A wide advertisement which will be shown on all devices. (700 x 100)

ސްކޫލް ލީޑަރުންގެ ފަންނުވެރިކަން އިތުރުކުރުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފި

ފުވައްމުލަކު ޓީއާރުސީގައި ކުރިޔަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމެއްގެ ތެރެއިން.

ސްކޫލް ލީޑަރުންގެ ފަންނުވެރިކަން އިތުރު ކުރުމަށް 3 ދުވަހުގެ ވޯކްޝޮޕެއް މިއަދު ފުވައްމުލަކު ޓީއާރުސީގައި ފަށައިފިއެވެ. މިވޯކްޝޮޕްގައި ހުވަދު އަތޮޅާއި މާލެ އަތޮޅު އަދި ފުވައްމުލަކުން 30 ލީޑިން ޓީޗަރުން ބައިވެރިވެއެވެ. މިއީ ދިވެހި ޕްރިންސިޕަލުން އިތުރުކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ވޯކްޝޮޕެއް ކަމަށް އެޑިއުކޭޝުން މިނިސްޓްރީން ހާމަކުރެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ތިބި ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް އުޅެނީ %46 ގައެވެ.

ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގެ ގޯތިތެރޭގައި ހުރި ޓީއާރުސީގައި ކުރިޔަށްގެންދާ މިވޯކްޝޮޕްގައި ކިޔަވައި ދެއްވަނީ މެލޭޝިއާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުންނެވެ. މިތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާތަކުން ލީޑިންގޓީޗަރުންގެ ހުނަރު އިތުރުކުރުމަށެވެ.

މިވޯކްޝޮޕްގެ އިތުރު 3 ބުރެއް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. 

ޕްރިންސިޕަލުންނަށް އިތުރު ތަމްރީނު ހޯއްދަވައި ދިނުމުގެ ގޮތުން 69 ޕްރިންސިޕަލަކަށް މެލޭޝިއާގެ ޔުނިވަރސިޓިތަކާއި ގުޅިގެން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުތަކެއް
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !