A wide advertisement which will be shown on all devices. (700 x 100)

އަބުރުގެ ބިލާއި ދޭތެރޭ އާންމުންނާއި މުއައްސަސާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ދިގުވާނޑު ކައުންސިލުން ގޮވާލައިފި

ދިގުވާނޑު ކައުންސިލްގެ ރައީސް އެއަވަށުގައި ހުޅުވި ލައިބްރަރީގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލަށް އާންމު ރައްޔިތުންނާއި މުއައްސަސާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުގެ ތިން މެމްބަރުންނަށް ދިގުވާނޑު ކައުންސިލުން ގޮވާލައިފިއެވެ. 

މިބިލާއި ނުރުހޭކަން ހާމަކޮށް ނޫސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން ބޭރުގެ ބޮޑެތި ގައުމުތަކުން އަޑުއުފުލަމުން ދިއުމާއި، މަޖިލީހުގެ ކޮމިތީއަށް ހާޒިރު ކުރެވުނު މުއައްސަސާތަކުން މިބިލާއިމެދު އެފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައިވަނިކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކޮށް ހުށަހެޅިފައިވާ ޚިޔާލުތައް ބަލައިނުގަތުމަށް ނިންމި ނިންމުމަކީ މިބިލުން ހަގީގަތުގައި ނެރެން ބޭނުންވާ ނަތީޖާ އާއި މެދު ސުވާލު އުފެދޭ ކަމެއްކަމަށްވެސް ދިގުވާނޑު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ދިގުވާނޑު ކައުންސިލްގެ ރައީސް މުހައްމަދު ޚާލިސް ޝަރީފު ސޮއިކޮށް މިއަދު ނެރުނު ނޫސްބަޔާނުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަށާއި މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދާއި އަދި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު އަށް ގޮވާލާފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެހެން މުއައްސަސާތަކުގެ ޙިޔާލާއި މަޝްވަރާ ހޯއްދަވައިގެން މިބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !