A wide advertisement which will be shown on all devices. (700 x 100)

ފުނާޑު ޑިވަލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީން “ކަންނަ” ބްރޭންޑް ތައާރަފްކުރަނީ

ފުނާޑު ޑިވަލޮޕްމެންޓް ކޯޕަރޭޓިވް ސޮސައީޓީ އިން “ކަންނަ” ބްރޭންޑުގެ ނަމުގައި ބްރޭންޑެއް ނެރުމަށް ތައްޔާރު ވަމުން އެބަދެއެވެ.

އެސޮސައިޓީގެ މި ދައުރުގެ ޗެއާރޕާސަން އަޙްމަދު ޝަފީޤް މިކަލް ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ” ކަންނަ” ނަމުގައި މާރކެޓަށް ނެރޭ މިބްރޭންޑްގައި ނެރުމަށް ހަމަޖެހިފައިވަނީ ތެލުލިއަލަ ކަމަށެވެ. މި ގޮތުން ފުރަތަމަ 2 ބާވަތެއްގެ ތެލުލިއަލަ ނެރުމަށް ހަމަޖެހިފައިވެއެވެ. އެއީ ފޮނި ތެލުލި އަލަ އާއި އާދައިގެ ތެލުލި އަލައެވެ. މި 2 ބާވަތުގަވެސް 100ގ އާއި 50ގ މާރކެޓް އަށް ނެރުމަށް ހަމަޖެހިފައިވެއެވެ.

މި އުފެއްދުންތަށް އުފެއްދުމަށް ބޭނުންވާ އެންމެހާއި މެޝިނަރީސްތަކެއް މިހާރު ލިބި ސެޓަޕް ހެދިފައިވާކަމަށް ފުނާޑު ޑިވަލޮޕްމެންޓްް ކޯޕަރޭޓިވް ސޮސައީޓީ ވިދާޅުވިއެވެ.

290 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ފުނާޑު ޑިވަލޮޕްމެންޓްް ކޯޕަރޭޓިވް ސޮސައީޓީ ގެ މެމްބަރުންނަށް “ކަންނަ” ބްރޭންޑް އުފެއްދުންތަށް އުފެއްދުމަށް ބޭނުންވާ އޮޅުއަލަ ވިއްކުމުގެ ފުރުސަތު އެބައޮތްކަމަށް އެ ސޮސައިޓީއިން ވިދާޅުވިއެވެ. “ކޮންމެ ބޭފުޅަކަށްވެސް އަޅުގަޑުމެންގެ މެމްބަރަކަށް ވެވިދާނެ، އަޅުގަޑުމެން އޮޅުއަލަ ގަންނާނީ ހަމަ އެކަނި މި ސޮސައިޓީގެ މެމްބަރުން އަތުން” ޝަފީގު ވިދާޅުވިއެވެ.

ޝަފީގު އިތުރަށް ވިދާޅުވި ގޮތުގައި މެމްބަރުން އަތުން، ވަގުތުން ފައިސާ ދޭ ގޮތަށް، އޮޅުއަލަ ގަންނާނީ އާންމުކޮށް ފުވައްމުލަކުން އޮޅުއަލަ ވިއްކާ އަގަށް ވުރެ ބޮޑުކޮށް، 13 ރުފިޔާއަށް ކިލޯއެއްގެ މަގުން ކަމަށެވެ. މީގެ އިތުރުން ކޮންމެ އަހަރުކުގެ މި ބްރޭންޑްގެ އުފެއްދުންތަށް ވިއްކައިގެން ލިބޭ ފައިދާ، އެ ސޮސައިޓީގެ ބޯރޑުން ނިންމާގޮތެއްގެ މަތިން މެމްބަރުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ކަންނަ” ބްރޭންޑް ގެ އުފެއްދުންތަށް ވިއްކުމަށް ހަމަޖެހިފައިވަނީ ޑިއުޓީ ފުރީ ޝޮޕް ތަކުންނާއި ރިސޯރޓްތަކަށެވެ. “ކުރިޔަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ރިސޯޓްތަކުގައި ތިބި ގެސްޓުންނަށް އަޅުގަޑުމެންގެ މި ބްރޭންޑްގެ އުފެއްދުންތަށް ލިބިިގެންދާނެ” ޝަފީގް ވިދާޅުވިއެވެ.
އިތުރަށް އެނާ ވިދާޅުވިގޮތުގައި ލޯކަލް މާރކެޓަށް މި ބްރޭންޑް ގެ އުފެއްދުންތަށް ނުނެރުނީ މިކަމަކީ ފުޅާދައިރާ އެއްގައި ކުރާ ކަމަކަށް ވެފައި، ގޭގައިތިބެގެން އެކަނިވެރި މައިން އުފައްދާ އޮޅުއަލައިގެ އުފެއްދުންތަކަށް އޮތް މާރކެޓް ގެއްލިދާނެތީ ކަމަށެވެ.

“ކަންނަ” ބްރޭންޑް ގެ އޮޅުއަލައިގެ އުފެއްދުންތަށް، އުފެދުމުގެ މަގްސަދު ތަކުގެ ތެރޭގައި ފުވައްމުލަށް އިޝްތިހާރު ކުރުމާއި ފުވައްމުލަކުގައި ފުޑް ސެކިއުރިޓީއެއް ގާއިމްކުރުމަށް ބާރު އެޅުންވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން އާންމުކޮށް ހުޅުވާލައިގެން ކޮންމެ މަހަކު ޓްރޭނިން ޕްރޮގުރާމްތަކެއް ހިންގުމަށް ފުނާޑު ޑިވަލޮޕްމެންޓް ކޯޕަރޭޓިވް ސޮސައީޓީ އިން ވަނީ ނިންމާފައެވެ. މި ގޮތުން މި ސެޕްޓެމްބަރ މަހުގެ 26 އިން 30 ގެ ނިޔަލަށް، ލީޑަރޝިޕް ޓްރޭނިން ޕްރްގުރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިއަންނަ އޮކްޓޯބަރ މަހުގެ 26 އިން 30 ގެ ނިޔަލަށް ދަނޑުވެރިކަމުގެ ޓްރޭނިން ޕްރޮގުރާމެއްވެސް ފުނާޑު ޑިވަލޮޕްމެންޓް ކޯޕަރޭޓިވް ސޮސައީޓީ އިން ހިންގުމަށް ހަމަޖެހިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !