A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީން 8 ސެޕްޓެންބަރު 2016 ގައި އާންމުކުރި މިންގަނޑުތައް ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވެފައިވާ ރަށަކީ ނުވަތަ ސަރަޙައްދަކީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ނުވަތަ ސަރަޙައްދެއްކަމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް، އެ ޤާނޫނުގެ 39 ވަނަ މާއްދާއިން ލިބިދީފައިވާއިރު، އެ ޤާނޫނުގެ ޖަދުވަލު 2 ގެ އެއްވަނަ ނަންބަރުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވެފައިވުމުގެ އިތުރުން، އެ ޤާނޫނުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން 8 ސެޕްޓެންބަރު 2016 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ މިންގަނޑުތައް ޏ.ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 8/2016 (ޏ.ފުވައްމުލަކަކީ ސިޓީއެއްކަމުގައި ކަނޑައެޅުން) އިން ޏ.ފުވައްމުލަކަކީ ސިޓީ އެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމަށް ކަނޑަޅުއްވައި ރައީސުލްޖުމްހޫރިއްޔާ
މިއަދު ނެރުއްވި ޤަރާރު ގައި ބަޔާންކޮށްފައިވެއެވެ.

މި ޤަރާރު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

މިގަރާރާއިއެކު ފުވައްމުލައް ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިޔުމުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 3 އަކަށް ވެގެންދާނެއެވެ.

ފުވައްމުލަކު ސިޓީއެއްގެގޮތުގައި ހަމަޖެހިގެން ދިޔުމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން އިންތިހާބުކުރާނީ ތިން ދާއިރާއިން ތިން މެމްބަރުންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !