20 ޖުލައި 2019 ( ހޮނިހިރު )

ހުވަފެނީ “ފެނާއި ނަރުދަމާ ނިޒާމް”

ފުވައްމުލަކު ރައްޔިތުން މިއަދު އުއްމީދު ކުރަމުން ނުވަތަ ދެކެމުން އަންނަ އެންމެ ބޮޑު އެއް ހުވަފެނަކީ ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ވެގެން ދިއުމެވެ.

އިންތިހާބާއި ދިމާކޮށް ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކޮއްދޭނެ ކަމުގެ ފޮނި ވައުދުތަށް ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުން ފެށިގެން މިއަދާއި ހަމަޔަށް ވެރިކަން ކުރި ހުރިހާ ރައިސްން ދިޔައީ ފުވައްމުލަކު ރައްޔިތުންނަށް ވަމުންނެވެ. ނަމަވެސް މިއަދާއި ހަމަޔަށް ވެސް ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.

މިހާރުގެ ވެރިކަން ކުރާ ޕީޕީއެމް ސަރުކާރުން 2015 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމް އަނެއްކާވެސް ވަނީ ހިމަނާފައެވެ.

ބަޖެޓް ފޮތުގައި ވާގޮތުން ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ “ކުވައިތު ފަންޑު ފޯރ އަރަބި އިކޮނޮމިކް ޑިވެލޮޕްމަންޓް” އިން ލޯނެއް ނަގައިގެންނެވެ. އަދި މި މަޝްރޫއަކީ މިހާރި ހިގަމުން އަންނަ މަޝްރޫއެއް ކަމަށް ބަޖެޓްގައި ވަނީ ހިމަނާފައި އެވެ.

ނަމަވެސް ހަޤީގަތަކީ ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމް އެއްވެސް މަސައްކަތެއް މިއަދާއި ހަމަޔަށް ހިގަމުން ގޮސްފައި ނުވާކަމެވެ. ސާވޭއް ނުވަތަ ފުވައްމުލަކު ކައުންސިލަކަށް މަޝްރޫއާއި ބެހޭ ސިޓީއެއް ފޮނުވާލުމަކުން މަޝްރޫއު ހިނގަމުން ދާކަމަކަށް ނުބެލެވޭނެއެވެ. މި ގޮތަށް ބެލެވޭނަމަ ފުވައްމުލަކު ނަރުދަމާގެ ނިޒާމްގެ މަސައްކަތް ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން އަންނަނީ ހިގަމުންނެވެ.އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.

ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން،ފުވައްމުލަކު އުތުރު ދައިރާގެ މަޖްލިސް މެމްބަރ އަލީ ޝާހު ވިދާޅުވިގޮތުގައި ފުވައްމުލަކު ރައްޔިތުން އުއްމީދު ކުރަމުން އަންނަށް ފެނާއި ނަރުދަމާ ނިޒާމްގެ، މައްސަލައަށް ހައްލެ މާތްﷲ ގެ އިރާދަފުޅާއި މިންވަރުފުޅާއި އެކު 2015 ވަނަ އަހަރު ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ޤަބޫލް ކުރަންޖެހޭނެކަމަށެވެ.

ކޮންމެ އަކަސް އަޅުގަޑުމެން, އެންމެންގެ އުއްމީދަކީ ދިގު ދެމިގެން މިދާ, ސާވޭތަށް ނިމި ފުވައްމުލަކު ރައްޔިތުންގެ ހުވަފެނީ “ފެނާއި ނަރުދަމާ ނިޒާމް” ހަޤީގަތަކަށްވެ، އަމަލީ މަސައްކަތް 2015 ވަނަ އަހަރު ފެށިގެން ދިއުމެވެ. އަދި 2015 ވަނަ އަހަރުގެ ބަޖެޓް އަކީ ފުވައްމުލަކު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެނިވި ބަޖެޓަކަށް ވުމެވެ.


ކިޔުންތެރިންގެ ޚިޔާލު