ކުންފުނިތަކާއި އޮފީސްތަކަށް ހުޅުވާލައިގެން ފުވައްމުލަކު ޔޫތު އެންޑް ސްޕޯރޓްސް ޑެވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އިން ރޭ ފެށުމަށް ހަމަޖެހިފައި އޮތް “މާދަޑު ކައުންސިލް އަފުންގެ ބަހަ ބަހުޘް މުބާރާތް 2016” މިރެއަށް ފަސްކޮށްފިއެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ފުރަގަހުން ޔޫތު ސެންޓަރުގެ ސްޓޭޖުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބަހުޘް ފެށުމަށް ހަމަޖެހިފައި އޮތްގަޑީގައި ވާރޭ ވެހުމުގެ ސަބަބުން ރޭގެ ބަހުޘް ކެންސަލްކޮށް އަލުން އިންޑޯ ހޯލަކަށް ބަދަލުކުރުމަށް ފަހު މިރޭ ބަހުޘް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފިސްޑާއިން ހާމަކުރެއެވެ.
ޖުމަލަ 8 ޓީމު ބައިވެރިވެފައިވާ މިމުބާރާތް ކުރިއަށްދަނީ ދެގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލްގައި ބައްދަލު ކުރާ އުސޫލުންނެވެ.
ފުވައްމުލަކު ބަހުން ބަހުޘް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފެނަކަ ކޯޕަރޭޝަނާއި، މިސްކިތްމަގު ކައުންސިލާއި، ދަޑިމަގު ކައުންސިލާއި، އަތޮޅު ކައުންސިލެވެ. ގްރޫޕް ބީގައި ހިމެނެނީ ހޭޒް (ހާފިޒު އަހުމަދު ސްކޫލް) އާއި ފުވައްމުލަކު ސްކޫލާއި، އެމްޖޭއެމް އާއި ޏ.އޭއީސީ( ޏ.އަތޮޅު ތައުލީމީ މަރުކަޒު) އެވެ.
ޚިޔާލުތައް