A wide advertisement which will be shown on all devices. (700 x 100)

އިތުރު ކުޅޭ ތަކެތި ހަރުކުރުމަށް ފަހު ދިގުވާނޑު ކުޑަކުދިންގެ ޕާކު “ކޮއްކޯމެން ޕާކް” ގެ ނަމުގައި އަލުން ހުޅުވާލަނީ

އާ ކުޅޭތަކެތި ބެހެއްޓުމަށްފަހު "ކޮއްކޯމެން ޕާކް" މިއަދު ހުޅުވާނެ.

ކުޅޭތަކެތި އިތުރަށް ބެހެއްޓުމަށް ފަހު ދިގުވާނޑު ކައުންސިލުގެ ކުޑަކުދިންގެ ޕާކު އަލުން މިއަދު ހުޅުވާނެކަމަށް ދިގުވާނޑު ކައުންސިލުން ވިދާޅުވެއްޖެއެވެ. “ކޮއްކޯމެން ޕާކް” ނަމުގައި ދިގުވާނޑު ކައުންސިލުން ހުޅުވި ކުޑަކުދިންގެ ޕާކަކީ މުޅިރަށުން ވެސް ފާހަގަކޮށްލެވޭ ފަދަ ގިނަ ރައްޔިތުން ބަލައިގަތް ކުޑަކުދިންގެ ޕާކެކެވެ. އަލަށް ތަކެތި ހަރުކުރުމުން މިޕާކު އިތުރަށް ފުރިހަމަ ވެގެން ދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދިގުވާނޑު ކައުންސިލަކީ ފުވައްމުލަކުގައި މިހާތަނަށް މިފަދަ އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކައުންސިލްކަން ފާހަގަކޮށް ލެވެއެވެ. އެގޮތުން އެކައުންސިލުން، މި ކުޑަކުދިންގެ ޕާކަކުގެ އިތުރުން އަރުއްފަންނުގައި ބާބެކިއު ހަދާލެވޭގޮތަށް ޕިކްނިކު ސަރަހައްދެއް ތައްޔާރުކޮށް އާއްމުންނަށް ހުޅުވާލާފައި ވެއެވެ. އަދި ޕަބްލިކް ލައިބްރަރީއެއްގެ ޚިދުމަތް އާއްމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.

ފުވައްމުލަކުގެ ކައުންސިލްތަކުން އެއް ކަންތައްތަކެއް ކުރާތީ ބައެއް އާއްމު ރައްޔިތުންގެ ކަންބޮޑުވުން ފާޅު ކުރަމުން ދެއެވެ. އެގޮތުން ރަށުގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ކައުންސިލެއް އޮންނައިރު ކޮންމެ ކައުންސިލަކުން ލައިބުރަރީ އެއްގެ އިތުރުން ކޮންމެ ކައުންސިލަކުން ކުޑަކުދިންގެ ޕާކެއް، ގާއިމު ކުރަން އުޅުން ފާހަނގަ ކުރެއެވެ. އޭގެ ބަދަލުގައި ކައުންސިލްތަކެއް ގުޅިގެން އެއް ޕާކު ހެދިއްޖެ ނަމަ އެޕާކުގެ ފެންވަރު ރަނގަޅުވެފައި ބެލެހެއްޓުމުގައި ދިމަވާ ގޮންޖެހުންތައް ލުއިވެގެންދާނެ ކަމަށް ގަބޫލުކުރެއެވެ.

ޕާކް ފަދަތަންތަނަކީ ވަކިބަޔަކަށް ހުޅުވާ ތަނެއް ނޫނެއެވެ. އާއްމުކޮށް އެންމެނަށެވެ. ރަށުންވެސް އަދި ރަށުން ބޭރުން ވެސް ކޮންމެ ފަރާތަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވޭ ޚިދުމަތެކެވެ. ލައިބްރަރީ އަކީ ވެސް މިފަދަ ޚިދުމަތެކެވެ. މިއީ ރަށުގެ ކައުންސިލަރުން ވިސްނާލުން މުހިންމު ކަމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !