A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލްގެ ޓިކެޓް ހޯދުމަށް ޕީޕީއެމް އިން ޕްރައިމަރީއަށް ހުޅުވާލައިފި

މިހާރު ޚިޔާލުތަފާތުވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫނު އާއި ގައުމުގެ ވެރިކަން ހިންގަވާ ރައީސް ޔާމީނު އަބްދުލް ގައްޔޫމު- އެޕާޓީގެ ފުވައްމުލަކުގެ މެންބަރުންނާއެކު.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.

ޕިޕީއެމުން އިއްޔެ ނެރުނު އިޢުލާނެއްގައި ވާގޮތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިއްޔެ، ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 16 ވަނަދުވަހާއި ހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެޕާޓީގެ ޕްރިމަރީގައި ވާދަކުރެވޭނީ އިއްޔެގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އެޕާޓީން ޕްރަމަރީގެ އިންތިޚްބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، ދާއިރާއަކަށް ކުރިމަތިލާން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާނަމަ އެކަންޏެވެ. އަދި ޕްރައިމަރީގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެކަމަށް ޕީޕީއެމުން ނެރުނު އިޢުލާނުގައިވެއެވެ.

ވެރިކަން ކުރަނީ ޕީޕީއެމުން ކަމުގައި ވިޔަސް ވެރިކަން ކުރާ ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައުޔޫމާއި ދެމެދު ވަނީ ގިނަ ކަންކަމުގައި ޚިޔާލުތަފާތުވެފައި ކަން މީޑިއާ ރިޕޯރޓްތަކުން ހާމަވެއެވެ.

ޕީޕީއެމްގެ ކޯލިޝަން ބައިވެރިޔާ އެމްޑީއޭއާއި ވަކިން ޕްރިއމަރީގެ މައުލުމާތު އެޕާޓީން ހާމަކުރިއިރު އެޕާޓީން ޖުމްލަ ވާދަކުރާނީ ކިތައް ގޮްނޑިއަށ ްކަމަެއް އަދި ކޯލިޝަން ޕާޓްނަރު އެމްޑިއޭއަށް ކަނޑައަޅާފައި ވަނީ ކިތައް ގޮނޑިކަމެއް ކަނޑައަޅާފައެއް ނުވެއެވެ. އެކަމަކު އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން އިންތިޚާބުގައި ވާދަކުރުމަށް ނިންމާ އެކަން ވަނީ އެ ދެ ޕާޓީން އިޢުލާންކޮށްފައެވެ.

އަންނަ އަހަރު ޖެނުއަރީ މަހު ބޭއްވުމަށް ހަމޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މުޅި ރާއްޖެއިން ޖުމްލަ 651 ކައުންސިލަރުން އިންތިޚާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވެއެވެ. މިގޮތުން އަތޮޅު ކައުންސިލަރުންގެ ގޮތުގައި 561 ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 67 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 23 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެއެވެ. މިއީ ކުރިޔަށްވުރެ ބޮޑުތަން ދަށް އަދަދެކެވެ.

ލޯކަލް ކައުނސިލްތަކުގެ ގާނޫނާށް ގެނައިބަދަލާއެކު ކައުންސިލް އިންތިޚާބުގެ ފޯރި ކުޑަވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !