A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް ޕްރައިމަރީ ޖެނުއަރީ 27ގައި ބާއްވަނީ

ފުވައްމުލަކު ސިޓީ ކައުނސިލްގެ ގޮނޑިއަށް ޕީޕީއެމްގެ ކެނޑިޑޭޓުން.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕްރައިމަރީ ފުވައްމުލަކުގެ ދެ ދައިރާއެއްގައި މިމަހު 27 ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އިތުބާރުހުރި ޕީޕީއެމްގެ އިސް ފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކުގައި ޕްރައިމަރީ ބާއްވަނީ އުތުރު ދާއިރާ އާއި މެދު ދާއިރާގައެވެ.

އުތުރު ދާއިރާއިން ޕްރައިމަރީގައި ވާދަކުރަނީ ހޯދަޑަށް ނިސްބަތްވާ ދެ ކެންޑިޑޭޓުންނެވެ. އެއީ ހަމަދު އަބްދުއްﷲ ވާރުތަ އާއި މުޙައްމަދު އަސްލަމު އެވެ. މި ދެ ކެންޑިޑޭޓުންގެ ކެމްޕޭން ވާދަވެރިކަން ފެންނަނީ ވަރަށް ބޮޑުކޮށެވެ. ނަމަވެސް މިކަލް ނޫހާއި ވާހަކަދެއްކި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިދާއިރާގެ ޕީޕީއެމް ކެނޑިޑޭޓަކަށް ވާނީ ހަމަދުއެވެ. އެފަރާތްތަކުން ހާމަކުރައްވާ ގޮތުގައި އެއިގެ ސަބަބަކީ ޕީޕީއެމްގެ އެންމެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ދަޑިމަގުގެ ބޮޑު ސަޕޯޓެއް ހަމަދުއަށް ލިބިފައި އޮތުމާއި ހަމަދުއަކީ ހޯދަޑު އަދި ދިގުވާނޑު އަވަށަށް ވެސް ނިސްބަތްވާ މީހަކަށް ވާތީއެވެ.

ނަމަވެސް އަސްލަމު (ކަސްޓަމާ) ގެ ސަޕޯޓަރުން ހާމަކުރާ ގޮތުގައި އަސްލަމު ވަނީ ގިނަ އަދަދެއްގެ ބަޔަކު ޕާޓީއަށް ރަޖިސްޓްރީކޮށްފައި ކަމުން ކުރީގައި އަވަށްތަކުން ފެނުނު، ޕީޕީއެމް މެންބަރުންގެ ނިސްބަތް ބޮޑުތަން ބަދަލުވެފައި ވުމުން އިންތިޚާބު އަސްލަމުއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަތް ކަމަށެވެ.

ރަށުތެރޭގެ ޚަބަރުތަކަށް ބަލާއިރު އުތުރު ދާއިރާގެ މަޖުލިސް މެންބަރު ސަޕޯރޓު ކުރަނީ ހަމަދުއަށެވެ. އަދި ހަމަދު ފަސޭހަކަމާއެކު މިޕްރައިމަރީ ކާމިޔާބު ކުރާނެ ކަމަށް ވެއެވެ.

މެދު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރަނީ މާދަޑު އަވަށުން އާމިނަތު ޝެހެނާޒު ދިރާސާ، މާދަޑު އާއި މާލެގަމު އަވަށުން މުޙައްމަދު މާލިކު މިސްރު، މާލެގަމު އެވެ. މި ދެ ކެންޑިޑޭޓުންގެ ވެސް ކެމްޕެއިން ވަދަވެރިކަން ވަކި ކުޑައެއް ނޫންކަމަށް ވެއެވެ. ރަށުތެރޭގެ އާއްމު ޚަބަރުތަކަށް ބަލާއިރު މެދު ދާއިރާގެ މަޖުލިސް މެންބަރު ތާއިދު ކުރައްވަނީ މާލިކު އަށެވެ. އަދި ފަސޭހަކަމާއެކު މާލިކު ޕްރައިމަރީން ހޮވޭނެކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

ނަމަވެސް ޝެހެނާޒުގެ ސޯޝަލް މީޑިއާ ކެމްޕޭން މާ ވަރުގަދަ ކަމަށް ވެއެވެ. އަދި މާލެގަމަކީ ކުޑަ އަވަށަކަށް ވެފައި ޕާޓީއާއަށްޓަކައި ޝެހެނާޒު ވެފައިވާ ބޮޑެތި ގުރުބާނީ ތަކުން މިސްކިތްމަގުގެ ގިނަބައެއްގެ ސަޕޯޓު ލިބި މާދަޑުން ޕީޕީއެމް އެއްކޮށްހެން ލިބުމުން ޝެހެނާޒަށް ވެސް މިޕްރައިމަރީ ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑައެއް ނޫނެވެ.

ޕީޕީއެމް ފުވައްމުލަކުގެ ދެކުނު ދާއިރާއިން ޕްރައިމަރީއަކާއި ނުލައި އަލީ ޝަޒީމު ވަނީ ކެންޑިޑޭޓް ކަން ކަށަވަރުކޮށްފައި ކަމަށް ވެއެވެ. ނަމވެސް އެކަމުގައި ގާނޫނީ ގޮތުން އޭނާއަށް އަދި ދަތިތަކެއް ހުރިކަމަށް ވެއެވެ.

ޕީޕީއެމް ޕްރައިމަރީގެ ކެމްޕޭން ޕޯސްޓަރުތަކުން ފެންނަ ގޮތުގައި ހަމަދުއާއި މާލިކު އަދި ޝަޒީމު އެއްކޮށް ތިބެގެން ނަގާފައިވާ ކެމްޕެއިން ފޮޓޯތައް ސޯޝަލް މީޑީއާގައި ދުވަސްކޮޅަކު ވަރަށް އާއްމު ވެގެން ވެސް ދިޔައެވެ. އެދުވަސްވަރު ބޮޑަށް ކިޔެމުން ގޮސްފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގައި ޕޮއިންޓް ދޭ އުސޫލުން ޕޮއިންޓު ދީގެން ހަމަދުއާއި މާލިކު އަދި ޝަޒީމަށް ކެންޑިޑޭންސީ ޔަގީން ވެފައިވާ ކަމަށް ވެސް ބުނެވުނެވެ. އަދި ޕްރައިމަރީ ނުބާއްވާ ގޮތަށް ޕީޕީއެމުން ނިންމާފައިވާ ކަމަށް ވެސް ވާހަކަ ދެކެވުނެވެ. 

މިހާރު ހިނގަމުންދާ މަޖުލިސް އިންތިޚާބުގެ ކުރިން ވެސް ޕީޕީއެމް ޕޮއިންޓް ދީގެން، ޕްރައިމަރީ ނުބާއްވާ ގޮތަށް ވާހަކަ ދެކެވި އުތުރު ދާއިރާގެ ޕިޕީއެމް މެންބަރުންގެ ދެބަސްވުން ތަކަކަށް ފަހު އެންމެ ފަހުން ޕްރައިމަރީ ބޭއްވީއެވެ. އެފަހަރު ޕްއިމަރީ ބޭއްވުމުން ކެންޑިޑެންސީ ލިބުނީ ޕޮއިންޓް މަދުން ލިބުނު ޝާހުއަށެވެ. އަދި ޝާހު ވަނީ އެގޮނޑި މަޖުލިސް އިންތިޚާބުގައި ކާމިޔާބު ކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !