A wide advertisement which will be shown on all devices. (700 x 100)

މިއަދު ހެނދުނު ފުވައްމުލަކަށް ދަތުރުކުރި ފްލައިޓް އިމަޖެންސީގައި ކައްދުއަށް ޖައްސައިިފި

ފުވައްމުލަކު އެއަރޕޯރޓަށް އެންމެ ފުރަތަމަޖެއްސި ފުލައިޓް

މިއަދު ހެނދުނު ޔޫތު މިނިސްޓަރާއި އެމިނިޓްރީގެ އިސް އޮފިޝަލުންނާއެކު ފުވައްމުލަކަށް ދަތުރުކުރި ޚާއްސަ ފްލައިޓް އިމަޖެންސީގައި ކައްދުއަށް ޖައްސައިފިއެވެ.

މިފްލައިޓް ކައްދުއަށް ޖެއްސީ ފުލައިޓްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ދިމާވި ނޭވާލުމުގެ އުނދަގުލުގެ މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ނޭވާލުމަށް އުނދަގޫވި ފުވައްމުލަކު މީހާއަށް އެއަރޕޯރޓުން ފެށިގެން ޑޮކްޓަރުން ފަރުވާދޭން ފަށާފައިވާކަމަށާއި އަދި މިހާރު އޭނާ ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. އޭނާ
ހިތުގެ ބަލީގެ މީހެއް ކަމަށާއި ނަމަވެސް އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ވެއެވެ.

މިއަދު ހެނދުނު ހުޅުލެއިން ފުރި ފްލައިޓް 11:30 އެހާކަށް ހާއިރު ކައްދޫ އަށް ޖައްސައި ބަލި މީހާ ކައްދު އަށް ބޭލުމަށް ފަހު ފްލައިޓްވަނީ މެންދުރެއްހާއިރު ފުވައްމުލަކަށް ގޮސްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !