެއް ރިސޯޓްތަކުގެ މުވައްޒަފުންނަށް މަހުގެ މެދުތެރެއިން ނުވަތަ މަހުގެ ފަހުކޮޅުގައިވެސް މުސާރަ އެބަ ލިބެއެވެ.

މި ކަމުގެ ސަބަބުން އަނބިދަރީން ގޮވައިގެން މާލެގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭމީހުންނަށް ކޮޓަރި ކުލި އާއި ބިލްތަށް ދައްކަން ޖެހޭ މުއްދަތަށް ނުދެއްކިގެން ، ދަރަޏަށް މީހުންގެ އަތުން ފައިސާ ނަގަން ޖެހެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މުއްސަސާތަކުން މިފަދަ މައްސަލަތައް ބަލައި މިވިހާތަނަކަށް ފިޔަވަޅު އަޅިކަމެއް އެގޭކަށް ނެތެވެ.

ރިސޯޓް މުވައްޒަފުން މިއަދު ދެކެން ބޭނުންވާ ދުވަހަކީ އެއްވެސް ތަފާތުކުރުމެއް ނެތި އެމީހުންގެ އެންމެހާއި ހައްޤުތަށް ކަށަވަރުވާނެ ދުވަހެކެވެ . ރިސޯޓުގައި މަސައްކަތް ކުރުމަކީ ކުޑަވަރެއް ޖަލެއްގައި އުޅުމުން ކުރެވޭ އިހްސާސް ނުވުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !