މަދަރަސަތުއްޝައިޚް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ސްކޫލްގެ އަހަރީ ގާލްގައިޑް ކޭމްޕް ބާއްވައިފިއެވެ.
އެމްޖޭއެމް ސުކޫލްގެ އަހަރީ ގައިޑް ކޭމްޕް ބާއްވައިފައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު އެސުކޫލްގައެވެ. އަދި ބައެއް ހަރަކާތްތައް ކުޅިފަދަ ތަންތަނުގައި ބާއްވައިފައިވެއެވެ. އެގޮތުން ގައިޑް ކުދިން މަސްބޭނުމުގެ ހަރަކާތް ބާއްވާފައިވަނީ ދަޑިމަގު ކުޅީގައެވެ. ގައިޑް އަހަރީ ކޭމްޕްގައި 56 ގައިޑުން ބައިވެރިވެ ކޭމްޕް ފުރިހަމަކޮށްފައިވެއެވެ.
އެމްޖޭއެމް ސުކޫލަކީ ސްކައުޓް އަދި ގާލްގައިޑް ހަރަކާތްވެސް ވަރަށް ފުރިހަމަގޮތެއްގައި ހިންގާ ސުކޫލެއްކަން ފާހަނގަކޮށްލެވެއެވެ. އަދި ކުޅިވަރު މުބާރާތްތަކުން ފުވައްމުލަކުގެ އިންޓަރ ސުކޫލާއި ގައުމީ ފެންވަރުގެ މުބާރާތްތަކުން ރަންވަނަތަކެއް ހޯދަމުންދާ ސުކޫލެއްކަންވެސް ފާހަނގަކުރެވެއެވެ.
+1
+1
ޚިޔާލުތައް