A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލުން ފުވައްމުލަކު ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާކޮށްފި

މިއަދު ހަވީރު އަތޮޅު ކައުންސިލުގައި ބޭއްވުނު ސައުންޑްސިސްޓމް ހަވާލުކުރެވުމުގެ ރަސްމިއްޔާތުގެ ތެރެއިން . ފޮޓޯ އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލުން ފުވައްމުލަކު ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ. މިއަދު ހަވީރު އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ފަރާތުން ސައުންޑް ސިސްޓަމް ހަވާލުކޮށްދެެއްވީ އަތޮޅު ކައުންސިލް މެމްބަރު އަހުމަދު އިސާމުއެވެ. އަދި ސައުންޑްް ސިސްޓަމާއި ހަވާލުވެ ވަޑައިގަތީ ފުވައްމުލަކު ސްކޫލުގެ ޕްރިންސިޕަލް ހަސަން ޒަރީރުއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން ފުވައްމުލަކު ސްކޫލާއި އެކު ކުރިން ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން، އެސްކޫލަށް ދަތިވެފައިވާ ކަމަކާއި ގުޅޭ ގޮތުން އޮޅުން ފިލުވުމުން، އެސްކޫލުން އެދުނީ ސައުންޑް ސިސްޓަމެއްގެ ވާހަކައަށް ކަމަށް ވުމުން، އަތޮޅު ކައުންސިލުން ނިންމީ އެސުކޫލަށް އެހީތެރިވުމުގެ ގޮތުން ސައުންޑް ސިސްޓމެއް ހަދިޔާ ކުރުމަށެވެ. މިއީ އެގޮތުން ހަދިޔާ ކުރެވުނު ސައުންޑް ސިސްޓމެއް ކަމަށް އަތޮޅު ކައުންސިލް މެމްބަރު އަޙުމަދު އިސާމު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކައުންސިލް މެމްބަރު އިސާމު ވިދާޅުވީ މިއަހަރު އެކައުންސިލުން ފުވައްމުލަކުގެ ތައުލީމަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް އަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ފުވައްމުލަކުގެ ބައެއް ފަރާތްތަކުން ވަނީ އަތޮޅު ކައުންސިލަކީ ހަމައެކަނި ކުޅިވަރުގެ ކަންތައްތައް ރަށުގައި ކުރާ ބައެއްތޯ ސުވާލު އުފައްދާފާއެވެ. އެހެނީ އަތޮޅު ކައުންސިލުން ގިނަގުނަ ކުޅިވަރު ހަރަކާތްތަކެއް ފުވައްމުލަކުގައި ރާވާ އިންތިޒާމުކޮށްގެން ކުރިޔަށް ގެންދަމުން ދެއެވެ.

އިސާމު އިތުރަށް ވިދާޅުވީ ކުޅިވަރަކީ ވެސް އުނގެނުމުގެ އެއްބައި ކަމަށާއި އެކަމަކީ ގިނަބައެއްގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މުހިންމު ބައިތަކެއް ފުރިހަމަކޮށްދޭ ކަންތައްތަކެއް ހިމެނެ ކަމަކަށްވާތީ އަތޮޅު ކައުންސިލްގެ ސްޕޯރޓްސް ކައުންސިލުން އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދާނީ ކަމަށެވެ.

މިދިޔަ އަހަރު އެމްޖޭއެމްގެ އައު އިމާރާތް ނިންމުމަށް ވެސް އަތޮޅު ކައުންސިލުން ތަފާތު ގިނަ ގޮތްގޮތުން މަސައްކަތް ކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މާލެއަށް ކުރެވުނު ދަތުރު ތަކުގައި އެމްބަސީތަކުގައި ވެސް އެކަމަށް އެހީވެދެއްވުމަށް އެދިފައިވާނެ ކަމަށާއި އަދި ފަހުން އެކިފަރާތްތަކުން އެހީތެރިވުމުގައި އަތޮޅު ކައުންސިލްގެ އާނ ބަހަކަށް އެދުމުން އެކަމަށް މަގުފަހިކޮށްދީފައި ވާނެކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވެސް އެކި ސްކޫލްތަކުން އެދިގެން ތަފާތު ކުދިކުދި އެހީތައް ވެދީފައި ވާނެކަމަށް ވެސް ވިދާޅުވިއެވެ. ސްކޫލްތަކުގެ ސެން ކްލާސްތަކަށް ވެސް އަތޮޅު ކައުންސިލުން އެހީތެރި ވެފައިވާނެ ކަމަށް އިސާމު ފާހަގަކުރެއްވިއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !