A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކާއި ދެކުނުގެ އޮތޮޅުތަކަށް އަމާޒުކޮށް ޔުނިވަރސިޓީގެ ކޯސްތައް ތިނަދޫގައި

މިސަރުކާރުގެ ނާއިބު ރައީސް ޖިހާދުއާއި ހައުސިން މިނިސްޓަރު މުއިއްޒު.

ފުވައްމުލަކާއި ދެކުނުގެ އަތޮޅު ތަކަށް އަމާޒުކޮށްގެން ގ.ދ ތިނަދޫގައި އިސްލާމިކު ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެއެވެ. ގ.ދ ތިނަދޫއަށް ނިސްބަތްވާ ނާއިބު ރައީސް އިސްކޮށް ހުންނަވާ މިސަރުކާރުގެ ސޯޝަލް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މިހާރު އިސްލާމީ ޔުނިވަސިޓީން ކޯސްތައް ހިންގަނީ ހަމައެކަނި މާލޭގައި އެކަނި ކަމަށެވެ. ނަމަވެސް އަތޮޅުތަކަށް އެ ޔުނިވަސިޓީގެ ކޯސްތައް ފުޅާ ކުރުމުގެ މަަސައްކަތް އެ ޔުނިވަސިޓީން ކުރަމުން އަންނަ ކަމަށެވެ.

އިސްލާމިކު ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށް ރޭވިފައި ވަނީ ތިނަދޫގައި އަލަށް ބިނާކުރަމުންދާ އިސްލާމިކު ސެންޓަރުގައެވެ. މިހާރުވެސް ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތިނަދޫގައި ހުރެއެވެ. އެކަމަކު ތިނަދޫއަކީ ފުވައްމުލަކާއި އައްޑުއަށްވުރެ އާބާދީގެ ގޮތުން އެތައް ތަނެއް ކުޑަ ރަށެކެވެ. ނަމަވެސް ރައީސް ޔާމީނުގެ 3 ވަނަ ނާއިބު ރައީސް، ޖިހާދުގެ ދައުރުގައި ތިނަދޫއަށް ތަރައްގީގެ އިތުރު ކުރިއެރުންތަކެއް ލިބެމުންދާކަން ފެނެއެވެ.

ތިނަދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމިގެ ޕްރޮޖެކްޓް މަސައްކަތެއް 1 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ދާދިފަހުން ވަނީ ގައުމީ ފެން ކުންފުނި ވޯޓަރ ސަޕްލައީ (އެމްޑަބުލިޔުއެސްއީ) އާއި ހަވާލުކޮށްފައެވެ. އަދި ބޯފެނާއި ނަރުދަމާގެ އިތުރުން މަގުހެދުމުގެ މަސައްކަތް ވެސް އައުމަށް ތައްޔާރަށް އޮތްކަމަށް ވެއެވެ.

ނަމަވެސް ފުވައްމުލަކަށް ނިސްބަތްވާ ދައުލަތުގެ އެންމެ އިސްވެރިންގެ ފަރާތުން ފުވައްމުލަކުން އަދި ވަނީ ތަރައްގީގެ ފާހަގަކުރެވޭ ވަރުގެ ކަމެއް ފެންނަ ގޮތް ނުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !