A wide advertisement which will be shown on all devices. (700 x 100)

ފްރެންޗް ރިވިއެރާ އަކީ ކޮންތަނެއް

ފްރެންޗް ރިވިއެރާ ދިވެހިންގެ ތެރޭގައި މަގުބޫލު ތަނަކަށް ނުވިނަމަވެސް އެތަނަކީ ހުޅަގުގެ ދަތުރުވެރިކަމަށް މަޝްހޫރު އައްސޭރި ފަށެކެވެ. އިޓަލީ އިން ފެށިގެން ފްރާންސްގެ އިރު ދެކުނު މިއައްސޭރި ފަށަކީ ޔޫރަޕާއި އެމެރިކާގެ ގިން މަހުޖަނުންތަކެއް ޗުއްޓީ ހޭދަކުރާ މަންޒިލެކެވެ. ނަމަވެސް، ދިވެހިން ސިއްސުވާލީ ފ. އަތޮޅު ތަރައްގީ ކުރަނީ ފްރެންޗް ރިވިއެރާ ތަރައްގީކޮށްފައިވާ މޮޑެއްއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުންނެވެ.

ފްރެންޗް ރިވިއެރާ އަކީ ރަސްމީވަކި ބޯޑާލައިނެއް ކުރެހިފައިވާ ސަރަހައްދަކަށް ނުވި ނަމަވެސް މިސަރަހައްދު ގުނަނީ ފްރާންސްގެ އިރު ދެކުނުން އިޓަލީ އިން ފެށިގެން، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް މޮނާކޯ އާއި ނީސް އާއި ސެއިންޓް ޓްރޮޕޭޒް ހިމަނައިގެނެވެ. މިސަރަހައްދަކީ ދުނިޔޭގެ ބޮޑެތި މަހުޖަނުން ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތް ކުރާ ސަރަހައްދަކަށް ވުމުގެ އިތުރުން އަގުބޮޑެތި ޔޮޓް މެރީނާތައް އެކުލެވިގެންވާ ސަރަހައްދެކެވެ. 

ގާތްގަޑަކަށް ދެ މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ފްރެންޗް ރިވިއެރާގެ އެންމެ އާބާދީ ބޮޑު ސިޓީއަކީ ނީސް އެވެ. ނީސްގެ އެއާޕޯޓަކީ ފަރަންސޭސިވިލާތުގެ ތިންވަނައަށް އެންމެ ކާރޫބާރޫ ބޮޑު އެއާޕޯޓްވެސް މެއެވެ. 

ފްރެންޗް ރިވިއެރާގެ ޔޮޓް މެރީނާތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޔޮޓް މެރީނާތަކެވެ. އެގޮތުން ދުނިޔޭގެ އަގުބޮޑެތި ޔޮޓްފަހަރުގެ 50 އިންސައްތަ ޔޮޓްފަހަރަށް ރިވިއެރާއިން ޚިދުމަތްދެއެވެ. މީގެ އިތުރުން ދުނިޔޭގެ އަގުބޮޑެތި ޔޮޓްފަހަރުގެ 90 އިންސައްތަ ޔޮޓް ފަހަރު އުމުރުން އެއްފަހަރު ނަމަވެސް ރިވިއެރާއަށް ޒިޔާރަތްކުރެއެވެ. 

ފްރެންޗް ރިވިއެރާގެ މަޝްހޫރު އަނެއް ސިޓީއަކީ މޮނާކޯއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ކުޑަ ދައުލަތް ކަމަށްވާ މޮނާކޯ ވަށައިގެން ފްރާންސް އޮންނައިރު މޮނާކޯގައި އޮންނަނީ ވިރާސީ ރަސްކަމެކެވެ. ދުނިޔޭގެ އެންމެ މުއްސަދިއެއް ގައުމުގެ ގޮތުގައި ރިކޯޑްކުރެވިފައިވާ މޮނާކޯގެ ބޮލަކަށް ޖެހޭ އާމްދަނީ (ޖީޑީޕީ ޕާ ކެޕިޓަލް) 2013 ގައި ވަނީ 78 ހާހަށްވުރެ މަތިން ރެކޯޑް ކުރެވިފައެވެ. މޮނާކޯއިން އިންކަމް ޓެކްސް ނުނަގާ އިރު އެހެނިހެން ޓްކްސްތައް ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވުރެ އާންމު ގޮތެއްގައި އެތައްގުނައެއް ކުޑައެވެ. 38 ހާހެއްހާ މީހުން ދިރިއުޅޭ މޮނާކޯގެ ވަޒީފާނެތް މީހުންގެ ނިސްބަތް އުޅެނީ 2 އިންސައްތައަށްވުރެ ދަށުގައެވެ. 

ފްރެންޗް ރިވިއެރާ މަޝްހޫރުވެގެންދަނީ އަހަރު 300 ދުވަހަށްވުރެ ގިނަ ދުވަހު އިރުގެ ދޯދިތައް ލިބެމުންދާތީއެވެ. 115 ކިލޯ މީޓަރުގެ ދިގު ގޮޑުދޮށެއް ލިބިފައިވާ ރިވިއެރާ ގައި 18 ގޮލްފް ކޯސްގެ އިތުރުން 3000 އަށްވުރެ ގިނަ ރެސްޓޯރަންޓް ހުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !