5 އޭޕްރީލް 2020 ( އާދީއްތަ )

banner

ދައުލަތުގެ ބަޖެޓް 2020

2020 ގެ ދައުލަތުގެ ބަޖެޓް 2

(ކުރީގެ ބަޔާއި ގުޅޭ)

2020 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި

(ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނާ) ހުންނާނޭ ކަމަށް ލަފާކުރެވެނީ 57 ބިލިއަން ރުފިޔާގައެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 58.4 ޕަސެންޓުއެވެ. މީގެ ތެރެއިން 28.6 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަނިއެވެ. އަދި 28.4 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނިއެވެ. 2020 ވަނަ އަހަރަށް ލަފާކޮށްފައިވާ ޖުމުލަ ދަރަނީގެ އަދަދަކީ 2019 ވަނަ އަހަރާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު އަދަދެއްކަން ފާހަގަކުރެވެއެވެ.

2019 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި (ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން) ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 75.4 ޕަސެންޓް ގައެވެ. ނަމަވެސް 2020 ވަނަ އަހަރު ނިމޭއިރު ދައުލަތުން ގެރެންޓީ ދީފާވާ ލޯނުތައް ހިމަނާގެން ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނޭ މިންވަރެއް ބަޖެޓުން ސާފުނުވާކަން ފާހަގަ ކުރެވެއެވެ. ވީމާ 2020 ވަނަ އަހަރުވެސް، ފާއިތުވެދިޔަ 3 އަހަރެކޭ އެއްފަދައިން އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ މިންގަޑު ކަމުގައިވާ 60 ޕަސެންޓު ގައި ހިފެހެއްޓިފައި ނުވާކަން ފާހަގަކުރެވެއެވެ.

2020 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ޕްރައިމަރީ ބެލެންސް (އިންޓްރެސްޓް ޚަރަދު ނުހިމަނާ) 3.8 ބިލިއަން ރުފިޔާއިން ދަރަނިވާނެ ކަމަށް ލަފާކޮށްފައިވާއިރު، އޯވަރޯލް ބެލެންސް (އިންޓަރެސްޓް ޚަރަދު ހިމަނައިގެން) 5.7 ބިލިއަން ރުފިޔާއިން ދަރަނިވާނެކަމަށް ލަފާކުރެވެއެވެ. މިއީ އޯވަރޯލް ޑެފިސިޓަށް ބަލާއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން 5.8 ޕަސެންޓްއެވެ.

2020 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް މައިގަނޑު ގޮތެއްގައި ހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުންނެވެ. މީގެ ތެރޭގައި ހިމެނެނީ، ބޭރުގެ ފަރާތްތަކަށް ބޮންޑު ނުވަތަ ސުކޫކް ވިއްކައިގެންނާއި މަޝްރޫއުތައް ހިންގުމަށް ނަގާ ލޯނުތަކުން ލިބޭ 6.5 ބިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރު ބޭރުގެ ފަރާތްތަކަށް ސުކޫކް ވިއްކައިގެން 4.6 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފައިވެއެވެ.

މިހިގާ 2019 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 5.7 އިންސައްތަ ކުރިއަރާނޭ ކަމަށް ބެލެވުނު ނަމަވެސް މިބަޖެޓާއެކު 2020 ވަނަ އަހަރުގެ އިގުތިސާދީ ދުވެލި ހުންނާނެކަމަށް ލަފާކުރެވެނީ 7.5 އިންސައްތާގައެވެ. މިއާއި އެކު ދައުލަތުގެ ރަސްމީ ރިޒާވު 2019 ވަނަ އަހަރު ނިމޭއިރު 636 މިލިއަން އެމެރިކާ ޑޮލަރުން، 2020 ވަނަ އަހަރު ނިމޭއިރު 819 މިލިއަން ޑޮލަރަށް އިތުރު ކުރުމަށް ބަޖެޓު އަމާޒު ކުރެވިފައި ވާކަން ފާހަގަ ކުރެވެއެވެ. އަދި 2023 ވަނަ އަހަރު ނިމޭއިރަށް ދައުލަތުގެ ރަސްމީ ރިޒާވު 1 ބިލިއަން ޑޮލަރަށް އިތުރު ކުރަން މަސައްކަތް ކުރުމަށް ރޭވިފައިވެއެވެ.



ކިޔުންތެރިންގެ ޚިޔާލު