16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

މިއަރަތް ހެދޭތޯ ބަލާށެވެ.

ހިސާބު އީކުއޭޝަނެއް ދިގުވިޔަސް ހެދިދާނެ

ފޮޓޯގައިއެވާ ހިސާބު އީކްއޭޝަން ތިބާއަށް ފުރިހަމަކޮށްލެވޭތޯ ބަލާށެވެ. ކަންބޮޑުވެ ނުލައްވާށެވެ. އީކްއޭޝަން ތަންކޮޅެއް ދިގަސް އޭގައި ބޭނުންކޮށްފައި އެވަނީ ތިބާއަށް މުޅިންވެސް އެނގޭނެ ހިސާބުގެ ހަމަތަކެކެވެ. އެއްކުރުމާއި ކެނޑުން އަދި ގުނަ ކުރުމާއި ގެއްލުމުގެ އިތުރުން އެއްވަރުކަން ދައްކައިދޭ އީކުއަލް ފާހަނގައެވެ.

ފޮޓޯގައި އެވާ ގޮތަށް، އަރަތެއްގެ ގޮތަށް ނަމްބަރުތައް ޖަހައިގެން ހަދަން އުނދަގޫނަމަ އާދައިގެ ނަމްބަރެއް ގޮތަށް ލިޔެގެން މަސައްކަތް ކޮށްލާށެވެ. ހިސާބު ހަދަނީ ވައަތުން ކަނާތަށް ކަމުން މިއިކުއޭޝަން ވެސް މަސައްކަތް ކުރާނީ އެގޮތަށެވެ.

66=10–(_÷_ *_)+11-_-(_*12)+_+(_÷_*13)+_

މިނަމްބަރު ހެދުމަށް ބޭނުން ކުރަން ޖެހެނީ 1 ން 9 އަށް، މި 9 ނަމްބަރެވެ. އެއްވެސް ނަމްބަރެއް ތަކުރާރުނުކޮށް ދަށު ރޮނގު ހިމަނާފައިވާ ބައި (ހުސްބައި)ގައި ކޮންމެވެސް އެއް ނަމްބަރެއް ބޭނުންކޮށް ގެން ޖަވާބު ދިމާކުރެވޭތޯ ބަލާށެވެ.

ބޭނުންކުރާނި ކަލްކިއުލޭޓަރުތަ ނޫނީ ކޮމްޕިއުޓަރުތަ؟

މިކަހަލަ ނަމްބަރެއް ހަދާލުމަށް މިހާރު ގިނަ މީހުން މިހާރު ބޭނުން ކުރަނީ ކަލްކިއުލޭޓަރު ނުވަތަ ކޮމްޕިއުޓެރެވެ. ކަލްކއިލޭޓަރު ބޭނުންކުރުމުގައި ފަރުވާތެރި ކަމާއެކު ހިސާބުގެ ހަމަތަކަށް ނުބެލިއްޖެ ނަމަ ޖަވާބު ދިމާނުކުރެވި ދާނެއެވެ. ޖަވާބު ދިމާކުރުމުގައި ހިސާބުގެ ހަމައެއް ކަމަށްވާ ބޮޑުމަސް ނުވަތަ ޕެޑްމަސް ތަރުތީބަށް ވިސްނާށެވެ.

މިސުވާލުގެ ޖަވާބު ތިބާއަށް ތަފާތު ގޮތްތަކަކަށް ދެވިދާނެއެވެ. ތިބާއަށް ކިތަށް ގޮތަށް ޖަވާބު ދިމާކުރެވޭތޯ ބަލާށެވެ.

އީކްއޭޝަންގައި މި 9 ނަމްބަރު ކިތައް ގޮތަށް ބޭނުން ކުރެވިދާނެތޯ ބަލާލަމާ ހިނގާށެވެ.

ފުރަތަމަ ތަނުގައި 9 ނަމްބަރު ބޭނުންކުރުމުގެ ފުރުސަތު އެބައޮތެވެ. ދެވަނަ ތަނުގައި ބޭނުން ކުރެވޭނީ ކޮންމެވެސް 8 ނަމްބަރެކެވެ. ތިންވަނަ ތަނުގައި 7 ނަމަބަރެކެވެ. … އަދި އެންމެ ފަހު ތަނުގައި (9 ވަނަ) ހުސްތަނުގައި ބޭނުންކުރަން އޮންނާނީ އެއްމެ (1) ނަމްބަރެކެވެ.

މިނަމްބަރުތައް ކިތައްގޮތަށް އަތުރާލެވިދާނެބާ؟

އެހެން ގޮތަކަށް ބުނަނީ ނަމަ 9 ގެ ފެކްޓޯރިއަލް (362880=!9) ގޮތަށް ނަމްބަރުތައް އަތުރާލެވިދާނެއެވެ. މިހާ ބައިވަރު ގޮތްތަކަށް ނަމްބަރުތައް އަތުރާލެވޭ ހިނދު ވިސްނުންތެރިކަމާއެކު ހަމައެއްގައި ހިފަހައްޓައިގެން ނަމްބަރުތައް އަތުރަން ފެށުން ރަނގަޅުވާނެއެވެ.

66=10–(_÷_ *_)+11-_-(_*12)+_+(_÷_*13)+_

ނަމްބަރުތައް އަތުރަން ފެށުމުގެ ކުރިން ހިސާބު ހެދުމުގައި ގެންގުޅެންޖެހޭ ތަރުތީބުގެ ހަމަތަށް ވަކިކުރުމަށް ބްރެކެޓް (ޕޭރެންތެސިސް) ބޭނުންކުރާށެވެ. އެއްކުރުން އަދި ކެނޑުމުގެ ކުރިން ގުނަ އަދި ގެއްލުން ސާދާކުރަން ޖެހޭތީ މިގޮތަށް ބްރެކެޓް ބޭނުންކުރުމުން ފަސޭހަވާނެއެވެ.

ޖާވާބާއި ހަމަޔަށް ދާން ފަށަމާ!

ފުރަތަމަ ފަހަރު 1 ން 9 ށް ތަރުތީބުން ނަމްބަރުތައް ހުސްތަނުގައި ލިޔެފައި ބަލާލަމާހިނގާށެވެ.

52.888=10–(9÷8 *7)+11-6-(5*12)+4+(3÷2*13)+1

ދެވަނަ ފަހަރު 9-1 ށް ތަރުތީބުން (އިދިކޮޅަށް) ނަމްބަރުތައް ހުސްތަނުގައި ލިޔެފައި ބަލާލަމާހިނގާށެވެ.

70.857=10–(1÷2 *3)+11-4-(5*12)+6+(7÷8*13)+9

މިފަހަރު ޖަވާބާއި (66 އާއި) ގާތްކުރުވިއްޖެއެވެ. އެއީވެސް ކާމިޔާބެކެވެ. ދެން މިއަދަދުތައް ކުޑަކޮށް ބަދަލުކޮށްލައިގެން ޖަވާބު ގެނެވިދާނެއެވެ. އެގޮތުން 8 އާއި 7 އަދި 4 ބަދަލުކޮށްލައިގެން ވާގޮތް ބަލާލަމާ ހިނގާށެވެ. އަދި 1، 2 އާއި 3 ވެސް ބަދަލުކޮށްލަމާ ހިނގާށެވެ.

މިގޮތުން ވެސް ރަނގަޅު ޖަވާބެއް ލިބޭ

ނަމްބަރު 12 އާއި 5 ގެ ގުނަ 12 އާއި 6 ގެ ގުނަށް ބަދަލުކޮށްލުމުން 12 ލިބޭނެއެވެ. ދެން އެއިން 1 މަދުކުރުމަށް އެއްކުރަން 6 އޮތް ތަނަށް 5 ބަދަލުކޮށްލުމުން އީކުއޭޝަން ހަމަވެ، ޖަވާބު ލިބުނީއެވެ.

66=10–(2÷3 *1)+11-7-(6*12)+5+(8÷4*13)+9

އަދި އިތުރުގޮތްތައް ވެސް ހޯދަމާ

މިހާރު އެވަނީ ޖަވާބެއް ހޯދިފައެވެ. އަދި ނިންމާ ނުލާށެވެ. އިތުރު ގޮތްގޮތަށް ވެސް ޖަވާބު ހޯދިދާނެއެވެ. 3 ލައްކައަށް ވުރެ ގިނަ ގޮތްގޮތަށް މިނަމްބަރުތައް ބަދަލުކުރެވޭ ހިނދު އިތުރު ބައިވަރު ގޮތްތައް ހުންނާނެކަމަށް ގަބޫލުކުރަން ޖެހެއެވެ.

ރަނގަޅު ޖަވާބު ހޯދޭނެ އިތުރު ގޮތްތަކެއް

ދެވަނަ ގޮތް: ކުރީގެ އެތުރުމުގެ 9 އާއި 5 ބަދަލުކޮށްލާށެވެ. އަދި 3 ވަނަ ގޮތް 1 އާއި 3 ބަދަލުކޮށް ލާށެވެ.

66=10–(2÷3 *1)+11-7-(6*12)+9+(8÷4*13)+5

66=10–(2÷1 *3)+11-7-(6*12)+9+(8÷4*13)+5

66=10–(6÷8 *3)+11-7-(2*12)+9+(1÷4*13)+5

66=10–(4÷8 *7)+11-1-(2*12)+6+(3÷9*13)+5

66=10–(4÷8 *7)+11-5-(2*12)+9+(1÷3*13)+6

މިއީކުއޭޝަންގެ ޖަވާބު ލިބޭ އަދިވެސް އިތުރު ބައިވަރު ގޮތްތަކަށް ނަމްބަރުތައް އެތުރިދާނެއެވެ. ހިތްވަރުކޮށްލާށެވެ. 120 ގޮތަށް މިނަމްބަރުތައް އަތުރައި ޖަވާބު  ދިމާކުރެވިދާނެ ކަމަށް ބެލެވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު