A wide advertisement which will be shown on all devices. (700 x 100)

ސިޓީއަކަށް ހެދުމަށް އެދި އެލްޖީއޭ އަށް އަތޮޅު ކައުންސިލުން ހުށަހަޅަނީ

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެލްޖީއޭ އަށް ހުށަހެޅުމަށް އަތޮޅު ކައުންސިލުން ނިންމައިފި އެވެ. ފުވައްމުލަކު އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައި ވާއިރު މިދިޔަ އަހަރު ޑިސެމްބަރ 4 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ތަޝްދީގު ކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 2010/7 ގެ 6 ވަނަ އިސްލާހާއިއެކު، 10 ހާހަށްވުރެ މަތީ އާބާދީގެ ރަށްތަކަށް ސިޓީއަކަށް ހެދުމުގެ ފުރުސަތު ހުޅުވެއެވެ.

އަތޮޅު ކައުންސިލް އިން މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވުނު އެކައުންސިލްގެ ބައްދަލުވުމުގައި ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ހޯދައިދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފަހުގައެވެ.

ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ލިބިގެން ދިއުމަކީ މިރަށުގެ ތަރައްގީއަށް އެޅޭ ކުރިމަގެއް ކަމަށް މެމްބަރުން ފާހަގަކުރެއްވި ކަމަށް ވެއެވެ. ނަމަވެސް، ސިޓީއެއްގެ ދަރަޖް ލިބުމާއިއެކު މިހާރު ތިބި 30 ކައުންސިލަރުން ތިން ކައުންސިލަރުންނަށް ބަދަލުވާނެއެވެ.

މީގެ އިތުރުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބުކުރާ ގޮތަށާއި 3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ފަސް ކައުންސިލަރުން އިންތިހާބުކުރާ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ. 

ރައްޔިތުންގެ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސް، 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ނުވަ މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުނިކޮށްފަ އެވެ.

މީގެ އިތުރުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބުކުރާ ގޮތަށާއި 3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ފަސް ކައުންސިލަރުން އިންތިހާބުކުރާ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ.

މިބަދަލާއިއެކު ފުވައްމުލަކުގައި ސިޓީ ކައުންސިލެއް ގާއިމު ނުކޮށްފިނަމަވެސް 9 ކައުންސިލަރުން ތިބޭނެއެވެ. ނަމަވެސް، ސިޓީ ކައުންސިލެއް ގާއިމުކޮށްފިނަމަ އެއަދަދު 3 އަށް މަދުވާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !