A wide advertisement which will be shown on all devices. (700 x 100)

ފެނާއި ނަރުދަމާގެ މަސައްކަތް ކުރިން ތާވަލްކޮށްފައިވާ މުއްދަތައް ނިމޭނެ

ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް މިދިޔަ އޮކްޓޫބަރު 2016ގައި ބޭއްވުނު ޖަލްސާގެ ތެރެއިން

މިދިޔަ އޮކްޓޫބަރު މަހު އަމަލީ މަސައްކަތް އިފްތިތާހު ކުރި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިން ތާވަލް ކޮށްފައިވާ ތާރީޚަށް ނިމޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި ހަވާލާދީ ޕަބްލިކް ސާވިސް މީޑިއާ އިން ހާމަކުރެއެވެ. 

މިދިޔަ އޮކްޓޫބަރު މަހު 9 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމަކީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ގައީމު ކުރެވޭ އެންމެ ބިޔަ ބޮޑު ފެނާއި ނަރުދަމާގެ ނިޒާމު ކަމަށާއި، މި މަޝްރޫއަށް 300 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހަރަދުވެގެން ދާނެ ކަމަށާއި އަދި މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭ ވަރުވާނެ އެވެ.

ނަމަވެސް ޕަބްލިކް ސާވިސް މީޑިއާ އިން ރިޕޯޓްކޮށްފައިވަނީ މިމަސައްކަތް ނިންމުމަށް ތާވަލްކޮށްފައިވަނީ 21 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް، ރޭވިފައިވާ ގޮތަށްވުރެ ލަސްވި ނަމަވެސް، މިހާރު އެމަސައްކަތް ކުރިން ކަނޑައެޅުއްވި ތާވަލާ އެއްގޮތަށް ކުރިޔަށް އެބަގެންދެވޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ހަވާލާދީ ޕަބްލިކް ސާވިސް މީޑިއާއިން ހާމަކުރެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ލަސްވާގޮތް ދިމާވީ، މަޝްރޫޢަށް ބޭނުންވާ ތަކެތި ހިފައިގެން އެރަށަށް ދަތުރުކުރި ބޯޓު ފަރަށް އެރުމުގެ ޙާދިސާގެ ސަބަބުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޒާހް މުޙައްމަދު ރަފީޢު ވިދާޅުވީ، މިމަޝްރޫޢުގެ މަސައްކަތުގެ ހަތެއް އިންސައްތަ މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދެ ޕަމްޕް ސްޓޭޝަނާއި ވިހި ކިލޯ މީޓަރުގެ ވެކިއުމް ނެޓްވޯކަކާއި އެއްތިރީސް ކިލޯ މީޓަރުގެ ވެކިއުމް ސްޓޭޝަން ގްރެވިޓީ ނެޓްވޯކެއް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި 308 މީޓަރުގެ ސީ އައުޓްފޯލަކާއި ފަސްސަތޭކަ ނުވަދިހަފަސް މީޓަރުގެ ވެކިއުމް ޗެމްބަރެއްވެސް ޤާއިމްކުރައްވާނެއެވެ. މި މަސައްކަތްތައްވެސް މިހާރު ކުރިޔަށް އެބަގެންދަވައެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރައްވާ ފެނުގެ ނިޒާމްގައި ދުވާލަކު ފަސް ސަތޭކަ ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓާއި، ހެޔޮ އަގުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަތޭކަ ދިހަ ކިލޯ ވޮޓްގެ ސޯލާ ނިޒާމެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !