A wide advertisement which will be shown on all devices. (700 x 100)

ދިވެހިރާއްޖޭގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދު: އިންޝުއަރެންސް ކުރުން

އެލައިޑް އިންޝުއަރެންސްގެ ހަލް އިންޝުއަރެންސް ޕްރޮމޯޓްކުރުމަށް ފުވައްމުލަކުގައި ބޭއްވި ކައްޓެޅި ބޭނުމުގެ މުބާރާތުގެ ތެރެއިން، މިއިންޝުއަރެންސް އަންނަ ޖެނުއަރީން ފެށިގެން ނަގަންޖެހޭ

މިދިޔަ އަހަރު ނިމެނިކޮށް ގެޒެޓް ކުރެވުނު ދިވެހިރާއްޖޭގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފެންވަރަށާއި ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ގަވާއިދެކެވެ. މިގަވާއިދުގައި ބަޔާންކޮށްފައިވާ ގިނަ ކަންތައްތަކަކީ އަންނަ އަހަރު ޖެނުއަރީ 1 އަށް ފުރިހަމަ ކުރެވެންޖެހޭ ކަންތައް ތަކެކެވެ. މިރިޕޯޓަކީ އެފަދަ މައުލޫމާތުތައް އާންމުންނާއި ހަމައަށް ފޯރުކޮށް ދިނުމުގެ މަގުސަދުގައި އެކުލަވާލާ ރިޕޯރޓެކެވެ. މިރިޕޯޓްގައި އަލިއަޅުވާލުމަށް ގަސްދުކުރެވިފައި ވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދުގެ މުހިންމު ކަމަށް ފެންނަ ނުކުތާތަކަށް އެކަންޏެވެ.

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދުގެ އެންމެ މުހިންމު އެއް ނުކުތާއަކީ އިންޝުއަރެންސް ކުރުމެވެ. މިގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ނުވަތަ އަޅާފައިވާ ބާއްވައިގެން އޮޕަރޭޓް ކުރާ އުޅަނދުފަހަރު ގައި ޓްރާންސްޕޯރޓް އޮތޯރިޓީ އިން ގަބޫލުކުރާ މުއްދަތު ހަމަނުވާ އިންޝުއަރެންސް ޕޮލިސީ އެއް އޮންނަންވާނެ އެވެ.” މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން ޓްރާންސްޕޯރޓް އޮތޯރިޓީ އިން ގަބޫލުކުރަނީ ހަމައެކަނި އެލައިޑް އިންޝުއަރެންސް އިން ދޫކުރާ އިންޝުއަރެންސް ޕެކޭޖެކެެވެ.

އެހެންކަމުން، ކައްޓެޅި މަސްވެރިކަމަށް ނިކުންނަ އުޅަނދުފަހަރާއި މާލެ އާއި ފުވައްމުލަކާއި ދޭތެރޭ ދަތުރުކުރާ އުޅަނދުފަހަރާއި މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުފަހަރު ވެސް މި މާއްދާގެ ދަށުން 1 ޖެނުއަރީ 2017 އިން ފެށިގެން މިދެންނެވި ފަދަ އިންޝުއަރެންސް ޕެކޭޖެއް ނަގަންޖެހެއެވެ. މިޕެކޭޖް ޕްރޮމޯޓް ކުރުމަށް ދާދިފަހުން އެލައިޑް އިންޝުއަރެންސްގެ ޓީމެއް ވަނީ ފުވައްމުލަކަށް ދަތުރުކޮށް ކައްޓެޅި ބޭނުމުގެ މުބާރާތެއް ބާއްވާފައެވެ.

އިންޝުއަރެންސް އިތުރުން ދެން އެންމެ ފާހަގަކުރެވޭ ނުކުތާ އަކީ ފަޅުވެރިންނާއި ކެޕްޓަނުން ސަރޓިފައި ކުރުމުގެ ނުކުތާއެވެ. މިގަވާއިދުގެ 24 ވަނަ މާއްދާގެ ގައި ބުނާގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ގައި ދުއްވާ އުޅަނދުފަހަރު އެއުޅަނދުފަހަރު ދަތުރުކުރާ ކެޓަގަރީއަކާއި ގުޅޭ ގޮތުން ކެޕްޓަނާއި ފަޅުވެރިން ތިބެންވާނެއެވެ. އަދި އެފަރާތްތަކުގެ އަތުގައި އެކެޓަގަރީއަކާއި ގުޅޭ ފެންވަރުގެ ފާހެއް އޮންނަންވާނެއެވެ.

ފުވައްމުލަކާއި މާލެއާއި ދޭތެރޭ ދަތުރުކުރާ އޮޑިދޯނިފަހަރު ކެޓަގަރީ ކުރެވިފައިވަނީ އޭ ކެޓަގަރީ އަށެވެ. ސަބަބަކީ އެއޮޑިދޯނިފަހަރު ރާއްޖޭގެ އެތެރޭ ކަނޑުން ފެށިގެން 24 މޭލު ބޭރަށް ދަތުރުކުރަން ޖެހޭތީއެވެ. އެހެންގޮތަށް ދަންނަވަންޏާ ހުވަދޫ ކަނޑު ހުރަސްކުރަންޖެހޭތީއެވެ.

(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !