މިހާރު ފުވައްމުލަކުގައި ފާހަނގަ ކުރަމުންދާ ޤައުމީ އެންޓި-ކޮރަޕްޝަން ހަފުތާގެ ހަރަކާތްތަކުގައި ހިމެނޭ ޓީޗަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ހަރަކާތަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ނަޒާހަތްތެރިކަން އިތުރުކުރުމާއި އެކަޑެމިކް އިންޓެގްރިޓީ އިތުރުކުރުމުގެ ގޮތުން ވަކިވަކިން ކުރިއަށް ގެންދެވޭ ދެ ހަރަކާތެކެވެ.
ފުވައްމުލަކުގެ ބޮޑު 4 ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް އަމާޒު ކުރެވިފައިވާ ހަރަކާތް ކޮންމެ ސްކޫލެއްގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ވަކިވަކިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ސެޝަންތަކުގައި ސެޝަންތައް ނަގައިދެއްވާނީ އެންޓި-ކޮރަޕްޝަނުގެ ކޮމިޝަނުގެ މުވައްޒަފުންނެވެ.
މިޕްރޮގްރާމުގައި އާންމު ޚިދުމަތުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާއި، އެކަޑެމިކް އިންޓެގްރިޓީގައި ހިމެނޭ މައިގަނޑު އަސާސްތަކާއި، ދަރިވަރުންގެ ކިބައިގާ ނަޒާހަތްތެރިކަން އާލާކުރުވުމާއި، ސްކޫލްތަކުގައި ނަޒާހަތްތެރިކަން އާލާކުރުވުމާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވޭނެ ކަމަށް އޭސީސީން ހާމަކުރެއެވެ.
ރާއްޖޭގެ އެންޓި-ކަރަޕްޝަން ދުވަހުގެ ގޮތުގައި ފާހަނގަ ކުރަނީ އޭޕްރީލް 21 ވަނަ ދުވަހެވެ. އެއީ ފުރަތަމަ ފަހަރަށް އެކޮމިޝަން އުފެދުނު 21 އޭޕްރީލް 1991 ވަނަ ދުވަހަށް ނިސްބަތް ކޮށެވެ.
ގުޅޭ ލިޔުން:
އެންޓި-ކޮރަޕްޝަން ދުވަސް 2016: ކުއިޒް މުބާރާތް ޏ. އޭއީސީ ން ކާމިޔާބުކޮށްފި
ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޤުރުއާން މުބާރާތް ފުވައްމުލަކު ސްކޫލުގައި މިއަދު ހެނދުނު ފަށައިފި
ގައުމީ އެންޓި ކަރަޕްޝަން ދުވަހުގެ ކުއިޒް މުބާރާތް ހޭޒްގައި ފަށައިފި
އެންމެ ފުރަތަމަ ނަޒާހަތްތެރި ވާންޖެހެނީ އޭސީސީ – އެމްޑީޕީ ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް ސައީދު
ޚިޔާލުތައް